Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ޚާމަނާއީ މަރުވީ ހެދުނު ޅައެއްޗަކުން
  • ރިޕޯޓް
  • މީހުން

ޚާމަނާއީ މަރުވީ ހެދުނު ޅައެއްޗަކުން

admin March 1, 2026
C87CAEA1-7913-446C-BA9D-01FE7A6B07C8

ޚާމަނާއީ އަކީ ހުޅަނގުގެ ޑިމޮކްރަސީ އާއި ދުރު، އަމިއްލަ ގޮތެއް ގެންގުޅުއްވި 1989 އިން އިއްޔެ (28 ފެބުރުވަރީ 2026) އާއި ހަމައަށް އީރާނުގެ ވެރިކަން ކުރައްވި މެދުއިރުމަތީގެ އެންމެ ނުފޫޒުގަދަ އެއް ލީޑަރެވެ. ޚާމަނާއީގެ މުޅި ވެރިކަން ބައްޓަން ކޮށްފައި ވަނީ އިސްރާއީލާއި އެމެރިކާއާ ދެކޮޅަށެވެ. ބަދަލު ހިފުމަށެވެ.

2025 ވަނަ އަހަރު އީރާނާއި އިސްރާއީލާއި ދެމެދު ހިނގި 12 ދުވަހުގެ ބޮޑު ކުރިމަތިލުމުގެ ތެރޭގައި ޚާމަނާއީގެ ބާރުގެ ދަށުގައި ތިބި އީރާނުގެ ސިފައިން ވަނީ އިސްރާއީލަށް ބޮޑެތި މިސައިލްތަކާއި ޑްރޯން ހަމަލާތައް ދީފައެވެ. އެއީ އިސްރާއީލުން އީރާނުގެ އަމާޒުތަކަށް ހަމަލާދިނުމުންނެވެ. އެ ބަދަލު ހިފުމުގެ
އޮޕަރޭޝަނެއްގައި 150 އަށް ވުރެ ގިނަ ބެލިސްޓިކް މިސައިލާއި 100 އަށް ވުރެ ގިނަ ޑްރޯން ހަމަލާދީ މުޅި އިސްރާއީލް ގުޑުވާލައި އެމެރިކާ ވެސް ކޮސްކޮށްލިއެވެ. އެ ހަމަލާގައި އިސްރާއީލުގައި 22 މީހުން ޒަޚަމްވި ނަމަވެސް ގިނަ މިސައިލްތައް ވައިގެ ދިފާއީ ނިޒާމުތަކުން ހުއްޓުވި އެވެ.

ކޮންފްލިކްޓް މޮނިޓަރިން ގްރޫޕްތަކުން ބުނާ ގޮތުގައި އީރާނުގެ ހަމަލާތަކުގައި ގާތްގަނޑަކަށް 28 މީހުންނާއި ސިފައިންގެ މީހަކު އިސްރާއީލުން މަރުވެފައި ވެއެވެ.

އެ ފަހަރު އީރާނުގެ ވެސް 1،190 އަށް ވުރެ ގިނަ މީހުން މަރުވެ، 4،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

ޚުދު ޚާމަނާއީ ވެސް އަވަހާރަ ކޮށްލުމަށް މީގެ ކުރިން ވެސް ޙާމަލާ ދީފައި ވެއެވެ. އޭނާގެ ޙަޔާތުގެ ކުރީކޮޅު، 1981 ގައި ތެހެރާނުގެ މިސްކިތެއްގައި ދެއްވި ތަގުރީރެއްގެ ތެރޭގައި އޭނާ އަށް ޙަމަލާ ދިނީ ޓޭޕް ރެކޯޑަރެއްގެ ތެރޭގައި ފޮރުވާފައި އޮތް ބޮމެއް ގޮއްވާލައިގެންނެވެ. މި ގޮވުމުގެ ސަބަބުން އޭނާގެ އަތާއި ފުއްޕާމޭ އަށާ
އި ކަރަށް ވަރަށް ބޮޑަށް ގެއްލުން ލިބުނެވެ. އަދި ކަނާތު އަތް ހަލާކުވެ ނުކުޅެދޭ އަތަކަށް އެ އަތް ބަދަލުވިއެވެ.

ނަމަވެސް އޭނާގެ ޢަޒުމަކަށް ބަދަލެއް ނައެވެ. ގުޑައެއް ނުލެވުނެވެ. މުޅި ހުޅަނގުން އޭނާއަށް ފިއްތައިލިއެވެ. ނަމަވެސް ޚާމަނާއީ ހުންނެވީ ގޮތުގައެވެ. ކުޑަކަކޫ މައްޗަށް ތިރިއެއް ނުވިއެވެ. އޭގެ ބަދަލުގައި އޭނާ ގެންދެވީ ހަތިޔާރު އުފައްދަމުންނެވެ. މައްސަލައަކީ ޢަރަބި އެހެން ޤައުމުތަކާއި ދެކޮޅުވުމެވެ. ޚާއްޞަކޮށް ސައޫދީ ޢަރަބިއްޔާ އާއި ދެކޮޅު ހެދުމެވެ. މިއީ ޚާމަނާއީ ހެއދެވި އެންމެ ބޮޑު ގޯހެވެ!

އުމުރުން 86 އަހަރުގައި ޚާމަނާއީ އެ އަވަހާރަވީ އޭނާގެ ކައިރީގައި ތިބި މީހުންހެ ސަބަބުން ކަމަށް ބުރަ ވެއެވެ. އެހާ ފަސޭހައިން އެމެރިކާ އާއި އިސްރާއީލަށް އޭނާ ހުންނެވި ލޮކޭޝަން ދެނެގަނެވުނު ސަބަބެއް ނޭނގެއެވެ. އެއްގޮތަކީ އަސްކަރިއްޔާގެ ގާޑުން ކަމަށް ބުނެވިދާނެއެވެ. މޮސާޑުން ޢާންމުކޮށް މިފަދަ ކަންކަން ކުރަނީ ޖާސޫސުންގެ ކުޅަދާނަ މަޢުލޫމާތުންނެވެ.

މީޑިއާގެ ހުނަރުވެރިޔާއެވެ! އިތުބާރު ކުރެވޭ މޫނާއެވެ!

ނުޙައްޤުން މުއްސަނދިކަން ހޯދި މީހުންގެ ލިސްޓު ހޯދައިފި

ކައިވެނިކުރަން އައި މީހަކަށް ގުޅިއޭ ކިޔައި އޮޅުވާލައިގެން ފަނޑިޔާރެއްގެ ޒިންދަގީ ދުއްވައިލި ވާހަކަ…

Continue Reading

Previous: ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)
Next: ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

Related Stories

Screenshot_20260310-165248
  • ރިޕޯޓް

ބައިނަލްއަޤްވާމީ ޤާނޫނުގައި ޠަބައީ ރަށްވެހީންނާއި އިސްތިޢުމާރީ ބީރަށްވެހީންގެ ތަފާތު – ފޯޅަވަހީގެ ތާރީޚީ ރަށްވެހީންނާއި، އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤާ ގުޅޭ ޤާނޫނީ ނަތީޖާތައް

admin March 10, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
B9F4E63E-7389-4D67-B3F3-2A635F1F1451
  • ރިޕޯޓް
  • ލައިފްސްޓައިލް

ދެއުޅިއެއް ނުވާ ޕުލާސްޓިކު ގާނޫނުގެ ވެރިން ބަރަހަނާ ވެފައި

admin February 24, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.