Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ޕްލައިވުޑް ޝިޕްމެންޓަކުން 13.6 މިލިއަން ސިނގިރޭޓް ފެނިއްޖެ
  • ޚަބަރު

ޕްލައިވުޑް ޝިޕްމެންޓަކުން 13.6 މިލިއަން ސިނގިރޭޓް ފެނިއްޖެ

admin April 30, 2025
IMG_5199

ސިއްރުން ރާއްޖެ އެތެރެކުރަން އުޅުނު 13.6 މިލިއަން ސިނގިރޭޓު ކަސްމަޓްސްއިން ރޭ އަތުލައިގެންފިއެވެ.

މި ސިނގިރޭޓުތައް ކަސްޓަމަސްއިން އަތުލައިގަތީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޕްލައިވުޑް ޝިޕްމަންޓެއްގައި ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް ރިޕޯޓެއް ކަސްޓަމްސްއަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ސީކާގޯ ޓާމިނަލުންނެވެ.

ވަގަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ސިނގިރޭޓު ކޭހެއް —- ފޮޓޯ/ ކަސްޓަމްސް 

ކަސްޓަމްސްއިން ބުނީ، އެ ޝިޕަމަންޓު ބަލާފާސްކުރުމުގެ ތެރޭގައި 40 ފޫޓުގެ ދެ ކޮންޓެއިނާ ތެރެއިން 1،360 ކޭސް (13.6 މިލިއަން ސިނގިރޭޓް ސްޓިކް) ފެނުނު ކަމަށެވެ.

އެގޮތުން، ޝިޕްމަންޓުގައި ހިމެނޭ ބްރޭންޑުތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، އަތުލައިގަނެވުނު ސިނގިރޭޓުތަކުގެ ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް ކަސްޓަމްސްއިން ވަނީ ލަފާކޮށްފައެވެ.

ވަގަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ސިނގިރޭޓު ޝިޕްމަންޓު —- ފޮޓޯ/ ކަސްޓަމްސް

ކަސްޓަމްސްއިން ބުނީ، އަތުލައިގަތް ތަކެއްޗަކީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން އެ ބާވަތްތައް ޕެކެޓުކޮށް ބަންދުކުރުމާ ލޭބަލްޖެހުމުގެ ހުއްދަ ދޫކުރުމާ ޚިލާފަށް އެތެރެކުރި ތަކެތި ކަމަށެވެ.

މި މައްސަލަ ކަސްޓަމްސްއިން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 31ގައި ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއެކު، ސިނގިރޭޓުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުރިން 110އަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250އަށް އަރައިފައެވެ.

ސިނގިރޭޓުން އިތުރަށް ނަގާ ޑިއުޓީން ލިބޭ އާމްދަނީން ބައެއް ޚަރަދު ކުރުމަށް ސަރުކާރުން ނިންމާފައިވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމަށެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވާން ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން މި ސަރުކާރުން ފުޅާކުރި ސެޒޭޝަންގެ ފަރުވާ ހިމެނެއެވެ.

ޗާގޯސް ލިބުން އެންމެ ހައްގު ބޮޑީ ރާއްޖެއަށް ކަމަށް ރައީސް އަނެއްކާވެސް ވިދާޅުވެއްޖެ

ބަނގްލަދޭޝްގެ ސަރުކާރުން ހަސީނާގެ ޕާޓީ "ކަފުންކޮށްފި"

އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް އެމެރިކާއަށް އަންގައިފި

Continue Reading

Previous: ވޭޕް އަތުލުމުގެ ބާރު ޕޮލިހަށް ދީފި
Next: ދިވެހި ރައީސަކު ފުރަތަމަ ފަހަރަށް

Related Stories

26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
9E983EBC-9DA9-49DF-9821-2BB64A9A15A9
  • ޚަބަރު

ވެމްކޯ މުވައްޒަފު ވެއްޓުން: ކަންކަން ސިއްރުކުރަން ވެމްކޯއިން އުޅުނު ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް – ވެމްކޯ

admin February 24, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.