Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ޣައްޒާ ހިންގާނީ ޓްރަމްޕާއި އޭނާގެ ދަރިފުޅުގެ ފިރިމީހާ އާއި، ޞައްދާމްގެ ޤާތިލު ޓޯނީ ބުލެއާ ކަމުގައި ޓްރަމްޕް އުޅެނީ ނިންމަން
  • ރިޕޯޓް

ޣައްޒާ ހިންގާނީ ޓްރަމްޕާއި އޭނާގެ ދަރިފުޅުގެ ފިރިމީހާ އާއި، ޞައްދާމްގެ ޤާތިލު ޓޯނީ ބުލެއާ ކަމުގައި ޓްރަމްޕް އުޅެނީ ނިންމަން

admin January 17, 2026
9598FFF9-E9EB-4649-8F63-ABA93A173A4B

ހުޅަނގުން އަޑީގައި ތިބެގެން ފުނޑައިލި ޣައްޒާގެ އިންތިޤާލީ ވެރިކަން ހިންގާނެ ޞުލްޙައިގެ ބޯޑަށް، ޣިރާޤު ފުނޑަލައި ސައްދާމް ޙުސައިން ދަންޖެއްސުމުގައި އެންމެ އިސް ރޯލެއް އަދާކުރި އެކަކު ކަމަށްވާ އިނގިރޭސީވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ގެ ނަން އެމެރިކާ އިން ހުށަހަޅައިފިއެވެ.


މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހު ޙަމާސް އާއި އެކު ވެފައިވާ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާގައި ވެރިކަން ކުރާނެ އިންތިޤާލީ ކޮމިޓީއެއް އެކުލަވައިލުމަށް ބުނެފައި ވެއެވެ. އެ ކޮމިޓީގެ މައްޗަށް ބާރު ފޯރުވާނީ ރައީސް ޓްރަމްޕްގެ ބެލުމުގެ ދަށުން އުފައްދާ ސުލްޙައިގެ ބޯޑެވެ. އެ ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ ސީދާ ޓްރަމްޕް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެ ބޯޓުގައި ބްލެއާ ހިމެނުމަށް ޓްރަމްޕް ކުރިން ވިސްނަވާފައި ވާތީ ޢަރަބީންގެ ޕްރެޝަރާއި ހެދި ޓްރަމްޕް ވަނީ ބްލެއާގެ ދަށުން އެ ބޯޑު ނުހިންގާނެ ކަމަށް ޢަރަބީންގެ ގާތުގައި ބުނެފައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ޞައްދާމުގެ ޤަތިލު ކަމަށް މުޅި ދުނިޔެ ޤަބޫލުކުރާ ޓޯނީ ބުލެއާގެ އިތުރުން އެ ބޯޑަށް އެމެރިކާއިން ހުށަހަޅާފައިވަނީ، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ އާއި ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޯފް އަދި ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނަރއެވެ.


އެހެންކަމުން، ޙަމާސްގެ އަތުން ޣައްޒާގެ ވެރިކަން ހިންގުމުގެ ބާރުތައް ނިގުޅައިގަނެ، އިންތިޤާލީ މަރުޙަލާގައި ޣައްޒާގައި ވެރިކަން ކުރާނީ އިނގިރޭސިވިލާތުގެ ނުފޫޒާއި އެކުގައި ކަން ސާފެވެ. ޞުލްޙައިގެ ޕްލޭނޭ ކިޔައި މުޅިން ތަފާތު ވެރިކަމެއް ފަލަސްޠީނުގެ ބިމުގައި ހިންގުމަށް ޓްރަމްޕް ނިންމާފައިވާއިރު، މިކަމުގެ އަޑީގައި އޮތީ އިނގިރޭސިވިލާތް ކަމުގައި ބެލެވޭނެ ހެއްކާއި ޤަރީނާތައް ގިނައެވެ.


ޓޯނީ ބްލެއަރަކީ ވަރަށް ނުބައި “ޝައިޠާނީ ވިސްނުން” ގެންގުޅޭ މީހެކެވެ. ޣިރާޤު ސުންނާފަތިކޮށްލުމުގެ އެއް މޭސްތިރިއާއެވެ. އެހެންކަމުން މިދެންނެވި ބޯޑުގައި ބްލޭއާ ހުރެއްޖެ ނަމަ، އިސްރާއީލާއި މިޞްރާއި އަދި ޣައްޒާ އާއި އެނޫންވެސް ފަލަސްޠީނާއި ގުޅިފައިވާ ދެން ހުރި ބިންތަކާއި ގުޅޭ ކަންކަމުގައި ސެންޓްރަލް ކޯޑިނޭޓަރުގެ މަޤާމު އަދާކުރުމުގައި އޭނާ އަށް މުހިންމު ރޯލެއް ކުޅުމުގެ ފުރުޞަތު އެބައޮތެވެ.


މިއީ ކުރިމަގުގައި އިސްރާއީލަށް މުޅި ޝާމްކަރަ ނަގައިދިނުމަށް ކުރަން އުޅޭ މަސައްކަތުގެ ބައެކެވެ. އެހެނީ 1917 ވަނަ އަހަރު ބަލްފޯރ ޑިކްލެރޭޝަން މެދުވެރިކޮށް ޔަހޫދީންނަށް ފަލަސްޠީނުގެ ބިން ހޯދައިދޭނެ ކަމަށް އިނގިރޭސިވިލާތުން ވަނީ ވަޢުދުވެފައެވެ.

ޝޭޚު ފަރީދުގެ ޠައިބާ - ތަޖުރިބާ ވަރަށް ތަފާތު!

ތެޔޮ އުފައްދާ މިންވަރު މަތިވެ ތެލުގެ އަގު ވެއްޓެނީ

ގެއްލުނު ކަނޑުގެ މައްސަލައިގައި ރާއްޖެ އާއި އެމެރިކާ އާއި ދެމެދު ކޯޅުން

Continue Reading

Previous: ހައިވޭގައި 4 ފުރޮޅުލީ އުޅަނދު ނުދުއްވަން ބުނީ އޮޅިގެން
Next: އިންޓަނެޓް ސިގްނަލް ޖޭމް ނުކުރެވޭ ގޮތަށް، އެމެރިކާގެ ސްޓާލިންކަށް ވުރެ ވަރުގަދަ ސެޓެލައިޓެއް ރަޝިޔާއިން އީޖާދު ކުރަނީ

Related Stories

Screenshot_20260310-165248
  • ރިޕޯޓް

ބައިނަލްއަޤްވާމީ ޤާނޫނުގައި ޠަބައީ ރަށްވެހީންނާއި އިސްތިޢުމާރީ ބީރަށްވެހީންގެ ތަފާތު – ފޯޅަވަހީގެ ތާރީޚީ ރަށްވެހީންނާއި، އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤާ ގުޅޭ ޤާނޫނީ ނަތީޖާތައް

admin March 10, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
C87CAEA1-7913-446C-BA9D-01FE7A6B07C8
  • ރިޕޯޓް
  • މީހުން

ޚާމަނާއީ މަރުވީ ހެދުނު ޅައެއްޗަކުން

admin March 1, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.