Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ފުޓްސަލްގައި އެންމެ މޮޅީ ދިވެހިން، އެކަމަކު ލަނޑު ޖެހުމުގެ ރޭޓް ދަށް ވާން ފަށައިފި
  • ކުޅިވަރު
  • ޚަބަރު

ފުޓްސަލްގައި އެންމެ މޮޅީ ދިވެހިން، އެކަމަކު ލަނޑު ޖެހުމުގެ ރޭޓް ދަށް ވާން ފަށައިފި

admin January 20, 2026
Screenshot-2026-01-20-165223

ތައިލެންޑުގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިހާތަނަށް އެންމެ މޮޅު ޓީމަކީ ދިވެހިރާއްޖޭގެ ޓީމު ކަމުގައި ގިނަބަޔަކު ދެކެއެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ރާއްޖެއިން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވަނީ އެއޮށް ބޮޑު އިންޑިއާ ބަލިކޮށްފިއެވެ.

މި މެޗުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ޖަހައިދިނީ މުހައްމަދު އިމްރާން (އިންމި) އެވެ. މި ލަނޑަކީ އަބްދުﷲ ޝާފިއު (ޝާއްޕެ) ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފު ނިމުނުއިރު ރާއްޖެ އޮތީ މި ލަނޑާއެކު ކުރީގައެވެ.ދެވަނަ ހާފު ފެށިގެން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ރާއްޖޭން ވަނީ އިތުރު ދެ ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް މުޅިން ހޯދާފައެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ ޝާއްޕެ އާއި އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ. އަދި އޭގެ ފަހުން އިންމި ވަނީ އޭނާގެ ދެވަނަ ލަނޑާއެކު ރާއްޖޭގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. ރާއްޖޭގެ ފަހު ލަނޑު ޖެހީ އަހުމަދު ހަމީދު (އައްމަޑޭ) އެވެ.

ފުޓްސަލް ޓީމަށް ލަނޑުތައް ޖަހައިދިން ޝާއްޕެ އާއި އައްމަޑޭ އަކީ ހދ. ނައިވާދޫ އަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ. އަދި މި ޓީމުގެ ގޯލަށްކުޅޭ ނާޖިހް އަކީ ވެސް އެރަށަށަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.މި މުބާރާތުގައި ރާއްޖޭން މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފައެވެ.

ނަމަވެސް މެޗަކަށް ފަހު މެޗެއްގައި ސްކޯ ޝީޓު ދައްކާ ގޮތުން ރާއްޖޭގެ ގޯލް ޖެހުމުގެ އަދަދު ދަނީ ދަށަށެވެ. ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވިއިރު، ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވީ 6-1 ގެ ނަތީޖާއަކުންނެވެ. ތިންވަނަ މެޗުގައި ޖެހި 5 ގޯލެވެ.

މުބާރާތުގެ ތާވަލުގެ އެއްވަނައިގައި ރާއްޖެ އޮތްއިރު، ކުރިއަށް ހުރި މެޗުތަކުގައި ރާއްޖެ ބައްދަލުކުރާނީ ނޭޕާލް، ބޫޓާން އަދި ސްރީލަންކާއާއެވެ. މިހާތަނަށް ދެއްކި މޮޅު ކުޅުމާއެކު ރާއްޖެއަކީ މުބާރާތުގެ ތަށި ހޯދުމުގެ އެންމެ ފޭވަރިޓް ޓީމެވެ.

ކީރިތި ޤުރުއާން ތަފްސީރު ކުރުމަށް އޭއައި ބޭނުން ނުކުރުމަށް އަންގައިފި

ކުއްލި ޚަބަރު: މާދަމާއިން ފެށިގެން ޣައްޒާއަށް އެތެރެވާ ކޮންމެ ބޮލަކަށް 3 މީހުން ބޭރުކުރަނީ

އީރާނަށް ޙަމަލާ ދޭން ނުވިސްނައްޗޭ! ތުރްކިޔޭ މިއޮތީ އީރާނާއެކު - އެރްދޮޣާން

Continue Reading

Previous: އެމްއައިޓީޑީސީ އުވާލުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
Next: ޝަހީދުންގެ ޒިކުރާ އާކުރައްވަަނީ ޝުކުރުވެރި ކަމާއި އެކު: ރައީސް

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.