Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ޣައްޒާ އެއްބަސްވުމަކީ ކުޅެމުންދާ “ފިލްމެއް”
  • ރިޕޯޓް

ޣައްޒާ އެއްބަސްވުމަކީ ކުޅެމުންދާ “ފިލްމެއް”

އަލްއުސްތާޛް ޢަލީ އާދަމް October 18, 2025
IMG_7801

ޓްރަމްޕް ގެ ޣައްޒާ އެއްބަސްވުމަކީ ހަމައެކަނި ރަހީނުން މިނިވަންކުރުމަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެކެވެ. އެއީ ޞުލްޙައިގެ އެއްބަސްވުމެއްނޫނެވެ، އަދި އެއީ ދާއިމަށް ޞުލްޙަ ދެމިއޮންނާނެ އެއްބަސްވުމެއް ވެސް ނޫނެވެ. މި އެއެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ބައިވެރިވި ތަޖުރިބާކާރު ބޭރުގެ ޑިޕްލޮމެޓިކް އޮފިޝަލެއްގެ ވާހަކަފުޅެވެ، އޭނާ ދެކިލައްވާ ގޮތުގައި އެ އެއްބަސްވުމަކީ ޓްރަމްޕްގެ ފިލްމެކެވެ.

ދުނިޔޭގެ ވެރިން އެއްބަސްވުމުގައި ބައިވެރިކުރުވީ ފިލުމުގައި ކަންތައް ވާގޮތް ބަލާލުމަށް ވަޑައިގެންނެވި ބޭފުޅުންގޮތުގައެވެ.
ޓްރަމްޕް ވަނީ އޭނާގެ އަންހެން ދަރިކަލުން އިޒްރޭލަށް ޓަކައި ޔަހޫދިއްޔަތު ޤަބޫލުކުރުމުގައި ދަރިކަނބަލުންގެ ފިރިކަލުން އަދާކުރި ދައުރަށް ޝުކުރު އަދާކޮށްފަ އެވެ. ފަލަސްޠީނާއި އެއްކޮޅަށް އިޒްރޭލާއި ދެކޮޅަށް އދ.ގެ ސެކިޔުރިޓީ ކައުންސިލުން ފާސްކުރަން މަސައްކަތްކުރި ކޮންމެ ޤަރާރެއް އެމެރިކާ އިން ވީޓޯ ކޮށްފައިވެއެވެ.

ނަތަންޔާހޫ އެދުނު ވަރަކަށް އެދުނު ވައްތަރެއްގެ ނުރައްކާތެރި ހަތިޔާރު ފަލަސްޠީނުގެ ރައްޔިތުން ގެ ނަސްލު ނައްތާލުމަށް ފޯރުކޮށްދިފައި ވާނެކަމަށާއި ، އިޒްރޭލުން އެހަތިޔާރުތައް ބޭނުންކުރީ ނުހަނު ސްމާޓްކޮށް ވަރަށް ރަނގަޅަށް ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ. މިހުރިހާ ކަމަކަށް ބަލާއިރު ، ފަލަސްޠީންގައި އިޒްރޭލުން ހިންގާ ނަސްލުނައްތާލުމުގެ އެއްބަސްވުމުގައި ފޮރުވިފައިވާ އަނިޔާވެރި ހީލަތެއް އޮންނާނެކަމަށް ބަލަންޖެހެއެވެ.

އަނެއްކަމަކީ އެއެއްބަސްވުމުގައި ފަލަސްޠީންގެ މިނިވަން ދައުލަތެއްގެ ވާހަކައެއް ނެތުމެވެ. މުޅިންވެސް ހުރީ ރަހީނުން މިނިވަންކުރުމަށް އެކަމާއި ގުޅިގެން ދެފަރާތުން އުފުލަންޖެހޭ ޒިންމާ ތަކުގެ ވާހަކައެވެ. ސުވާލަކީ މިހާރުވެސް ދުނިޔޭގެ 3/2(ތިންބައިކުޅަ ދެބައި) ޤައުމުތަކުން ފަލަސްޠީނަކީ ޤައުމެއްގެ ގޮތުގައި ޤަބޫލުކޮށް ކަރުދާހަށް އެވާހަކަ ތިލަކޮށް ފައިވާއިރު ، މިނިވަން ދައުލަތަކަށް އިޒްރޭލުން ހަމަލާދީ ރައްޔިތުންގެ ނަސްލު ނައްތާލަމުން އަންނައިރު އެކަންކަން ނުހުއްޓުވަނީ ކީއްވެހެއްޔެވެ؟

ފަލަސްޠީންގައި ރައީސަކު ހުންނަ ކަމަށް ހުރިހާ އިސްލާމީ ޤައުމަކުން ބުނެއެވެ. އަދި ބައިނަލްއަޤުވާމީ ގޮތުން ފަލަސްޠީންގެ ރައްޔިތުން ތަމްޘީލުކުރާނެ ފަރާތެއް ވެސް އދ.އިން ކަނޑައަޅާފައިވެއެވެ. އެއީ ފަލަސްޠީން އޮތޯރިޓީއެވެ. މުސްލިމު ދައުލަތްތަކުން ކިޔާ ގޮތުން ނަމަ ފަލަސްޠީންގެ ސަރުކާރެވެ، އިޒްރޭލުން ދެކޭ ގޮތުން ނަމަ ފަލަސްޠީންގެ ރައްޔިތުން ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމަށް އިޒްރޭލުގެ ބެލުމުގެ ދަށުން އޮންނަ މުނިސިޕަލް ކައުންސިލެވެ. އެކައުންސިލްގެ ވެރިޔަކީ މަޙްމޫދު ޢައްބާސްއެވެ.

ކަންހުރި ގޮތަކީ މިއީކަމަށް ވިޔަސް އިޒްރޭލާއި އެމެރިކާ ރުއްސައިގެން ޞުލްޙައިގެ ވާހަކަ ތައް ކިތަމެ ޒަމާނަކު ދެއްކި ނަމަވެސް ފަލަސްޠީން މިނިވަންވިޔަ ނުދޭނެކަމަށް ފަލަސްޠީންގެ ރައްޔިތުން ދެކެއެވެ. ޙަމާސް ޖަމާޢަތް ނައްތާލުމަށް އެމެރިކާ އާއި އިޒްރޭލާއި ހުޅަގުގެ އިސްތިޢުމާރީ ޤައުމުތަކުން އެންމެ ބޮޑަށް ބޭނުންވާ ސަބަބަކީ ވެސް އިޒްރޭލުގެ އަޅުވެތިކަމުން ސަލާމަތްވެފައިވާ ބާރުހުރި ފަލަސްޠީންގެ މިނިވަން ދައުލަތެއް ވުޖޫދުވިޔަ ނުދިނުމެވެ.

ޙަމާސް ޖަމާޢަތް ނައްތާލެވިއްޖެ ނަމަ ފަލަސްޠީން ގެ ބިންތަކަށް ވެރިވެގަނެގެން ތާއަބަދު ތިބުމުގެ ފުރުޞަތު ލިބިދާނެކަމަށް އިޒްރޭލާއި އެމެރިކާ ހީކުރެއެވެ . އެހެން ކަމުން ޙަމާސްގެ މައްޗަށް ޚިޔާލީ ފުލޯކްތަކާއި ބަހަނާތައް ދައްކައި ، ތުހުމަތުތައް އެޅުވުމަށް ފަހު ފަލަސްޠީނަށް ހަމަލާ ދެވޭނެ ފުރުޞަތު ހޯދުމަކީ އަބަދު ވެސް އިޒްރޭލުން ކުރަމުން އަންނަ މަސައްކަތެކެވެ .

އެޕްސްޓީން ފައިލްސް: ކަޢުބަތުالله ގެފުޅުގެ ކިސްވާ ވެސް އޭނާ އަށް ލިބުނު

ރައްޔިތުންގެ ޓެކްސް ފައިސާ ކުރީގެ ވެރިންނަށް ދީ ހުސްނުކުރޭ

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ - ރައްޔިތުން މާޔޫސްވެއްޖެ

Continue Reading

Previous: ސައޫދީގައި އެއްޖިންސުން ގުޅުން ހިންގުމާބެހޭ ހަފްލާއެއް ބާއްވައިފި
Next: ޙައްޖަށް މީހުން ފޮނުވައިދިނުމުގައި ޝަކީލުގެ ވިސްނުންފުޅު ވަރަށް ޕްރޯ

Related Stories

Screenshot_20260310-165248
  • ރިޕޯޓް

ބައިނަލްއަޤްވާމީ ޤާނޫނުގައި ޠަބައީ ރަށްވެހީންނާއި އިސްތިޢުމާރީ ބީރަށްވެހީންގެ ތަފާތު – ފޯޅަވަހީގެ ތާރީޚީ ރަށްވެހީންނާއި، އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤާ ގުޅޭ ޤާނޫނީ ނަތީޖާތައް

admin March 10, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
C87CAEA1-7913-446C-BA9D-01FE7A6B07C8
  • ރިޕޯޓް
  • މީހުން

ޚާމަނާއީ މަރުވީ ހެދުނު ޅައެއްޗަކުން

admin March 1, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.