Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ދިވެހި ރައީސަކު ފުރަތަމަ ފަހަރަށް
  • ޚަބަރު

ދިވެހި ރައީސަކު ފުރަތަމަ ފަހަރަށް

admin April 30, 2025
IMG_5165

ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް)ގައި ތަގުރީރު  ކުރައްވައިފިއެވެ.

ދުނިޔޭގައިވާ އެންމެ ބޮޑު އެއް އިސްލާމިކް ޔުނިވާސިޓީގައި އިއްޔެ ތަޤްރީރުކުރެއްވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެވެ.  

މިއީ ދުނިޔޭގެ ނުފޫޒުގަދަ ލީޑަރުންނަށް ވެސް ވަރަށް މަދުން ނޫނީ ނުލިބޭ ޝަރަފަކަށް ވާއިރު މީގެ ކުރިން ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އެއްދޮޣާން ވަނީ 2014 ވަނަ އަހަރު އެތަނުގައި  ތަޤްރީރު ކުރައްވާފައެވެ.

އަދި 2017 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ އިތުރުން މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދާއި މިސްރުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީ އަށް ވެސް އެ ޕޯޑިއަމްގައި މީގެ ކުރިން ތަގްރީރު ކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވިއެވެ.

އިސްލާމީ ވެރިކަމާއި ތަރައްގީއަށް ރައީސް މުއިއްޒު ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އިސްލާމިކް ލީޑަޝިޕް އެންޑް މަދާނީ ޑިވެލޮޕްމަންޓްގެ ޝަރަފުވެރި ޑޮކްޓަރ އޮފް ފިލޯސަފީ އައިއައިޔޫއެމް އިން ވަނީ އިއްޔެ ރައީސް ޑރ.މުޢިއްޒަށް އަރުވާފައެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް މިއަދު އައިއައިއެމްޔޫ ގެ ފަރާތުން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަވް އަރުވަނީ.

ރައީސް ސިފަކުރެއްވި ގޮތުގައި މި ޝަރަފަކީ މެލޭޝިޔާއާއި ރާއްޖެއާއި ދެމެދު އޮންނަ ވަރުގަދަ ދެގައުމުގެ ގުޅުމާއި އިސްލާމީ ޙަޟާރަތް ކުރިއެރުވުމަށް ޙިއްޞާކުރާ ރަމްޒެކެވެ.

ރައީސްގެ ތަގުރީރުގައި ބައިބައިވެފައިވާ މުސްލިމް ޖަމާއަތްތައް އެއްބައިވަންތަކޮށް، ދީނީ އަދި ތައުލީމީ ގޮތުން މޮޅުކަން އާލާކުރާ އައިއައިޔޫއެމް ފަދަ މުއައްސަސާތައް ކުރިއެރުވުމަށް އޯއައިސީ ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ގޮވާލެއްވި އެވެ.

25 އަހަރަށް ޖަލަށްލާންޖެހޭ މައްސަލައެއްގައި ފޮޓޯ ޢާންމުކޮށްފި

ފުޓްސަލްގައި އެންމެ މޮޅީ ދިވެހިން، އެކަމަކު ލަނޑު ޖެހުމުގެ ރޭޓް ދަށް ވާން ފަށައިފި

އެމެރިކާގެ ލަޝްކަރެއް އީރާނާއި ދިމާލަށް އެބަ ދޭ

Continue Reading

Previous: ޕްލައިވުޑް ޝިޕްމެންޓަކުން 13.6 މިލިއަން ސިނގިރޭޓް ފެނިއްޖެ
Next: މަންދިގެ މައްސަލަ ފެމެލީ ކޯޓުގައި ފަށައިފި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.