އެމެރިކާގެ އަސްކަރިއްޔާ ވަރަށް ވަރުގަދަ، ބިޔަ ފައުޖެއް އީރާނާއި ދިމާލަށް ދަތުރުކުރަމުން ދާ ކަމަށް ރައީސް ޓްރަމްޕް ބުނެފިއެވެ. މި ލަޝްކަރު ދަތުރުކުރަމުން ދަނީ އެމެރިކާގެ އެންމެ ބޮޑު އެއް އެއާކްރާފްޓް ކެރިއަރ ކަމަށްވާ އަބްރަހަމް ލިންކަން އާއި އިތުރި ހަނގުރާމަމަތީ އުޅަނދުތަކާއި އެކުގައެވެ.
މި އުޅަނދުގައި އީރާނުން ފޮނުވާލާނެ ހަމަލާތަކުން ދިފާއު ވާނެ އެންމެ އެޑްވާންސް އާލާތްތަކާއި، ނިއުކްލިއާ ގާބިލްކަން ލިބިފައިވާ މިސައިލް ތަކާއި، ގިނަ އަދަދެއްގެ ޖެޓާއި ބޮމާއި ދުރުރާސްތާ މިސައިލްވެސް ހިމެނެއެވެ.
މި ބިޔަ ލަޝްކަރު އީރާނާއި ދިމާލަށް ދަނީ ތެހެރާން ސަރުކާރަށް ބިރުދެއްކުމަށް ކަމެއް ނުވަތަ ހަމަލާ ދޭން ކަމެއް ސާފެއް ނުވެއެވެ.
