Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އެމްޑީޕީން ހުކުރުމިސްކިތަަށް ފަރުވާކުޑަކޮށްފި: އާދަމް ނަސީރު
  • ޚަބަރު

އެމްޑީޕީން ހުކުރުމިސްކިތަަށް ފަރުވާކުޑަކޮށްފި: އާދަމް ނަސީރު

admin April 16, 2025
IMG_4882

ކުރީ ސަރުކާރުގެ އިހުމާލުގެ ސަބަބުން ހުކުރު މިސްކިތުގެ އަސްލަށް ގެއްލުންވެފައިވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުކުރު މިސްކިތުގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ވަނީ މާލޭގެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައި ގިނަ ދުވަހަށް ރައްކާތެރިކުރުމުގެ މަސައްކަތް ކުރަމުން އައިސް މި ސަރުކާރުގައި އެ މަސައްކަތް ހުއްޓިފައިވާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި މިސްކިތުގެ އަސްލަށް ބަދަލު އަންނަ ގޮތަށް ތަނބުތައް ޖަހާފައިވާ ކަމަށާއި މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން މެންބަރު ސުވާލުކުރެއްވިއެވެ. 

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ހުކުރު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ހުއްޓާލީ މި ސަރުކާރުން ނޫން ކަމަށެވެ. އެގޮތުން، 2023ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ހަ މަސް ދުވަހު ކުރިން އެ މަސައްކަތް ހުއްޓިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ ތަނބުތަކެއް ޖެހުމުގެ މަސައްކަތްވެސް ކޮށްފައިވަނީ ކުރީ ސަރުކާރުގައި ކަމަށާއި، އެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާގޮތުގެ ސަބަބުން މިސްކިތުގެ އަސްލަށް ގެއްލުން ވެފައިވާ ކަމަށެވެ. އެގޮތުން، ބައެއް މަތިވަޑާމުގައި ހުރި ލިޔުންތައް، ކެމިކަލްތަކުގެ ސަބަބުން ފޮހެވި، ހަލާކުވެފައިވާކަމަށްވެސް ތަރިކައާބެހޭ ވަޒީރު ވިދާޅުވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމްއާ ސުވާލުކުރެއްވުން pic.twitter.com/fCqUKACWxy

— People's Majlis (@mvpeoplesmajlis) April 16, 2025

ފޮޓޯތަކަށް ބަލާލީމަ އަޅުގަނޑުމެންނަށް ފެނޭ ބެރިތައް ވަރަށް ބޮޑަށް ހަލާކުވެފައިވާތަން. ހަމައެހެންމެ ބޭނުންކޮށްފައިވާ މެޓީރިއަލްގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ވެފައި ހުރިތަން. އާދެ، ބައެއް މަތިވަޑާންގަނޑުގެ ލިޔުންތައް މުޅިންހެން ކެމިކަލްގެ ސަބަބުން ފޮހެވި، ހަލާކުވެފައިވާތަން. އެހެންވީމަ، މިސްކިތުގެ އަސްލަށް ވަނީ ގެއްލުން ލިބިފައި. އެ ގެއްލުންވެފައިވަނީ މަސައްކަތް ކުރެވިފައިވާގޮތުން އިހުމާލުވެފައިވާތީ،” ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ ތަރިކައިގެ ދާއިރާ ތަރައްގީ ކުރުމުގެ މުހިންމު މަޝްރޫއެއް މި ސަރުކާރުގައި އެބައޮތް ކަމަށެވެ. އަދި އެ ޕްލޭނާ އެއްގޮތަށް ރާއްޖޭގައި ހުރި ތަރިކައާ ގުޅުންހުރި މުހިންމު ތަންތަން ހިމާޔަތްކޮށް، ދެމެހެއްޓެނިވިގޮތެއްގައި އާމްދަނީ ލިބޭނެގޮތަށް މަސައްކަތްތައް ކުރައްވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ދުވަސްވުމުގެ ސަބަބުން ހުކުރު މިސްކިތުގެ ސްޓްރަކްޗަރއަށް ގެއްލުމެއް ވެދާނެތީ، ވަގުތީ ތަނބުތަކެއް ޖަހާފައިވަނީ މިސްކިތުގެ އާބާތުރަ ފިލުވުމަށް 2023ވަނަ އަހަރުގެ ކުރީކޮޅު ފެށި މަޝްރޫޢުގެތެރެއިންނެވެ. ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ އިންޑިއާ ސަރުކާރުގެ އެހީގައެވެ.

މާލޭ ހުކުރު މިސްކިތަކީ ލަކުޑީގެ މޮޅު ވަޑާމާއި، ލިޔެލާޖެހުމާއި، ހިރިގަލުގެ ރީތި ކުރެހުންތަކުން ޒީނަތްތެރިކުރެވިފައިވާ ތާރީޚީ އަދި ޘަޤާފީގޮތުން ރާއްޖޭގައި ހުރި އެންމެ މުހިއްމު އެއް މިސްކިތެވެ. މާލޭ ހުކުރު މިސްކިތް ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ލިސްޓުގެ ވަގުތީ ލިސްޓުގައި ހިމަނާފައިވަނީ 12 ފެބްރުއަރީ 2008 ގައެވެ.

ދެއިންތިޚާބު އެއްކޮށްލުމުގައި އަންނި އާއި ޝާހިދުގެ ވިސްނުން ތަފާތު

ވޭޕް އަތުލުމުގެ ބާރު ޕޮލިހަށް ދީފި

ކުޑަކުއްޖާ އަށް ދިން ސިޔާސީ ޙަމަލާ ޢާއިލާގެ ކޮޅަށް ނިންމައިފި

Continue Reading

Previous: ރިއަލް މެޑްރިޑްގެ ކޯޗު ކަރުތާފެނުގައި
Next: އިސްރާއީލާއި ދެކޮޅަށް ޖިހާދު ވާޖިބުވެއްޖެ ކަމަށް ފަތުވާދެއްވި ޢިލްމުވެރިންގެ ޖަމްޢިއްޔާ އަކީ ކޮބައިތޯއެވެ؟

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.