ރިޕޯޓް

ޓްރަމްޕްގެ ޣައްޒާ ބޯޑަކީ އެމެރިކާއިން ފަލަސްޠީނުގެ ރައްޔިތުންނަށާއި މުސްލިމު އުއްމަތަށާއި، އިންސާނީ ކަރާމަތަށް އިޙްތިރާމުކުރާ ފަރާތްތަކަށާއި، ޤައުމުތަކާއި ޖަމިއްޔާ ޖަމާޢަތްތަކަށް މިޤަރުނުގައި ޓްރަމްޕް...
އަލަށް އުފަންވާ ތުއްތު ކުދިންނާއި ބޮޑެތި މީހުންނަށް ޖެހޭ ކެންސަރެއް ސައިންސްވެރިން ހޯދައިފިއެވެ. ބެލްޖިއަމް އަދި އިނގިރޭސިވިލާތް ގެ ސައެންޓިސްޓުން ކުރި ދިރާސާ...
އެމެރިކާ އާއި އެކު ހަނގުރާމަ އަކަށް ތައްޔާރު ވެފައިވާ ކަމަށް އީރާނުން އިންޒާރު ދިނުމުން ތެހެރާނުގެ މިސައިލް ކެޕޭސިޓީގެ ޙަޤީޤީ މިންވަރާއި މެދު ދުނިޔޭގައި ބަހުސްތައް އުފެދިއްޖެއެވެ. މިހާރު ޑިޕްލޮމެޓިކް އަދި ސަލާމަތީ ދާއިރާތަކުގައި އެންމެ ބާރަށް ދެކެވެނީ މި ވާހަކައެވެ. ތުރްކިޔޭގެ އެނަލިސްޓަކު ވެސް ރޭ މި ސުވާލު އުފައްދައިފިއެވެ. އޭނާ އުފެއްދެވި ސުވާލަކީ ދުނިޔޭގެ އެންމެ ދުރު ރާސްތާގެ މިސައިލް އީރާނުގެ އަތުގައި އޮތްތޯ، އަދި ނިއުކްލިއާ ޤާބިލްކަން ލިބިފައިވާ މިސައިލް އީރާނުން ހޯދީތޯއެވެ؟  އީރާނުން ބެލިސްޓިކް މިސައިލް ޕްރޮގްރާމެއް ވަރަށް ފުޅާ ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އީރާނުން ބުނަނީ އެ މިސައިލް ތަކަކީ ހަމައެކަނި ދިފާޢީ ގޮތުން އުފައްދާ މިސައިލްތަކެއް ކަމަށެވެ. ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ކުރާ ކަމަށް އީރާނުން ދެކޮޅު ހަދައެވެ. ނަމަވެސް ހުޅަނގުގެ ޖާސޫސުން ބުނަނީ އީރާނުން ނިއުކްލިއާ ބޮމެއް ހެދުމާއި ވަރަށް ކައިރީގައި އުޅޭ ކަމަށެވެ. މިދިޔަ އަހަރު ޖާސޫސުން ބުނީ “ނިއުކްލިއާ ހަތިޔާރު އުފައްދަން އީރާނަށް މިހާރު ބޭނުންވަނީ މަދު ހަފްތާތަކެއް” ކަމަށެވެ. އެހެން ކަމަށް ވަނީ ނަމަ މިހާރު ހުޅަނގުގެ އެ ވާހަކަތައް ޙަޤީޤަތަކަށް ވުމަކީ ކައިރި ކަމެކެވެ. ސަބަބަކީ މިދިޔަ އަހަރު އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނާއި ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމައިގައި އީރާނުން ބުނީ، ހަނގުރާމަ ފެށުމުގެ ކުރިން އެމީހުންގެ ހަތިޔާރާއި ވަޞީލަތްތައް ވަނީ އެހެން ތަނަކަށް ބަދަލު ކޮށްފައި ކަމަށެވެ.  އެހެންކަމުން ސުވާލަކީ އީރާނުން މިހާރު ނިއުކްލިއާ ހަތިޔާރުގެ ޤާބިލްކަން ހޯދީތޯއެވެ؟ ނުވަތަ އެހެން ޤައުމަކުން (ޗައިނާއިން) އެކަމުގެ އެހީތެރިކަން ހޯދީތޯއެވެ؟  ސޯޝަލް މީޑިއާގެ ބައެއް ރިޕޯޓުތަކުން ދައްކާ ގޮތުގައި އީރާނުން ވަރަށް ސިއްރުން ޗައިނާ އިން ނިއުކްލިއާ ވޯހެޑް ޓެކްނޮލޮޖީ ހޯދާފައި އޮވެދާނެއެވެ. ނަމަވެސް މި ތުހުމަތަށް ބާރުދޭ ކަށވަރު ހެއްކެއް ނެތެވެ. ޗައިނާ އަކީ ބައިނަލްއަޤްވާމީ ނޮން ޕްރޮލިފަރޭޝަން އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވާ ޤައުމެކެވެ. ކޮންމެޔަކަސް، އީރާނާއި ހަނގުރާމަ ކުރުމަކީ މިދަނޑިވަޅު އެމެރިކާ އަށް ރައްކާތެރި ކަމެއް ނޫން ކަމަށް ޚުދު އެމެރިކާގެ އެތެރޭގެ މަސްދަރުތަކުން އެބަ ބުނެއެވެ. އެހެންކަމުން އެމެރިކާ މިހާރު ތައްޔާރުވަނީ މަޝްވަރާ ކުރުމަށް ކަމަށް ވެއެވެ. ސުވާލަކީ، ނިއުކްލިއާ ބާރު ހުރި އެމެރިކާ އާއި ދެކޮޅަށް ހުރިހާ ގޮތަކުން ވެސް ހަނގުރާމަ ކުރުމަށް އީރާނުން ވަރަށް ފުރިހަމަޔަށް ތައްޔާރޭ ބުނާއިރު، އެކަމުގައި ތެހެރާނަށް ލިބިފައިވާ ޔަޤީންކަމަކީ ކޮބައިތޯއެވެ؟ 
މި ލިޔުމުގައި މިވަނީ ބަސް ޑުރައިވަރަކަށް އުޅުއްވި މަދޫރޯ ވެރިކަމަށް ވަޑައިގެންނެވި ގޮތާއި ވެރިކަން ވެއްޓުނު ގޮތެވެ. (ލިޔުނީ: ޢައިނުޑަވިޔަނި) ނިކޮލަސް މަދޫރޯގެ...
ދިވެހި ސަރުކާރުގެ ހެލްތު އިންޝުއަރެންސްގެ ދަށުން ރާއްޖެއިން ބޭރުގައި ބޭސްފަރުވާގެ ޚިދުމަތް ފުޅާކުރުމަކީ ޤައުމު ތަރައްޤީ ވުމެއް ނޫނެވެ. އަދި ކިއެއްތަ، ޤައުމުގެ...
ޓްރަމްޕް ގެ ޣައްޒާ އެއްބަސްވުމަކީ ހަމައެކަނި ރަހީނުން މިނިވަންކުރުމަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެކެވެ. އެއީ ޞުލްޙައިގެ އެއްބަސްވުމެއްނޫނެވެ، އަދި އެއީ ދާއިމަށް ޞުލްޙަ...
މިހާރުގެ ސަރުކާރުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާކަން ރައްޔިތުންނަށް ފާހަގަވެ، އެކަމަށް އާންމުންގެ ތާއީދު ވަނީ ލިބިފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ...