Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ވޭޕް އަތުލުމުގެ ބާރު ޕޮލިހަށް ދީފި
  • ޚަބަރު

ވޭޕް އަތުލުމުގެ ބާރު ޕޮލިހަށް ދީފި

admin April 30, 2025

އީ-ސިނގިރޭޓާއި ވޭޕް ބޭނުންނުކުރި ނަމަވެސް އެ ތަކެތި ގެންގުޅޭ ނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިއަދު ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފިއެވެ.

ވޭޕާއި އީ-ސިނގިރޭޓު ބޭނުންކުރުން މިދިޔަ ޑިސެންބަރު 15 އިން ފެށިގެން ރާއްޖޭގައި ވަނީ އެއްކޮށް މަނާކޮށްފައެވެ.

ދުންފަތާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ތަކެތީގެ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފައިވާއިރު، ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ ޖީލުގެ މީހުންނަށް ސިނގިރޭޓު މަނާކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. އެކަން ތަންފީޒުކުރަން ގާނޫނަށް އިސްލާހު ގެންނަން ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

އެ އިސްލާހުގައިވަނީ ވޭޕާއި އީ-ސިނގިރޭޓު ބޭނުންނުކުރި ނަމަވެސް ގެންގުޅެނިކޮށް ފެނުނަސް އަތުލެވޭ ގޮތަށް ވެސް ބަދަލުކޮށްފައެވެ. އެ ގޮތުން، އާންމު ތަނެއްގައި އެ ފަދަ އާލާތެއް ގެންގުޅެނިކޮށް ފުލުހުންގެ އޮފިސަރަކަށް ފެނިއްޖެ ނަމަ އެ އެއްޗެއް އަތުލުމުގެ ބާރު އޮންނާނެއެވެ. އެކަމަކު، އެފަދައިން އަމަލުކުރަންވާނީ:

  • އެ އަމަލު ހުއްޓުވުމުގެ ބާރު ލިބިގެންވާކަން ހާމަކުރުމާ އެކު ގާނޫނާ ހިލާފަށް ކުރި ކަންތައް ބަޔާންކުރުން
  • އީ-ސިނގިރޭޓެއް ނުވަތަ ވޭޕެއްކަން ކަށަވަރުކުރަން ފުލުސް އޮފިސަރާ ހަވާލުކުރަން އެންގުން
  • ބުނުމުން ހަވާލުނުކޮށްފި ނަމަ އެކަށިގެންވާ މިންވަރަށް ބާރުގެ ބޭނުންކޮށްގެން ވެސް އަތުލެވޭނެ
  • ވޭޕެއް ނުވަތަ އީ-ސިނގިރޭޓެއްކަން ޔަގީންކުރެވުމުން އެއީ ގާނޫނާ ޚިލާފު އަމަލެއް ކަމާއި އެ އާލާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިދާނެ ކަމާއި ޖޫރިމަނާ ކުރެވިދާނެކަން އެންގުން
  • ގާނޫނުގައި ވާގޮތަށް ޖޫރިމަނާކޮށް، ލިޔުން ހަވާލުކުރުން
  • ބޭނުންކުރި ނުވަތަ ގެންގުޅުނު އާލާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީކަން އަންގައި، އެކަމުގެ ލިޔުން ހަވާލުކުރުން

މި ގޮތަށް ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ގިނަވެގެން 45 ދުވަހުގެ ތެރޭގައި ނައްތާލަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

މިހާރު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު އޮންނަ ގޮތުން މީހަކަށް ހިލޭ ވޭޕެއް ދިނަސް 10،000 ރުފިޔާގެ އަދަދުން ޖޫރިމަނާ ކުރެވެއެވެ. ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5،000 އިން ޖޫރިމަނާ ކުރެވެއެވެ. އަދި، ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރާއިރު ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމާނާއެއް އަންނާނެއެވެ.

ގާނޫނު ކުރިން އޮންނަ ގޮތުން ވޭޕާއި އީ-ސިނގިރޭޓު އަތުލެވޭނީ ނުވަތަ ޖޫރިމަނާކުރެވޭނީ ބޭނުންކުރަނިކޮށް ފެނިއްޖެ ނަމައެވެ.

ރާއްޖޭގައި ވޭޕް މަނާކުރުމާ އެކު އެ ކަމަށް ބޭނުންކުރާ އާލަތްތައް ރާއްޖެ އެތެރެކުރުމާއި ވިޔަފާރިކުރުމާއި ހިލޭ ބެހުމާއި އަދި ބޭނުންކުރުމަކީ ވެސް މިހާރު ވެސް މަނާ ކަންކަމެވެ.

ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގް މިއަދު ގާނޫނަށް އިސްލާހެއް ހުށަހެޅުއްވީ ޖަނަވަރީ އެކެއް، 2007 އިން ފެށިގެން އުފަންވާ ޖީލަށް ސިނގިރޭޓު މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުން ތަންފީޒުކުރުމުގެ ގޮތުންނެވެ. މި އިސްލާހު ފާސްވުމާ އެކު ނޮވެންބަރު އެއްވަނަ ދުވަހުން ފެށިގެން އެ ޖީލަށް ސިނގިރޭޓު މަނާވާނެއެވެ.

ގަރލްގައިޑް - ޒިންމާދާރުވުމާއި ކުލުނުވެރިކަމުގެ މަދަރުސާއެއް: މެޑަމް ސާޖިދާ

ޣައްޒާ މަންމައެއްގެ ރުއިމާއި އާދޭސް! 

294937 މީހުންނާއެކު، ވޯޓުލުން ހައްގުވާ މީހުންގެ ލިސްޓު އާންމުކޮށްފި

Continue Reading

Previous: Previous Post
Next: ޕްލައިވުޑް ޝިޕްމެންޓަކުން 13.6 މިލިއަން ސިނގިރޭޓް ފެނިއްޖެ

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.