Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • “މޯލްޑިވްސް2.0”އާއި ބެހޭގޮތުން އޮޅުވާނުލާ! އީ-ވޯޓިން އަކަށް ދާކަށް ނޫޅޭ
  • ރިޕޯޓް
  • ކޮލަމް

“މޯލްޑިވްސް2.0”އާއި ބެހޭގޮތުން އޮޅުވާނުލާ! އީ-ވޯޓިން އަކަށް ދާކަށް ނޫޅޭ

admin May 19, 2025
IMG_5641

ހިތާމައިގެ ކޮޅެއް ނެތެވެ. އަހުރެމެން މިހާރަކަށް އައިސް ވާހަކައެއް ފަތުރާލާއިރު، އަހުރެމެން ދައްކާ ވާހަކަތައް މަލާއިކަތުން ނުލިޔުއްވާނެކަމަށް ނުވިސްނަނީ ކަންނޭނގެއެވެ؟ ނުވަތަ، ޣާފިލްވީވަރުން ގޮސް ހަނދާން ނެތެނީ ބާވައެވެ. ދައްކަން މިއުޅޭ ވާހަކަ އަކީ ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމަށްޓަކައި ފަށައިގެންއުޅޭ “މޯލްޑިވްސް 2.0” އާއި ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ދޮގު ވާހަކަތަކާއި ބެހޭ ގޮތުންނެވެ. 

ދޮގު ޚަބަރު ފަތުރާ އެ ފަރާތްތަކުން ބުނާ ގޮތާއި  ޚިލާފަށް އިލެކްޓްރޯނިކް ވޯޓިން (އީ ވޯޓިން) ތަޢާރަފް ކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތެވެ.  އެކަންރައީސް އޮފީހުގެ ޑިޖިޓަލް ސްޓްރެޓެޖިސްޓް ވެސް ވިދާޅުވިއިރު، ކެބިނެޓުގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ވަފާތެރި މެންބަރުން ވެސް ވިދާޅުވަނީ “މޯލްޑިވްސް2.0” އަކީ އެއްވެސް ޙާލެއްގައި ދިވެހިރާއްޖޭގައި ވޯޓުލަމުންދާ ގޮތް ބަދަލުކުރުމަށް ކުރެވޭ މަސައްކަތެއް ނޫނެވެ. އެބޭފުޅުން މިހެން ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އީ-ވޯޓިން ތައާރަފް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަނީ ކަމަށާއި، ޑިޖިޓަލް ޓްރާންސްފޯމަޝަން އިނިޝިއޭޓިވް އަކީ އޭގެ ފެށުން ކަމަށް ބުނެ  އިދިކޮޅު ލީޑަރުންގެ ޝައްކުތައް އިތުރުވަމުންދާތީ ދަނޑިވަޅެއްގައެވެ.

އެސްޓޯނިއާ ފަދަ ކާމިޔާބު ގްލޯބަލް މޮޑެލްތަކުގެ މައްޗަށް ބިނާކޮށް ޑިޖިޓަލް ގަވަރނަންސް ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަނީ އެއްވެސް ޙާލެއްގައި މިހާރު ވޯޓު ލަމުންދާ ގޮތް ބަދަލުކުރައްވާކަށް ނޫނެވެ. ކުރައްވަން އުޅުއްވާ ކަމަކީ ކޮރަޕްޝަނުގެ ދޮރު ބަންދުކުރުމެވެ. ޚިދުމަތްތައް އަވަސްކޮށްދިނުމެވެ. ފުޅާކުރުމެވެ. އެއްވެސް ހާލެއްގައި މިއީ އިންތިޚަބުތައް މެނިލުއަލް ކުރުމާއި ގުޅުންހުރި ކަމެއް ނޫނެވެ. ގެންނަން މިއުޅެނީ ޑިޖިޓަލް ނިޒާމެކެވެ. މަސްވެރިކަމުން ފެށިގެން ސަތުކަރުގެ އިދާރާތަކާއި ހަމަޔަށެވެ. މިސާލަކަށް ބަލާނަމަ މަސްބޯޓުފަހަރަށް މަސްވެރިން ބާނާ މަސް ކިރާއިރު ބޭނުންކުރަނީ ޑިޖިޓަލް ކައްޓާއެއް ނޫނެވެ. އެހެންކަމުން މަސްވެރިން ބާނާ މަހުގެ އަސްލު ބަރުދަން ސީދާސީދާ މިނުންމިނަށް ނޭނގެއެވެ. އެއީ މަސްވެރިންނަށް ލިބޭ ގެއްލުމެކެވެ. ކޮންމެ ކިލޯއަކުން ވިއްސަކަށް ގުރާމް ގެއްލިގެންދާ ކަމަށްވާނަމަވެސް އެއީ ރާއްޖޭގެ މަސްކާރުޚަނާތަކަށް މަދުވެގެން ދުވާލަކު 100 ޓަނު މަސް ވަންނަކަމުގައި ވިޔަސް ފާއިތުވި 3 ވެރިކަމުގައި މަސްވެރިންގެ އަތުން އެންމެ މަދުވެގެންވެސް ގެއްލިގެންދާ 10.95 ޓަނުގެ މަހެވެ. އެއަށްވާ ފައިސާއެވެ. ސަލާމަތްކުރާން މިއުޅެނީ މިފަދަ ކަންކަމެވެ. ޑިޖިޓަލައިޒް ކުރަނީ މިކަންކަމާހެދިއެވެ. ރައްޔިތުންނަސް ފަސޭހަ ކުރުމަށެވެ.

އިދިކޮޅު ފަރާތްތަކުން މިފަދަ ވާހަކަތައް މިދައްކަނީ ރައްޔިތުން ވާވެއްދުމަށެވެ. ރައީސް މުޢިއްޒުގެ ވިސްނުންފުޅަކީ މިހާރުވެސް ވޯޓުލާ ގޮތަށް ކަރުދާހުގައި ވޯޓުލާށެވެ. އީ-ވޯޓިން ފުރަތަމަ ތައާރަފްކުރި ޔޫރަޕްގެ ގައުމުތަކުން ވެސް އިތުބާރުގެ މައްސަލަތަކާއި ގުޅިގެން ކަރުދާހުގައި ވޯޓުލުމަށް އެމީހުންގެ ސިސްޓަމް އަލުންބަލުން ބަދަލުކޮށް، އިންތިޚާބުތަކުގައި  ވޯޓު ކަރުދާހަށް އެނބުރި އައިސްފައިވާ ކަމަށް ފާހަގަކުރެވެއެވެ.

“މޯލްޑިވްސް 2.0” ގެ ތަސައްވުރަކީ އާންމުންނަށް ލިބިދޭ ހިދުމަތްތަކާއި، ރައްޔިތުންގެ ވެރިކަން ހިންގުމާއި، ޤައުމީ އިގްތިސާދު ބަދަލުކުރުމަށް ފަރުމާކޮށްފައިވާ ތަޞައްވުރެކެވެ. ރައްޔިތުންގެ ޓެކްސްފައިސާއިން ވައްކަންކުރުން ނިމުމަކަށް ގެނައުމެވެ. ސަރުކާރުގެ މުވައްޒަފުންނަށް ނުވަތަ ތިންބައިކުޅަ އެއްބައި މީހުންނަށް ގޭގައި، ޢާއިލާ ކައިރީގައި ތިބެގެންވެސް މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ގޮތް ހެދުމެވެ. ރައްޔިތުން ބޭނުންވާނީ ލުއިފަސޭހަ ގޮތްތަކެވެ. ރައީސް ބޭނުންފުޅުވެގެން އުޅުއްވަނީ މި ލުއި ގޮތްތައް ރައްޔިތުންނަށް ހޯދައިދީ ޤައުމު ކުރިއަރުވާށެވެ. 

އަބްދުﷲ ޔާމީން އާއި އެމްޑީޕީ އާއި އަދިވެސް ޤައުމުގައި ތިބި ކޮރަޕްޝަނުން މަންފާ ހޯދާ ފަރާތްތަކުން  ރައްޔިތުންނަށް ވިސްނުވައިދެއްވަނީ ޑިޖިޓަލް ޕުޝް އަކީ އިންތިހާބު އޮޅުވާލުމަށް ޖަހާ ޗައްކަރެއް ކަމަށެވެ. ޔިތުންނަށް އޮޅުވާލައި ސަރުކާރާއި ރައްޔިތުން ޖައްސަން ފަތުރާ ހީލަތްތެރި ވާހަކަތަކެވެ. އެބޭފުޅުންގެ މި ތުހުމަތުތަކަކީ އަސާސެއް ނެތް ސިޔާސީ ވާހަކަތަކެކެވެ.

ސަރުކާރުން ފޯކަސް ކުރަނީ ދެފުށްފެންނަ ނިޒާމަކަށެވެ.  ފަހަރެއްގައި ވެސް އީ-ވޯޓިން އަށް ނޫނެވެ. އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ދޮގު އަދި ގައުމީ ޑިޖިޓަލް ޓްރާންސްފޯމަޝަންގެ ހަގީގީ ފައިދާ ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ދައްކާ ވާހަކަތަކެކެވެ.  އެމީހުން މިހާރު އެ ޖެހިލުންވަނީ ފައިސާދީގެން ރިސޯޓުތަކާއި ފަޅުރަށްތައް “ކަޓުވާނުލެވޭތީއެވެ”. ޑިޖިޓަލައިޒް ކުރީމާ، ރަށްތަކަށް ކުރިމަތިލާ މީހުންނާއި،  ޕްރޮޕޯސްކުރާ އަގާއި، ވަގުތު ވެސް ފެންނަން އޮންނާނެއެވެ. ކޮރަޕްޝަނުގެ ދޮރު ބަންދުވާނެއެވެ.

އެޕްސްޓީން ފައިލްސް: ކަޢުބަތުالله ގެފުޅުގެ ކިސްވާ ވެސް އޭނާ އަށް ލިބުނު

ޙަމާސް ނައްތާލުމަށްވުރެ އެމެރިކާއާއި އިސްރާއީލުގެ ސިޔާސަތު މާ ނުރައްކާ!

ނިކޮލަސް މަދޫރޯ - ބަސް ޑްރައިވަރު ކަމުން ވެރިކަމުގެ ތަޚުތަށް

Continue Reading

Previous: “އެސްޓީއޯ ހެއްސަށް ފަރޭސް!”
Next: Next Post

Related Stories

Screenshot_20260310-165248
  • ރިޕޯޓް

ބައިނަލްއަޤްވާމީ ޤާނޫނުގައި ޠަބައީ ރަށްވެހީންނާއި އިސްތިޢުމާރީ ބީރަށްވެހީންގެ ތަފާތު – ފޯޅަވަހީގެ ތާރީޚީ ރަށްވެހީންނާއި، އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤާ ގުޅޭ ޤާނޫނީ ނަތީޖާތައް

admin March 10, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
C87CAEA1-7913-446C-BA9D-01FE7A6B07C8
  • ރިޕޯޓް
  • މީހުން

ޚާމަނާއީ މަރުވީ ހެދުނު ޅައެއްޗަކުން

admin March 1, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.