Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ރިއަލް މެޑްރިޑްގެ ކޯޗު ކަރުތާފެނުގައި
  • ބޭރު ކުޅިވަރު

ރިއަލް މެޑްރިޑްގެ ކޯޗު ކަރުތާފެނުގައި

admin April 16, 2025
IMG_4876

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ދޭތިން އެކައްޗަށް ކުޅެން ޖެހިފައިވާއިރު ރިއަލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ހުރީ ކަރުތާފެނުގައެވެ. އަންޗެލޮޓީ މިރޭ ދެވަނަ ލެގުގައި ނުކުންނައިރު އާސެނަލްގެ ދަނޑުގައި ހުސްވި ހަފުތާގައި ކުޅުނު މެޗުން 3-0 ގެ ނަތީޖާއިން ފުރަތަމަ ލެގުގައި ވަނީ ބަލިވެފައެވެ.

އެންޗެލޮޓީ އާއި ބެހޭގޮތުން މީޑިއާގައި ދެކެވޭ ވާހަކަތަކުން އެނެގޞި މިރޭ ބަލިވެއްޖެނަމަ މިފަހަރު އޭނާ ރިއަލް މެޑްރިޑްގެ ކޯޗުކަމުން ބޭރުކޮށްލާނެ ކަމަށެވެ. ނަމަވެސް އެންޗެލޮޓީ ބުނަނީ ނުކުރާނެ ކަމަށެވެ.

“އަހަރެން ދެކޭ ގޮތުގައި މި މެޗަކީ އަހަރެންގެ ފަހު މެޗަށް ވާންޖެހޭ ސަބަބެއްނެތް. އަދި އަހަރެން ނުދެކެން އާސެނަލް މެޗުގެ ސަބަބުން އަހަރެންގެ ކުރިމަގަށް ހުރަސް އެޅިދާނެ ކަމަށް،” އަންޗެލޮޓީ ބުނެފައިވެއެވެ.

އަންޗެލޮޓީއަކީ ޗެމްޕިއަންސް ލީގު އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ކޯޗެވެ. އޭނާ ވަނީ ރިއަލް މެޑްރިޑާއެކު ތިން ފަހަރު އަދި އޭސީ މިލާނާއެކު ދެ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. އަންޗެލޮޓީ ބުނެފައިވަނީ އާސެނަލްއާ ދެކޮޅަށް ނާޒުކު ފައްތަރެއްގައި އޮވެ ކުޅޭ މެޗާމެދު އޭނާ ވިސްނަނީ ވަރަށް ޕޮޒިޓިވްކޮށް ކަމަށެވެ.

“މިއީ އަހަރެން ބޮޑު މެޗަކަށް ނުކުންނަ ފުރަތަމަ ފަހަރެއް ނޫން. އަދި އަހަރެން އުއްމީދު ކުރާ ގޮތުގައި އަހަރެން ބޮޑު މެޗަކަށް ނުކުންނަ ފަހު ފަހަރަށް ވެސް ނުވާނެ. އަހަރެން މިހުރީ އިސް އުފުލައިގެން. އަހަރެންގެ ހިތްވަރު ހުންނާނެ،” އަންޗެލޮޓީ ބުނެފައިވެއެވެ.

ނަމަވެސް، ސްޕޭނުގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވިއްޖެނަމަ މި ސީޒަނަށް ފަހު ރެއާލްގެ ކޯޗުކަމުން އަންޗެލޮޓީ ވަކިކަކިކުރާނެ ކަމަށެވެ. އެހެންނަމަވެސް، އަންޗެލޮޓީ އުއްމީދު ކުރަނީ އޭނާއާއެކު ރެއާލްއިން ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އޮތް އެއް އަހަރު ކޯޗުކޮށްދޭން އޭނާއަށް ލިބޭނެ ކަމަށެވެ.

މިމަހުގެ 8 ވަނަ ދުވަހު، އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އާސެނަލް އަތުން 3-0 އިން ބަލިވިއިރު، ދެވަނަ ލެގު އޮތީ މިރޭ ސަންޓިއާގޯ ބާނަބޯ ސްޓޭޑިއަމްގައެވެ.

ކޮޕާ ޑެލްރޭގެ ކުއާޓަރ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި

މޮރީނިއޯ އަށް ވާން އުޅުނު އާބެލޯއާގެ ނިޔަމިކަމުގައި މެޑްރިޑް ލަދުވެތި ގޮތަކަށް ބަލި

ޗެލްސީގެ ކޯޗަކަށް ލިއަމް ރޮސީނިއާ

Continue Reading

Previous: މުރްސީ ވައްޓައިލި އަސްކަރީ ސީސީ
Next: އެމްޑީޕީން ހުކުރުމިސްކިތަަށް ފަރުވާކުޑަކޮށްފި: އާދަމް ނަސީރު

Related Stories

1CD68552-ED1C-4053-B0E0-B9EDAF092B0F
  • ބޭރު ކުޅިވަރު
  • ޚަބަރު

ހިލޭ އަންހެނެއްގެ ގައިގައި މާނޭ ބައްދާލީ ލޯބިވާ އަނބިކަނބަލުން އެދިގެން

admin February 3, 2026
4AA63DDB-2D0E-4034-BC00-7B55555DF950
  • ބޭރު ކުޅިވަރު
  • ކުޅިވަރު

ހީކުރި ގޮތާއި ޚިލާފަށް އެމެރިކާ ބަލިކޮށް މިފަހަރުގެ ތަށި ކަޒަކިސްތާނުގެ އެލީނާ އަށް

admin February 2, 2026
FC0F7476-372C-4B53-9027-165EBA1C6A46
  • ބޭރު ކުޅިވަރު

ގޯލު ނުޖަހާ އެކަކުވެސް ނެތް، އެންމެން ދައްކަނީ ރާއްޖެ ގަދަ ވާހަކަ

admin January 17, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.