Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ކުޑަކުއްޖާ އަށް ދިން ސިޔާސީ ޙަމަލާ ޢާއިލާގެ ކޮޅަށް ނިންމައިފި
  • ޚަބަރު

ކުޑަކުއްޖާ އަށް ދިން ސިޔާސީ ޙަމަލާ ޢާއިލާގެ ކޮޅަށް ނިންމައިފި

admin November 16, 2025
IMG_8297

ސިޔާސީ އަނިޔާ ލިބުނު ސާޖިދާގެ ޢާއިލާ ރެޕްރެޒެންޓް ކުރެއްވި ވަކީލާ އާޒިމާ ޝުކޫރު


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުގެ ކަރާމާތަށް އެމްޑީޕީގެ އިސް އެކްޓްވިސްޓުން ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) އާއި، އަހްމަދު ސަލީމް (މާޒް ސަލީމް) އަރައިގަތް ކަމަށް ފެމިލީ ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ފެމިލީ ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އުމައިރަށް ގާނޫނުއަސާސީންނާއި، ރާއްޖެ ބައިވެރިވެފައިވާ ކުޑަކުދިންގެ ރައްކާތެރިކަމުގެ ބައިނަލްއަގްވާމީ މުއާހަދާއިން، ކުޑަކުއްޖެއްގެ ހައިސިއްޔަތުން ލިބިދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނަގާލާފައިވާ ކަމަށް ނިންމާފައެވެ. އަދި މި މައްސަލައިގައި މަންދީ އާއި މާޒް ސަލީމް ދެއްކި ވާހަކަތަކަށާއި އެ ވާހަކަތަކުގެ ނަތީޖާއަށް، އެއްވުން ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒް އިސްމާއީލް ޒިންމާ ނަންގަވަން ޖެހޭނެ ކަމަށްވެސް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މަންދީ އާއި ސަލީމް ދެއްކި ވާހަކަތައް މަނާކުރުމުގެ ބަދަލުގައި އެ ވާހަކަތަކަށް ފައްޔާޒު ހިތްވަރުދީފައިވާކަން ކޯޓުގައި ސާބިތުވާ ކަމަށް ހުކުމްގައި ފާހަގަކޮށްފައިވެއެވެ. މި ހުކުމުން ރައީސްގެ އަނބިކަނބަލުން ސާޖިދާއަށް، މަންދީ އާއި، އެމްޑީޕީ އާއި، ފައްޔާޒުގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ލިބިވަޑައިގަންނަވާ ކަމަށް ވެސް ފެމިލީ ކޯޓުން ވަނީ ނިންމާފައެވެ.
މިކަމާ ބެހޭގޮތުން ރައީސްގެ އާއިލާގެ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، މިއީ ސިޔާސީ ހަނގާކުރުމާއި ހަމަލާތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް ކުރި ދައުވާއެއް ކަމަށާއި، އެހެންކަމުން ބަދަލު ހޯދުމަށް ހުށަނާޅުއްވާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ސާޖިދާ ސިވިލް ކޯޓުގައި ވެސް ދައުވާކުރި އިރު، މަންދީގެ ވާހަކަތަކުގެ ސަބަބުން ރައީސްގެ ދަރިކަލުންގެ އަބުރު ގެއްލުނުކަން ސާބިތުވާކަމަށް، ޖުލައި 20 ވަނަ ދުވަހު ސިވިލް ކޯޓުން ވެސް ވަނީ ހުކުމްކޮށްފައެވެ.

ދުންފަތް މަނާކުރަންވީ 2000 ގެ ޖީލަށް: ރައްޔިތުން

ކިނޮޅަސް ކައިރިން މަރުވެފައި އޮއްވާ ފެނުނު މީހާގެ ޖިންސު ވެސް ވަކި ނުވޭ

ހީކުރި ވަރަށް ވުރެ ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެއްޖެ

Continue Reading

Previous: ތަރިކަ ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖީލެއް ބިނާކުރަން މެޑްމަ ސާޖިދާ ގޮވާލައްވައިފި
Next: ފައްޔާޒަށް ޖިނާއީ ޙުކުމެއް އިއްވުމުގެ ފުރުޞަތު!

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.