Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • މި އަހަރު ދައުލަތުގެ ރަސްމީ ރިޒާވް 904 މިލިއަން ޑޮލަރަށް އަރާނެ
  • ވިޔަފާރި
  • ޚަބަރު

މި އަހަރު ދައުލަތުގެ ރަސްމީ ރިޒާވް 904 މިލިއަން ޑޮލަރަށް އަރާނެ

admin January 3, 2026
IMG_9003

މި އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 904 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ލަފާކޮށްފިއެވެ. މިއީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރާއި މަރުކަޒީ ބޭންކުން އަޅަމުންދާ ފިޔަވަޅުތަކާއެކު އަންނާނެ ކުރިއެރުމެއް ކަމަށް އެބޭންކުން ފާހަގަކުރެއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2025ވަނަ އަހަރު ނިމޭއިރު ރިޒާވް ހުންނާނެ ކަމަށް ލަފާކުރެވެނީ 849 މިލިޔަން ޑޮލަރުގައެވެ. މިއީ 2024 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި 674 މިލިޔަން ޑޮލަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. ރިޒާވް މިހާ ބޮޑަށް ރަނގަޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރު އިތުރުވުމާއި، ކަރަންސީ ސްވޮޕް ފެސިލިޓީގެ އެހީގައެވެ.

މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި، ރިޒާވް ވަރުގަދަވުމަށް ބޭރު ފައިސާގެ އައު ގަވާއިދުތަކުގެ އިތުރުން، މީރާއަށް ޑޮލަރުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ބޮޑު ދައުރެއް އަދާކުރިއެވެ. މިއަހަރުގެ އޭޕްރީލް މަހު ދައްކަންޖެހޭ ސުކޫކަށް ބޭނުންވާ ފައިސާ ހޯދުމަށް ރީފައިނޭންސް ކުރުމަށް ނިންމާފައިވާ ނިންމުމުގެ ސަބަބުންވެސް، ކުރު މުއްދަތަކަށް ރާއްޖެއަށް ވަންނަ ޑޮލަރުގެ މިންވަރު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

އެމްއެމްއޭއިން ލަފާކުރާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ވަނީ 5.4 އިންސައްތައިގައި ކުރިއަރާފައެވެ. މިކުރިއެރުން މައިގަނޑު ގޮތެއްގައި އައީ ޓޫރިޒަމް ދާއިރާއާއި، ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތްތައް ފުޅާވުމުގެ ސަބަބުންނެވެ. އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ބެލެވެނީ 4.8 އިންސައްތައާއި 5.3 އިންސައްތައާ ދެމެދުގެ މިންވަރަކަށެވެ.

ކްރެޑިޓް ކާޑުން ފައިސާ ނެގޭ އަދަދު 1500 އަށް ބޮޑުކުރަން ރައީސް މުޢިއްޒު ނިންމަވައިފި

ރާއްޖޭގެ ޓޫރިޒަމް ޑުބާއީގައި އިޝްތިހާރުކުރަނީ

ޓްރަމްޕުގެ “ޖައްވީ ގަނޑުވަރުގެ އެތެރޭގެ ފޮޓޯތައް” މިހިރީ!

Continue Reading

Previous: ރޮނާލްޑޯ އާއި އެލޮން މަސްކު ސިއްރިޔާތުގައި އިސްލާމް ދީން ދަސްކުރަނީ
Next: ކުދި ވިޔަފާރިތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ނަތީޖާ ނެރޭވޭނެ ފިޔަވަޅުތަކެއް

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.