Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • “އެސްޓީއޯ ހެއްސަށް ފަރޭސް!”
  • ވިޔަފާރި

“އެސްޓީއޯ ހެއްސަށް ފަރޭސް!”

admin May 18, 2025
އެސްޓީއޯއިން ވަނީ ހިއްސާގެ ފައިދާވެސް ރޭ ޖަލްސާ ހިނގަމުންދަނިކޮށް ވަގުތުންވަގުތަށް ހިއްސާދާރުންނަށް ޖަމާކޮށްދީފަ.

އެސްޓީއޯގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާ ބެހުމަށް ފާސްކުރުމާއެކު، ވަގުތުން ހިއްސާދާރުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރިކުރުމަކީ ރާއްޖޭގެ ތާރީޚުގައި މީގެ ކުރިން ފެނުނު ކަމެއް ނޫނެވެ. މިކަމަކީ ކުރިން އެއްވެސް ކުންފުންޏަކުން ކޮށްފައިނުވާ ކަމެއްކަމަށް ހިއްސާދާރުން ވެސް ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފައިވެއެވެ.

ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް ފާސްކުރެވުނެވެ. މި ނިންމުން ފާސްވީ ޖަލްސާގައި ބައިވެރިވި 299 ހިއްސާދާރުންގެ ތެރެއިން 99.9 ޕަސެންޓް މެންބަރުންގެ ވޯޓުންނެވެ.

ޖަލްސާގައި ހިއްސާދާރުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމުން، އެއް ހިއްސާިއްސާދާރަކު ވަނީ ޖަލްސާ ކުރިއަށްއަށްދަނިކޮށް ހިއްސާގެ ފައިދާ ޖަމާކޮށްދިނުމަކީ ކުރިން އެއްވެސް ކުންފުންޏަކުން ކޮށްފައިނުވާ ކަމެއްކަން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފައެވެ. މި ހިއްސާދާރުގެ ވާހަކައަށް ތާއީދުކުރުމުގެ ގޮތުން ޖަލްސާގައި ބައިވެރިވި އެހެން ހިއްސާދާރުން ވެސް ވަނީ އަތްތިލަބަޑި ޖަހައިފައެވެ.

އެސްޓީއޯއަކީ ރާއްޖޭގެ އެންމެ އިތުބާރު ކުންފުންޏެވެ. އެސްޓީއޯއަކީ ރާއްޖޭގެ އެންމެ. ިޔަ ކުންފުނިވެސް މެއެވެ.

އެސްޓީއޯ ވަރަށް ފަރޭސް.. ހެއްސަށް ފަރޭސް…މިނޫނީ މިރާއްޖެއަކު ނެތް އެހާ ފަރޭސްކޮށް ކޮލެޓިކޮށް ހިންގާ ކުންފުންޏެއް”

ކަސްޓަމަރެއް

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެފައިވަނީ އެސްޓީއޯގެ ހިއްސާއެއްގެ އަގު ހިއްސާގެ ބާޒާރުގައި 1،900 ރުފިޔާއަށް އަރާފައިވާ ކަމަށެވެ. މިއީ ކުންފުނީގެ ތާރީޚުގައި ހިއްސާގެ އަގު އަރާފައިވާ އެންމެ މަތީ އަގެވެ.

މި ޖަލްސާގައި އެސްޓީއޯގެ ޑިރެކްޓަރުންގެ ރިޕޯޓާއި މިދިޔަ އަހަރުގެ ފައިނޭންޝަލް ސްޓޭޓްމަންޓް ވަނީ ފާސްކޮށްފައެވެ. އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުގެ ގޮތުގައި މުޙައްމަދު އަޙްސަން ސަލީމް ވަނީ ދެވަނަ ފަހަރަށް އިންތިޚާބުކޮށްފައެވެ. މީގެއިތުރުން، ކުރިއަށް އޮތް އަހަރަށް އެސްޓީއޯގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް އައްޔަންކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

ޤަބޫލު ކުރިޔަސްނުކުރިޔަސް، ކްރޫޒް ޝިޕްތަކަށް ޓޫރިޒަމް އާއި ގުޅުން ހުރި މުއައްސަސާތަކުގެ އިހުމާލު ބޮޑ...

އެމެރިކާ، ޔޫކޭ، ކެނެޑާ އަދި އޮސްޓްރޭލިޔާއިން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާން އޮތީ އަންގާފަ! ސ...

އޮޑިދޯނި ގަތުމަށް ފައިނޭންސިން ސްކީމް ތަޢާރަފް ކުރަނީ

Continue Reading

Previous: އެންމެންވެސް ޝާމިލުކުރުމުގެ ސަގާފަތެއް ގެންގުޅެންޖެހޭ: ރައީސް
Next: “މޯލްޑިވްސް2.0”އާއި ބެހޭގޮތުން އޮޅުވާނުލާ! އީ-ވޯޓިން އަކަށް ދާކަށް ނޫޅޭ

Related Stories

26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
6D005774-EF96-4A5E-AEAD-C70D09AC9338
  • ވިޔަފާރި
  • ޚަބަރު

ބޭނުންކުރެވޭ ރިޒާވް 300 ބިލިއަން ޑޮލަރަށް އަރައިފި

admin February 21, 2026
04DDA77C-1405-49D6-A7BF-46D71A87A96C
  • ވިޔަފާރި
  • ޚަބަރު

ޤަބޫލު ކުރިޔަސްނުކުރިޔަސް، ކްރޫޒް ޝިޕްތަކަށް ޓޫރިޒަމް އާއި ގުޅުން ހުރި މުއައްސަސާތަކުގެ އިހުމާލު ބޮޑު

admin February 14, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.