Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އީރާނުން އެމެރިކާގެ ބޭސްތައް ފުނޑާލާވަރުގެ ނުރައްކާތެރި ހަތިޔާރު ހޯދައިފިކަމަށް ބުނެ އެމެރިކާ ފަހަތަށް ޖެހެނީ
  • ރިޕޯޓް

އީރާނުން އެމެރިކާގެ ބޭސްތައް ފުނޑާލާވަރުގެ ނުރައްކާތެރި ހަތިޔާރު ހޯދައިފިކަމަށް ބުނެ އެމެރިކާ ފަހަތަށް ޖެހެނީ

admin January 13, 2026
IMG_9298

އެމެރިކާ އާއި އެކު ހަނގުރާމަ އަކަށް ތައްޔާރު ވެފައިވާ ކަމަށް އީރާނުން އިންޒާރު ދިނުމުން ތެހެރާނުގެ މިސައިލް ކެޕޭސިޓީގެ ޙަޤީޤީ މިންވަރާއި މެދު ދުނިޔޭގައި ބަހުސްތައް އުފެދިއްޖެއެވެ. މިހާރު ޑިޕްލޮމެޓިކް އަދި ސަލާމަތީ ދާއިރާތަކުގައި އެންމެ ބާރަށް ދެކެވެނީ މި ވާހަކައެވެ. ތުރްކިޔޭގެ އެނަލިސްޓަކު ވެސް ރޭ މި ސުވާލު އުފައްދައިފިއެވެ. އޭނާ އުފެއްދެވި ސުވާލަކީ ދުނިޔޭގެ އެންމެ ދުރު ރާސްތާގެ މިސައިލް އީރާނުގެ އަތުގައި އޮތްތޯ، އަދި ނިއުކްލިއާ ޤާބިލްކަން ލިބިފައިވާ މިސައިލް އީރާނުން ހޯދީތޯއެވެ؟ 

އީރާނުން ބެލިސްޓިކް މިސައިލް ޕްރޮގްރާމެއް ވަރަށް ފުޅާ ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އީރާނުން ބުނަނީ އެ މިސައިލް ތަކަކީ ހަމައެކަނި ދިފާޢީ ގޮތުން އުފައްދާ މިސައިލްތަކެއް ކަމަށެވެ. ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ކުރާ ކަމަށް އީރާނުން ދެކޮޅު ހަދައެވެ. ނަމަވެސް ހުޅަނގުގެ ޖާސޫސުން ބުނަނީ އީރާނުން ނިއުކްލިއާ ބޮމެއް ހެދުމާއި ވަރަށް ކައިރީގައި އުޅޭ ކަމަށެވެ. މިދިޔަ އަހަރު ޖާސޫސުން ބުނީ “ނިއުކްލިއާ ހަތިޔާރު އުފައްދަން އީރާނަށް މިހާރު ބޭނުންވަނީ މަދު ހަފްތާތަކެއް” ކަމަށެވެ. އެހެން ކަމަށް ވަނީ ނަމަ މިހާރު ހުޅަނގުގެ އެ ވާހަކަތައް ޙަޤީޤަތަކަށް ވުމަކީ ކައިރި ކަމެކެވެ. ސަބަބަކީ މިދިޔަ އަހަރު އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނާއި ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމައިގައި އީރާނުން ބުނީ، ހަނގުރާމަ ފެށުމުގެ ކުރިން އެމީހުންގެ ހަތިޔާރާއި ވަޞީލަތްތައް ވަނީ އެހެން ތަނަކަށް ބަދަލު ކޮށްފައި ކަމަށެވެ. 

އެހެންކަމުން ސުވާލަކީ އީރާނުން މިހާރު ނިއުކްލިއާ ހަތިޔާރުގެ ޤާބިލްކަން ހޯދީތޯއެވެ؟ ނުވަތަ އެހެން ޤައުމަކުން (ޗައިނާއިން) އެކަމުގެ އެހީތެރިކަން ހޯދީތޯއެވެ؟ 

ސޯޝަލް މީޑިއާގެ ބައެއް ރިޕޯޓުތަކުން ދައްކާ ގޮތުގައި އީރާނުން ވަރަށް ސިއްރުން ޗައިނާ އިން ނިއުކްލިއާ ވޯހެޑް ޓެކްނޮލޮޖީ ހޯދާފައި އޮވެދާނެއެވެ. ނަމަވެސް މި ތުހުމަތަށް ބާރުދޭ ކަށވަރު ހެއްކެއް ނެތެވެ. ޗައިނާ އަކީ ބައިނަލްއަޤްވާމީ ނޮން ޕްރޮލިފަރޭޝަން އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވާ ޤައުމެކެވެ. 
ކޮންމެޔަކަސް، އީރާނާއި ހަނގުރާމަ ކުރުމަކީ މިދަނޑިވަޅު އެމެރިކާ އަށް ރައްކާތެރި ކަމެއް ނޫން ކަމަށް ޚުދު އެމެރިކާގެ އެތެރޭގެ މަސްދަރުތަކުން އެބަ ބުނެއެވެ. އެހެންކަމުން އެމެރިކާ މިހާރު ތައްޔާރުވަނީ މަޝްވަރާ ކުރުމަށް ކަމަށް ވެއެވެ.

ސުވާލަކީ، ނިއުކްލިއާ ބާރު ހުރި އެމެރިކާ އާއި ދެކޮޅަށް ހުރިހާ ގޮތަކުން ވެސް ހަނގުރާމަ ކުރުމަށް އީރާނުން ވަރަށް ފުރިހަމަޔަށް ތައްޔާރޭ ބުނާއިރު، އެކަމުގައި ތެހެރާނަށް ލިބިފައިވާ ޔަޤީންކަމަކީ ކޮބައިތޯއެވެ؟ 

ނިކޮލަސް މަދޫރޯ - ބަސް ޑްރައިވަރު ކަމުން ވެރިކަމުގެ ތަޚުތަށް

“މޯލްޑިވްސް2.0”އާއި ބެހޭގޮތުން އޮޅުވާނުލާ! އީ-ވޯޓިން އަކަށް ދާކަށް ނޫޅޭ

އެޕްސްޓީން ފައިލްސް: ކަޢުބަތުالله ގެފުޅުގެ ކިސްވާ ވެސް އޭނާ އަށް ލިބުނު

Continue Reading

Previous: “ހޫނު ފެން އެއްޗަކަށް ރައީސް ނަޝީދު ވެއްޓި ޒަޚަމް ވެއްޖެ”
Next: އީރާނުގެ މުޒާހަރާ: ޔަހޫދީ އެޖެންޓް ދަންޖައްސައި މަރާލުން މާދަމާ

Related Stories

Screenshot_20260310-165248
  • ރިޕޯޓް

ބައިނަލްއަޤްވާމީ ޤާނޫނުގައި ޠަބައީ ރަށްވެހީންނާއި އިސްތިޢުމާރީ ބީރަށްވެހީންގެ ތަފާތު – ފޯޅަވަހީގެ ތާރީޚީ ރަށްވެހީންނާއި، އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤާ ގުޅޭ ޤާނޫނީ ނަތީޖާތައް

admin March 10, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
C87CAEA1-7913-446C-BA9D-01FE7A6B07C8
  • ރިޕޯޓް
  • މީހުން

ޚާމަނާއީ މަރުވީ ހެދުނު ޅައެއްޗަކުން

admin March 1, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.