Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ނިކޮލަސް މަދޫރޯ – ބަސް ޑްރައިވަރު ކަމުން ވެރިކަމުގެ ތަޚުތަށް
  • ރިޕޯޓް

ނިކޮލަސް މަދޫރޯ – ބަސް ޑްރައިވަރު ކަމުން ވެރިކަމުގެ ތަޚުތަށް

admin January 10, 2026
IMG_9183

މި ލިޔުމުގައި މިވަނީ ބަސް ޑުރައިވަރަކަށް އުޅުއްވި މަދޫރޯ ވެރިކަމަށް ވަޑައިގެންނެވި ގޮތާއި ވެރިކަން ވެއްޓުނު ގޮތެވެ. (ލިޔުނީ: ޢައިނުޑަވިޔަނި)

ނިކޮލަސް މަދޫރޯގެ ސިޔާސީ ދަތުރަކީ މިޒަމާނުގެ ލެޓިން އެމެރިކާގެ ތާރީޚުގައި ވެސް އެންމެ ރީތި ޑްރާމާ އެއް ނުވަތަ ކުރު ފިލްމެއް ހަދާލަން އެންމެ ފައްކާ ވާނެ ސްޓޯރީއެވެ. އޭނާ އަކީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްތެރިންގެ މުށުތެރެއިން ވެނެޒުއެލާގެ އެންމެ ބާރުގަދަ ލީޑަރަކަށް ވެ، ތެލާއި ރަނާއި ޖަވާހިރުގެ މުއްސަނދި ޤައުމުގައި “ދަގަނޑު އަންގިއަކުން” ހެސްކިޔާފަ ބާރަށް ހިފަހައްޓައިގެން ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ވެރިކަމުގެ ދަތުރު ކުރެއްވި ލީޑަރެކެވެ.

ނޮވެމްބަރު 23، 1962 ގައި މަސައްކަތްތެރި އާއިލާއަކަށް އުފަން މަދޫރޯ އަކީ ޓްރޭޑް ޔޫނިއަންގެ ލީޑަރެއްގެ ދަރިއެކެވެ. އޭނާގެ އުމުރުގެ އެންމެ ޒުވާން ދުވަސްވަރު ކަރަކަސްގައި އުޅުއްވީ ބަސް ޑްރައިވަރެއްގެ ގޮތުގައެވެ. އެއަށްފަހު ކަނާތުފިޔައިގެ ލޭބަރ މޫވްމަންޓްތަކުގައި ހަރަކާތްތެރިވެ ވަޑައިގެންނެވިއެވެ. މަދޫރޯ އަށް ސިޔާސީ ހޭލުންތެރިކަން އައީ 1990 ގެ އަހަރުތަކުގެ ތެރޭގައި، އޭރުގެ ސިފައިންގެ އޮފިސަރު ހޫގޯ ޗާވޭޒް އިސްކޮށް ހުންނަވައިގެން 1992 ވަނަ އަހަރު ނާކާމިޔާބު ބަޣާވާތެއް ކުރުމުންނެވެ.

1998 ވަނަ އަހަރު ޗާވޭޒް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު، މަޑޫރޯގެ ކުރިއެރުން ވެސް ވިދާލީއެވެ. ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫން ވިއްޔާއެވެ! މަދޫރޯގެ މަޤްބޫލުކަން އިތުރުވެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް ވެ ވަޑައިގަތެވެ. އޭގެ ފަހުން ޤައުމީ މަޖިލީހުގެ ރައީސްގެ މަޤާމަށް ވަޑައިގަތެވެ. ދެން ފެނުނީ ފޮރިން މިނިސްޓަރުކަން ކުރެއްވި މަންޒަރެވެ. ވެނެޒުއެލާގެ ތެލުގެ މުއްސަނދިކަމުން ފައިދާ ނަންގަވައި ޑިޕްލޮމެޓިކް އުކުޅެއްގެ ބޭނުންކޮށްގެން ރަޝިޔާ، އީރާން، ކިއުބާ ފަދަ ޤައުމުތަކާއި އިއްތިހާދުތައް ޤާއިމް ކުރެއްވި އެވެ. އެންމެ ފަހުން ޗާވޭޒް ވަނީ އޭނާގެ ވަލީއަހުދުގެ މަޤާމަށް މަދޫރޯ އައުމުގެ ކުޅިބައި ފަހިކޮށްދެއްވާފައެވެ.

ކެންސަރު ބަލީގައި ޗާވޭޒް އަވަހާރަވުމާއި ގުޅިގެން މަދޫރޯ ވަނީ 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބު ހަނިކޮށް ކާމިޔާބު ކުރައްވާފައެވެ. ނަމަވެސް މަދޫރޯ އަށް ވަނީ ޤައުމު އެއްބައިވަންތަ ކުރުމަށް އުނދަގޫތަކެއް ކުރިމަތިވެފައެވެ. އޭނާގެ ރިޔާސީ ދައުރުގައި ވަރަށް ކުރީކޮޅު ފާހަގަކޮށްލެވުނީ އިޤްތިޞާދީ ގޮތުން އަޑިއަށް މިޞްރާބު ހިފައި، އިންފްލޭޝަން މަތިވެ، ކާބޯތަކެތީގެ ދަތިކަމާއި ކުރިމަތިލާން ޖެހުމެވެ. އަތުގައި ކިތަންމެ ތެލެއް ހުއްޓަސް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އޭނާގެ ޤައުމުގެ ތެލުގެ އަގު ދަށްވިއެވެ.

ވަގުތު ފާއިތުވަމުން ދިޔަ ވަރަކަށް މަދޫރޯ ގެންދެވީ ބާރުތައް ހޯއްދަވަމުންނެވެ. ފިއްތުންތަކުގެ ތެރެއިންނެވެ. އިދިކޮޅު ލީޑަރުން ޖަލަށް ލައި ނުވަތަ ޤައުމުން ބޭރުވާން މަޖުބޫރުކޮށް ހެއްދެވިއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އޭރު ވެސް އެމެރިކާ އިން ދިޔައީ ނުބައިބައި ކުޅެމުންނެވެ. މަދޫރޯ އަށް އޮތީ ޤައުމު ކޮންޓުރޯލް ކުރުމެވެ. އޮބިއަޅައިގެން ވިޔަސް އެކަން ކުރާން އޭނާއަށް އޮތީ ޖެހިވަޑައިގެންފައެވެ. އެއީ ޖިނާޢީ ކުށްތައް ހިންގާ ގިނަ ކާޓެލްތަކާއި ގޭންގުތައް ވެސް ޙަރަކާތްތެރިވާ ޤައުމެކެވެ. އަނެއްކޮޅުން ވެރިކަމައި ދެކޮޅަށް އެތައް މުޒާހަރާތަކެއް ކުރާތީވެ މުޒަހަރާ ކުރާ ފަރާތްތައް ވެސް މަދޫރޯގެ ސަލާމަތީ ބާރުތަކުން ފުނޑުފުނޑުކޮށްލައެވެ. މުޒާހަރާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެފައި ވާއިރު އދ. އިންނާއި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ އެތައް ބަހަކު އެ ވާހަކަތައް ލިޔުނެވެ. އިޤްތިޞާދީ އަޑިގަނޑުގައި 2024 ވަނަ އަހަރުގެ ނިޔަލަށް ވެނެޒުއެލާގެ %82 އާ ގާތްކުރާ ޢަދަދަކަށް މީހުން ފަޤީރުކަމުގެ ތެރޭގައި އުޅެމުން ދިޔައިރު، ގާތްގަނޑަކަށް 7.7 މިލިއަން މީހުން ވަނީ އެ ޤައުމުން ފިލައިގެން ގޮސްފައެވެ.

މަދޫރޯ އަކީ ޚުދުމުހުތާރު ވެރިއެއްގެ ގޮތުގައި އެމެރިކާ އިން ލޭބަލް ކުރީ އެމީހުން އަޅާހާ ބަތަކަށް ރިހަ ވާކަށް މަދޫރޯ އެދިވަޑައިނުގަތުމުނެވެ. އެމެރިކާގެ ނާޗަރަންގީ ޝޯވް ތަކާއި އެމެރިކާގެ ހަޑިމުޑުދާރު ޢަމަލުތަކުގައި ބައިވެރިވާން މަދޫރޯ ދެކޮޅު ހެއްދެވުމުންނެވެ. ވެނެޒުއެލާގެ ޤުދުރަތީ މުއްސަނދިކަމުން އެމެރިކާ އަށް ބައި އަޅަން ދއކޮޅު ހެއްދެވުމުންނެވެ. މިއީ ދުނިޔެ ދަންނަ ޙަޤީޤަތެވެ.

2025 ވަނަ އަހަރުގެ ޖެނުއަރީ މަހު މަޑޫރޯ ތިންވަނަ ދައުރަކަށް ހުވައި ކުރެއްވީ ގިނަ ބަޔަކު އެކަން ކުށްވެރި ކުރަމުން ދަނިކޮށެވެ. އޭނާގެ ވެރިކަން ކުއްލިއަކަށް ނިމުނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމުރަށް އެމެރިކާ ސިފައިން މަދޫރޯ އަތުލައިގަނެ ވެނެޒުއެލާއިން ފޮނުވާލިކަން އިއުލާން ކުރުމުންނެވެ.

ބަސް ޑްރައިވަރު ކަމުން ފެށިގެން ރައީސް ކަމާއި ހަމައަށް މަދޫރޯގެ ތަރިކަ ދެމިގެން އައިއިރު، ޙަޤީޤަތަކީ އެމެރިކާގެ ޖަލުގައި މަދޫރޯ އެ ހުންނެވީ އޭނާގެ ބޮލުގައި އެމެރިކާއިން އަޅުވައިގެން އުޅޭ “ޙަޤީޤަތާއި ޚިލާފު” ތުހުމަތުތަކުގެ ސަބަބުން ކަމަށް ޚުދު މަދޫރޯ އެބަ ވިދާޅުވެއެވެ.

ޣައްޒާ މަންމައެއްގެ ރުއިމާއި އާދޭސް! 

ޣައްޒާ އެއްބަސްވުމަކީ ކުޅެމުންދާ “ފިލްމެއް”

ޣައްޒާ ހިންގާނީ ޓްރަމްޕާއި އޭނާގެ ދަރިފުޅުގެ ފިރިމީހާ އާއި، ޞައްދާމްގެ ޤާތިލު ޓޯނީ ބުލެއާ ކަމުގައި ޓ...

Continue Reading

Previous: ނަގޫރޯޅީގައި ގަހެއް ވެއްޓި އިނގިރޭސިއަކު މަރުވެއްޖެ
Next: ޙަޤީޤީ ޑިމޮކްރަސީއޮތީ ހުޅަނގުގައެއް ނޫނެވެ

Related Stories

Screenshot_20260310-165248
  • ރިޕޯޓް

ބައިނަލްއަޤްވާމީ ޤާނޫނުގައި ޠަބައީ ރަށްވެހީންނާއި އިސްތިޢުމާރީ ބީރަށްވެހީންގެ ތަފާތު – ފޯޅަވަހީގެ ތާރީޚީ ރަށްވެހީންނާއި، އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤާ ގުޅޭ ޤާނޫނީ ނަތީޖާތައް

admin March 10, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
C87CAEA1-7913-446C-BA9D-01FE7A6B07C8
  • ރިޕޯޓް
  • މީހުން

ޚާމަނާއީ މަރުވީ ހެދުނު ޅައެއްޗަކުން

admin March 1, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.