Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ޙަމާސް ނައްތާލުމަށްވުރެ އެމެރިކާއާއި އިސްރާއީލުގެ ސިޔާސަތު މާ ނުރައްކާ!
  • ރިޕޯޓް

ޙަމާސް ނައްތާލުމަށްވުރެ އެމެރިކާއާއި އިސްރާއީލުގެ ސިޔާސަތު މާ ނުރައްކާ!

އަލްއުސްތާޛް ޢަލީ އާދަމް September 8, 2025
IMG_7142

އިޒްރޭލާއި އެމެރިކާ ފަލަސްޠީނުގައި ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ބޭނުމަކީ ޙަމާސް ނަށްތާލުމަށް ކަމަށް ބުނި ނަމަވެސް އިޒްރޭލާއި އެމެރިކާގެ ސިޔާސަތު މިއަށްވުރެ ނުރައްކާތެރިއެވެ. ޙަޤީޤީ ބޭނުމަކީ ފަލަސްޠީނުގެ ދައުލަތެއް ، އުފެދުނަ ނުދިނުމާއި އެކަމަށް މަސައްކަތްކުރާ ކޮންމެ ފަރާތެއް ނައްތާލުމެވެ. ،ޙަމާސް ނައްތާލުމަށް ފަހު ފަލަސްޠީނުގެ ފަތަޙަ ޖަމާއަތުން ވެސް ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ މަސައްކަތްކުރާ ނަމަ ފަތަޙަ ޖަމާޢަތް ވެސް ނައްތާލާނެކަމަށް މިހާރު އިޒްރޭލުން ވަނީ ބުނެފައެވެ.

ފަތަޙަ ޖަމާޢަތަކީ ބައިނަލްއަޤުވާމީ ގޮތުން ފަލަސްޠީނުގެ ރައްޔިތުން ތަމްޘީލު ކުރާފަރާތް ގޮތުގައި އދ.އިން ޤަބޫލުކުރާ ޖަމާޢަތެވެ. މިގޮތަށް އދ. އިން ވެސް އިސްލާމީ ޤައުމުތައް ހިމެނޭ އޯ.އައި.ސީ އިން ވެސް ނިންމާފައިވަނީ އެމެރިކާ އާއި އިޒްރޭލުން ރުހޭ ގޮތަކީ އެއީ ކަމަށް ވާތީއެވެ.

ފަތަޙަ ޖަމާޢަތަކީ އިޒްރޭލާއި ހަނގުރާމަ ނުކޮށް ހަމައެކަނިވާހަކަ ދައްކައިގެން ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމައެކަނި އެމެރިކާ އާއި އިޒްރޭލާއި ހުޅަގުގެ އިސްތިޢުމާރީ ބާރުތައް ބޭނުންވާހާ ގޮތަކަށް ޢަމަލު ކުރާ ފަލަސްޠީނުގެ ޖަމާޢަތެވެ. ފަލަސްޠީން އޮތޯރިޓީ ރާމަށްﷲގައި ހިންގަނީ ފަތަޙަ ޖަމާޢަތެވެ. ފަތަޙަ ޖަމާޢަތުގެ މިހާރުގެ ވެރިއަކީ މަޙުމޫދު ޢައްބާސް އެވެ.

ފަލަސްޠީން އޮތޯރިޓީ އަށް އިސްލާމީ ޤައުމުތަކުން ކިޔަނީ ފަލަސްތީންގެ ސަރުކާރެވެ. އިޒްރޭލުން ދެކެނީ ފަލަސްޠީން އޮތޯރިޓީ އަކީ ފަލަސްޠީނުގެ ރައްޔިތުންގެ ޢާއްމު ޚިދުމަތުގެ ކަންކަން ބަލަހައްޓާ މުނިސިޕަލް ކައުންސިލްކަމުގައެވެ. އެމެރިކާ ގެ ނުފޫޛު ގެ ދަށުގައިވާ މިޞްރާއި ސައޫދީ އާއި އުރުދުން އާއި ބަހުރައިނު އާއި ޔޫ އޭ. އީ. ފަދަ ޤައުމުތައް އެހީތެރިކަން ފޯރު ކޮށްދެނީ ފަތަޙަ ޖަމާޢަތަށެވެ. ފަލަސްޠީނުގެ މިހާރު ގެ ހާލަތަށް ބަލާއިރު ، ޙަމާސް ޖަމާޢަތް ކޮންޓްރޯލްކުރާ ޣައްޒާގެ ބިމުގެ ބޮޑު ސަރަހައްދަކަށް އިޒްރޭލުން ވެރިވެ ގަތުމަށް ފަހު އިޒްރޭލުގެ ވިސްނުންހުރީ ފަލަސްޠީނު ގެ ހުރިހާ ބިމެއްގެ މައްޗަށް ވެރިވެ ގަތުމަށެވެ.

ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭން ކުރުމުގެ ސިޔާސަތަކީ ފައިދާ ހުރި ސިޔާސަތަކަށް ވުރެ...

ޤައުމާއި ޙަވާލުވާން އަންނި އާއި ފައްޔާޒު ޑިލެއް!

ބަލި މީހުން ރާއްޖެއިން ބޭރަށް ފޮނުވުމުން ޤައުމީ ސިއްޙީ ޚިދުމަތް ބަލިކަށިވޭ

Continue Reading

Previous: ރާއްޖެއަށް ޕްރެޝަރު ކުރުމަށް ޣައްޒާއަށް އަޅުގަނޑުމެން ނުވަންނާނަން: އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން
Next: ސަރުކާރުން އަތޮޅުތައް އުވާލާ ކަމަށް ދައްކާ ވާހަކަތަކަކީދޮގެއް

Related Stories

Screenshot_20260310-165248
  • ރިޕޯޓް

ބައިނަލްއަޤްވާމީ ޤާނޫނުގައި ޠަބައީ ރަށްވެހީންނާއި އިސްތިޢުމާރީ ބީރަށްވެހީންގެ ތަފާތު – ފޯޅަވަހީގެ ތާރީޚީ ރަށްވެހީންނާއި، އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤާ ގުޅޭ ޤާނޫނީ ނަތީޖާތައް

admin March 10, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
C87CAEA1-7913-446C-BA9D-01FE7A6B07C8
  • ރިޕޯޓް
  • މީހުން

ޚާމަނާއީ މަރުވީ ހެދުނު ޅައެއްޗަކުން

admin March 1, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.