Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • 25 އަހަރަށް ޖަލަށްލާންޖެހޭ މައްސަލައެއްގައި ފޮޓޯ ޢާންމުކޮށްފި
  • ޚަބަރު

25 އަހަރަށް ޖަލަށްލާންޖެހޭ މައްސަލައެއްގައި ފޮޓޯ ޢާންމުކޮށްފި

admin April 20, 2025
IMG_4965

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 3 މީހެއްގެ ވަނަވަރު އާއްމުކޮށްފިއެވެ.
ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން އެޕްރީލް މަހުގެ 17 ވަނަ ދުވަހު މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހ. ހަންޏާމީދޫގެ،  އުމުރުން 20 އަހރުގެ ޝައިހާން އިސްމާއީލް ސައުރު އާއި ހ. ކަހަފަތި، އުމުރުން 43 އަހަރުގެ މުޙައްމަދު އަޙްމަދު ހައްޔަރުކޮށްފައިވާ ކަމަށާއި، އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް، ހެންވޭރު ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 749.36 ގުރާމު ކަމަށްވެސް ބުނެފައިބވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށްވެސް ބުނެއެވެ.
ފުލުހުން މައުލޫމާތު ހާމަކޮސްފައި އަނެއް ފަރާތަކީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މި މަހުގެ 16 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ސ. ހިތަދޫ / ޑިވައިންޓެސްޓް، އުމުރުން 41 އަހަރުގެ ބަދީޢުއްޒަމާން އެވެ.
ފުލުހުން ބުނެފައިވަނީ ބަދީއު ހައްޔަރުކޮށްފައިވަނީ މާލެއިން ކ. ހިންމަފުއްޓަށް މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ބޮޑުތަކުރުފާނު މަގު އެމްއެމްއޭ ކައިރިން ކަމަށާއި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަަށާއި އަދި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 52.32 ގްރާމް ހުރި ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން ބަދީއުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މި 2 މައްސަލަވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ލުބުނާނަށް ބޮން އަޅަން އެމެރިކާއިން ރާވަނީ

އެމެރިކާގެ ލަޝްކަރެއް އީރާނާއި ދިމާލަށް އެބަ ދޭ

އެސްޓީއޯގެ ބަންކަރިން ޚިދުމަތުން 7.4 މިލިއަން ޑޮލަރުގެ އާމްދަނީ ލިބިއްޖެ

Continue Reading

Previous: ސީއެސްސީއަށް ކުރީގެ އެމްޕީ މުޖްތާޒް
Next: ސިއްރުން އެތެރެކުރަނިކޮށް އަތުލައިގަތީ 130,155 ސިނގިރޭޓު

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.