Skip to content
Bithufangi

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • މަންދިގެ މައްސަލަ ފެމެލީ ކޯޓުގައި ފަށައިފި
  • ޚަބަރު

މަންދިގެ މައްސަލަ ފެމެލީ ކޯޓުގައި ފަށައިފި

admin April 30, 2025
IMG_5200

މަރިޔަމް ޒުބައިރު ނުވަތަ މަންދި (ކ) އަދި ސާޖިދާ މުހައްމަދު (މެޑަމް ސާޖީ)

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށް, އެމްޑީޕީގެ އިސް އެކްޓްވިސްޓް މަރިޔަމް ޒުބައިރު (މަންދީ)އާ ދެކޮޅަށް, ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު, ކުރެއްވި ދައުވާގެ އިބްތިދާއީ މަރުހަލާ މިއަދު ފެމެލީ ކޯޓުގައި ފަށައިފިއެވެ.

Ginger Shot

ސާޖިދާ މުޙައްމަދު, މަންދީގެ މައްޗަށް ދައުވާ ކުރައްވަނީ އެމްޑީޕީން މިދިޔަ މާޗުމަހު ކުރިއަށްގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. އޭނާވަނީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކޮށްފައިވަނީ ރައީސްގެ ދަރިކަލުން ވޭޕްކުރައްވާތީ ކަމަށް ތުހުމަތުކޮށްފައެވެ.

ފަސްޓް ލޭޑީ ސާޖިދާގެ ގާނޫނީ ވަކީލް, އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ކުރިން ވިދާޅުވީ، މައްސަލަތައް ހުށަހަޅިފައިވަނީ ގާނޫނުއަސާސީއާއި ގާނޫނުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަމުގެ ހައްގު، ސިޔާސީ ދެކޮޅުވެރިކަމާއި ވާދަވެރިކަމުގެ ތެރެއިންވިޔަސް ނިގުޅައި ނުގަނެވޭނޭކަން ކަށަވަރުކޮށް، އެ ކުދިންގެ ތަޢުލީމާއި މުސްތަގުބަލު އަދި ނަފުސު، ގަނާ ކުރުމާއި ފުރައްސާރަކުރުމާއި އަދި ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށްކުރެވޭ މަސައްކަތްތަކުން ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގްސަދުގައި ކަމަށެވެ.

އެމްޑީޕީންވަނީ މުޒާހަރާގައި ދައްކައިފައިވަނީ އެއްވެސް ހާލެއްގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް، އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކައެއް ނޫން ކަމަށް ބުނެފައެވެ.

އެމްޑީޕީގެ މުޒާހަރާގައި ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަން (އީސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވަނީ ކުށްވެރިކޮށްފައެވެ.

ރައީސްގެ އެދިވަޑައިގަތުމަށް އިންޑިއާއިން 50 މިލިއަން ޑޮލަރު ދީފި

ވެމްކޯއިން ޕެންޝަން ޖަމާނުކުރާ ކަމަށް ބުނެ ފަތުރަނީ ދޮގެއް

ރައީސް މުޢިއްޒުގެ އަގުހުރި ޖިހާދަށް ތަޢުރީފް އޮހެނީ

Continue Reading

Previous: ދިވެހި ރައީސަކު ފުރަތަމަ ފަހަރަށް
Next: ކުޅުދުއްފުށީގެ އެއް ޢާއިލާއެއްގެ ދެ އަންހެނުން ހައްރުކޮށްފި

Related Stories

397995_d296cc1f-8_-1536x1024
  • ޚަބަރު

އެންމެންވެސް ޝާމިލުކުރުމުގެ ސަގާފަތެއް ގެންގުޅެންޖެހޭ: ރައީސް

admin May 16, 2025
images (1) (3)
  • ޚަބަރު

ސަމާލުވޭ! ކެންސަރު ފަރުވާއޭ ބުނެ ބޮޑު ފޭކެއް!!!

admin May 15, 2025
491788612_1982428075618646_7354024399840022708_n
  • ޚަބަރު

މަޤާމުތަކުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް ޤާނޫނު އިޞްލާޙުކުރަން ޖެހޭ: ރައީސް

admin May 15, 2025

އިޝްތިހާރު

Advertisement
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.