Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ސަރުކާރުން ބުނަނީ ތައުލީމު ހިލޭ، އެކަމަކު ބެލެނެވެރިންގެ އަތުން ސްކޫލްތަކަށް ކުރާ ހޭދަ ވަނީ ބޮޑު!
  • ރިޕޯޓް

ސަރުކާރުން ބުނަނީ ތައުލީމު ހިލޭ، އެކަމަކު ބެލެނެވެރިންގެ އަތުން ސްކޫލްތަކަށް ކުރާ ހޭދަ ވަނީ ބޮޑު!

admin January 14, 2026
EC960045-1ED9-4BD3-9CF9-24E028E17180

ދިވެހި ސަރުކާރުން ޕްރައިމަރީ އަދި ސެކަންޑަރީ ތައުލީމު ހިލޭ ފޯރުކޮށްދިނުމުގެ ސިޔާސަތު އޮތް ނަމަވެސް، ސްކޫލަށްދާ ކުދިންގެ ބެލެނެވެރިންގެ ޖީބުތަކަށް ދަނީ ބުރަވަމުންނެވެ. ސްކޫލަށް ގެންދަންޖެހޭ ތަކެތީގެ ލިސްޓަށް އަމިއްލަ ޖީބުން ފައިސާ ދައްކަން ކެހުމުގެ ސަބަބުންނެވެ. ސަރުކާރުގެ ސްކޫލްތަކުން ޓެކްސްޓް ފޮތްތަކާއި އަސާސީ ސާމާނު ރަސްމީކޮށް ފޯރުކޮށްދެނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ.

ނަމަވެސް ގިނަ ބެލެނިވެރިން ބުނާ ގޮތުގައި މި “ހިލޭ” ތަޢުލީމަކީ ހަމައެކަނި ނަމެއްގައި އޮތް ހިލޭ ތަޢުލީމެއް ކަމެވެ. ސްކޫލަށް ބޭނުންވާ ނޯތުފޮތްތަކާއި ގަލަން، އާޓް ގަޑިއަށް ބޭނުންވާ އަގުބޮޑެތި ތަކެތި، އަދި ސްކޫލްގެ ހަރަކާތްތަކަށް ވެސް ބެލެނެވެރިންގެ އަތުން ފައިސާ ނެގުން ފަދަ ކަންކަން ކުރަމުންދާތީވެ ބެލެނެވެރިން އިންތިހާ އަށް ކަންބޮޑުވެއެވެ. މިކަމާއި ގުޅިގެން ބިތުފަންގި އާއި ވާހަކަދެއްކި އެކަނިވެރި މަޔަކު ބުނުއްވި ގޮތުގައި ސްކޫލަށް ބޭނުންވާ ތަކެތި އަމިއްލަ ޖީބުން ގަނެވޭނެ ގޮތް ނުވެގެން ތިމާގެ މީހުންގެ އަތުންނާއި ރައްޓެހިންގެ އަތުން ވެސް ފަހުން ދޭ ގޮތަށް ފައިސާ ނަގައި ކަންކަން ކުރަންޖެހޭ ފަހަރު އާދެއެވެ. އަދި އެތަކެތި ނުގަނެ ސްކޫލަށް ގޮސްފި ނަމަ ދަރިފުޅަށް އެކަމުގެ ނޭދެވޭ އަސަރު ކުރާ ކަމަށެވެ.

“ނަމަމަވެސް އެ ނޫން ގޮތެއް ނެތް. އެތަކެތި ނުލައި ދަރިފުޅު ސްކޫލަށް ގޮސްފި ނަމަ އެ ކުއްޖާ އެހެން ކުދިންގެ ކުރިމަތީގައި ލަދު ގަނެ ދެރަވާ ގޮތް ވޭ. ސްކޫކުން ގެއަށް އައިސް އެ ކުއްޖާ ފަށަނީ ރޯށެވެ. އެހެންކަމުން މީހެއްގެ އަތުން ދަރަންޏަށް ފައިސާ ނަގައިގެން ނަމަވެސް ދަރިފުޅުގެ ސްކޫލް އެކްޓިވިޓީ އަށް ބޭނުންވާ ތަކެތި ގަންނަން ބެލެނެވެރިންނަށް މަޖުބޫރެވޭ. ހާއްސަކޮށް އަޅުގަނޑުމެން ކަހަލަ އެކަނިވެރިމައިންނަށް މިއީ ބުރަ ބޮޑު ކަމެއް. ދަރިއަކު ދެރަވެގެން ރޯތަން ބަލާކަށް ކޮން މައެއްގެ ލަގޮނޑިއަކަށް ކެތް ވާނީ…”

ރާއްޖޭގެ ތަޢުލީމީ ނިޒާމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރުގެ ޤައުމުތަކުން ވެސް އެހީތައް ލިބެއެވެ. ތިރީގައި މި ހިމަނާލަނީ 2022-2024 ގައި ލިބިފައިވާ އެފަދަ ބައެއް އެހީތަކެކެވެ.

ރާއްޖޭގެ ތަޢުލީމީ ނިޒާމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރުގެ ޤައުމުތަކުން 2022-2024 ގައި ލިބިފައިވާ ބައެއް އެހީ


ބައެއް ބެލެނިވެރިން ބުނާ ގޮތުގައި ސްކޫލަށްދާ ޕްރައިމަރީ ގުރޭޑުގެ ކުއްޖަކަށް މަހަކު ގާތްގަނޑަކަށް 500 އާއި 700 ރުފިޔާ އާއި ދެމެދު ޚަރަދުކުރަން ޖެހޭ ފަހަރުފަހަރުވެސް އާދެއެވެ. ބެލެނެވެރިން ފާހަގަކުރަނީ ސްކޫލްގެ އަސާސީ ސާމާނާއި ޕްރޮޖެކްޓް ތަކަށް ބޭނުންވާ އަދި ސްކޫލް އިވެންޓްތަކަށް ކުރާ ހޭދަތައް ވަރަށް ބޮޑުތަނުން އިތުރުވާ ކަމަށެވެ. އެހެން ކަމަށް ވެއްޖެ ނަމަ އެކަނިވެރި މަޔެއްގެ ދަރިޔަކަށް އެ މަޔަކު ކުރާ ހޭދަ އާއި މެދު ވިސްނާލަން އެބަ ޖެހެއެވެ.

ދައުލަތުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ދޭ ފައިސާ ވަރަށް ބޮޑެވެ. ޓީޗަރުންގެ މުސާރައާއި، ކުލާސްރޫމުތަކަށް ބޭނުންވާ ތަކެއްޗާއި ސާމާނާއި، ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ސަޕޯޓް ޕްރޮގްރާމްތަކަށް ވަރަށް ބޮޑު ބަޖެޓެެއް ދީފައިވެއެވެ. އެހެންނަމަވެސް، މި ފެންނަނީ ސްކޫލްތަކަށް ކަނޑައެޅިފައިވާ ބަޖެޓުން ބޭރުން ދަރިވަރުންގެ އަތުން ފައިސާ ހޭދަކުރުން މަޖުބޫރުކުރުވާ މަންޒަރެވެ. ސްކޫލްތަކުން ބުނަނީ ކްލާސްރޫމަށް ބޭނުންވާ ދަރިވަރުންގެ ބައެއް އަސާސީ ތަކެއްޗާއި، ޙަރަކާތްތަކަށް ބޭނުންވާ ތަކެއްޗަށް ބެލެނިވެރިންގެ އަތުން ފައިސާ ހޯދުން މަޖުބޫރުވެފައިވާ ކަމަށެވެ.

ސުވާލަކީ ތައުލީމަށް ސަރުކާރުން ކުރާ ހަރަދު މިހާ ބޮޑު އިރުގައި ވެސް، ބެލެނެވެރިންގެ އަތުން މިވަރަށް ފައިސާ ނެގުން ނޫން އެހެން ގޮތެއް އެބައޮތްތޯއެވެ؟

އީރާނުން އެމެރިކާގެ ބޭސްތައް ފުނޑާލާވަރުގެ ނުރައްކާތެރި ހަތިޔާރު ހޯދައިފިކަމަށް ބުނެ އެމެރިކާ ފަހަތަ...

“މޯލްޑިވްސް2.0”އާއި ބެހޭގޮތުން އޮޅުވާނުލާ! އީ-ވޯޓިން އަކަށް ދާކަށް ނޫޅޭ

“ރުޤްޔާ” ގެ ނަމުގައި އެ ނަގާލަނީ އިއްފަތްތެރިކަން - ދެނެގަންނާނީ ކިހިނެއް؟

Continue Reading

Previous: 10 ޓަނު ކޮކެއިން އާއި އެކު ބޮޑު މާފިޔާ ނެޓްވޯކެއް އުފުރާލައިފި
Next: ކުއްލި ޚަބަރު: އީރާނު މުޒާހަރާ އަށް އެމެރިކާއިން ވަރަށް ސިއްރުން ފޮނުވި ސްޓާލިންކުގެ ބޮޑު ޝިޕްމެންޓެއް އީރާނުން އަތުލައިގަނެފި

Related Stories

Screenshot_20260310-165248
  • ރިޕޯޓް

ބައިނަލްއަޤްވާމީ ޤާނޫނުގައި ޠަބައީ ރަށްވެހީންނާއި އިސްތިޢުމާރީ ބީރަށްވެހީންގެ ތަފާތު – ފޯޅަވަހީގެ ތާރީޚީ ރަށްވެހީންނާއި، އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤާ ގުޅޭ ޤާނޫނީ ނަތީޖާތައް

admin March 10, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
C87CAEA1-7913-446C-BA9D-01FE7A6B07C8
  • ރިޕޯޓް
  • މީހުން

ޚާމަނާއީ މަރުވީ ހެދުނު ޅައެއްޗަކުން

admin March 1, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.