ފަލަސްޠީނުގެ ރައްޔިތުން މިއަދު ރޯދަޔަށް ތިއްބާ ބޮޑު ފަތިހާ ޓޭންކަރުތަކުގައި ނުކުމެއް ޔަހޫދީ ޝައިޠާނުން ޚާން ޔޫނިސްގެ ރައްޔިތުންނަށް ބިރުދައްކައި ތަންތަނަށް ބަޑިޖަހައި، 14 އަހަރުގެ ކުއްޖެއްގެ ގަޔަށް ބަޑިޖެހިޖެހީނުން އެކުއްޖާ ފުރޭންޏަކަށް ހަދާލައިފިއެވެ.
އިންސާނުންގެ ތެރޭގައި ޝައިޠާނުން އުޅޭކަމަށް ސޫރަތުލް ކާފިރޫން ގައި ލިޔެ ބަޔާން ކޮށްފައި ވެއެވެ. ޔަހޫދީ ޒައެނިސްޓުންނަކީ އެފަދަ ބައެކެވެ.
ޝެރޯންގެ ކުދި ޝައިޠާނުންތައް ރޯދަ މަހުގެ ފުރަތަމަ ދުވަހު ވެސް ފަލަސްތީނުގެ ކުއްޖަކު ޝަހީދު ކޮށްލި އިރު، އިރުމަތީ ޚާން ޔޫނިސްގައި މިއަދު ހެނދުނުން ފެށިގެން މީހުންނަށް ބިރުދައްކައި ބައެއް ތަންތަނަށް ބަޑި ޖަހާފައި ވެއެވެ.
މީގެ އިތުރުން ޔަހޫދީ ސިފައިން ވަނީ ޣައްޒާގެ ދެކުނުގެ ރަފާހުގެ އުތުރުގެ ސަރަޙައްދުތަކުގައި ވެސް ޙަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނެތެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 10 އިން ފެށިގެން ޣައްޒާގައި ހަނގުރާމަ ހުއްޓާލި ނަމަވެސް އިސްރާއީލުން ވަނީ އެ އެއްބަސްވުމާއި އެތައް ފަހަރަކު ޚިލާފު ވެފައެވެ.
ހަނގުރާމަ ހުއްޓައިލިކަން އިޢުލާން ކުރިފަހުން ވެސް އިސްރާއީލުން ވަނީ ފަލަސްތީނުގެ 603 މީހުން ޝަހީދުކޮށް 1،618 މީހުން ޒަހަމް ކޮށްލާފައި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
