Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ބޮޑު ޗުއްޓި ފެށިއްޖެ
  • ޚަބަރު

ބޮޑު ޗުއްޓި ފެށިއްޖެ

admin December 25, 2025
IMG_8873

2025 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީ ފެށިއްޖެއެވެ.

މި އަހަރުގެ ދިރާސީ ކިޔެވުން ފެށީ، މިއަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. މި ދިރާސީ އަހަރު ސަރުކާރުގެ 217 ސްކޫލެއްގައި 84000 އެއްހާ ދަރުވަރުން ކިޔެވިއެވެ. އަދި މިހާރު މި ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުން މިވަނީ ޗުއްޓީއަށް ގޮސްފައެވެ. ބައެއް ސްކޫލުތަކުގައި ދަރިވަރުންނަށް ރިޕޯޓް ފޯމް ދިނުމަށްޓަކައި އެކަން ކުލަގަދަކޮށް ފާހަގަކޮށްފައިވެއެވެ. މީގެ 4 އަހަރު ކުރިން ދިރާސީ އަހަރުގެ ކިޔެވުން ފެށީ، އަހަރުގެ މެދުތެރޭގައެވެ. އެއާއެކު ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބުނީ، ޖޫން ޖުލައިގެ ގަދަ ދުވަސްވަރުގައެވެ. 

މިފަދަ އެތައް މައްސަލަތަކާ ގުޅިގެން އަދި ގިނަ އަދަދެއްގެ ބެލެނިވެރިންގެ އެދުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ، ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ މަހު ފަށާ ޑިސެމްބަރު މަހަށް ބޮޑު ޗުއްޓީ ލިބޭ ގޮތަށް ހަމަޖައްސައިދެއްވުމަށެވެ. އެއާއެކު މިއަހަރަކީ، 4 އަހަރަށްފަހު ދަރިވަރުންނަށް ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބޭ ފުރަތަމަ ފަހަރެވެ. ދަރިވަރުންނަށް މި ލިބުނު ޗުއްޓީގައި ކުރިއަށް އޮތް އަހަރަށް ތައްޔާރުވުމަށް ގަދަ އަޅާ މަސައްކަތް ކުރުން މުހިއްމެވެ. އަދި ދަރިވަރުންގެ ގްރޭޑްތައް ބަދަލުވުމާއި، ޘާނަވީ އަދި މަތީ ޘާނަވީ ދަރިވަރުންގެ އިމްތިހާނުތަކަށް މި ޗުއްޓީގައި ތައްޔާރުވުން މުހިއްމެވެ. މީގެއިތުރުން ކުޅިވަރާއި މަޖަލުގައި އުޅުމުގެ އިތުރަށް ފިލާވަޅުތައް މުޠާލިއާކޮށް ޢިލްމީ އަޚްލާޤީ މޮޅު ދަރިވަރަކަށް ވުމަށް ގަދައަޅާ މަސައްކަތް ކުރަންވެސް ވާނެއެވެ. 

އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން އަންނަ ދިރާސީ އަހަރު ފެށޭނީ، ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ފުރަތަމަ ޓާމުގެ މިޑް ބްރޭކް މެއި މަހުގެ 24 އިން 30 އަށް ލިބޭއިރު، ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ، ޖުލައި މަހުގެ 17 އިން އޯގަސްޓް މަހުގެ ފުރަތަމަ ދުވަހާއި ހަމައަށެވެ.

އައިންތު މިސްގެ ޢާއިލާއަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މާލޭގެ ފެންބޮޑުވާ ހުރިހާ ސަރަޙައްދެއްގައި ސިފައިން ނުކުމެ ޕަމްޕުތައް ބަހައްޓައިފި

ވެމްކޯ މުވައްޒަފު ވެއްޓުން: ކަންކަން ސިއްރުކުރަން ވެމްކޯއިން އުޅުނު ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް -...

Continue Reading

Previous: ހުޅުމާލޭ ފޭސް 3 ހިއްކަނީ ކުނި އަޅައިގެނެއް ނޫން
Next: ފަހަތުން އަރައި ރާއްޖެ ބަލިކޮށް ކިރްގިސްތާން ތަށި ހޯދައިފި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.