Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • މުރްސީ ވައްޓައިލި އަސްކަރީ ސީސީ
  • ކޮލަމް

މުރްސީ ވައްޓައިލި އަސްކަރީ ސީސީ

Guest Author April 15, 2025
IMG_4872

މުރްސީ އަދި އަބްދުލްފައްތާހް އަލްސީސީ

(އަލީ)

ސިސީ އަކީ ޑރ.މުޙައްމަދު މުރުސީ ގެ ޑިމޮކްރެޓިކް ވެރިކަން ސިފައިންގެ ބަޣާވާތަކުން ވައްޓާލުމަށް ފަހު ވެރިކަމަށް އައިސްފައިވާ އަސްކަރީ ވެރިއެކެވެ.

ސީސީ ވެރިކަމަށް ގެނައީ އެމެރިކާ އާއި އިޒްރޭލު ބޭނުންވެގެން ކަން މިޞްރުގެ ރައްޔިތުންނަށް އެނގެއެވެ. އެއީ ޑރ.މުޙައްމަދު މުރުސީ ހުންނަވައިގެން ފަލަސްޠީނުގެ ބިންތައް އަތުނުލެވޭނެތީ ކުރުވިކަމެއްކަމަށްވެއެވެ، މުރުސީ ވެރިކަމަށް އައުމަށް ފަހު ވެސް މުޙައްމަދު މުރުސީ އަށް މިޞްރުގެ ރައްޔިތުން ގެ ތާއީދު ބޮޑުކަން އެނގުމުން ތާކުންތާކު ނުޖެހޭ ތަފާތު ބަހަނާތަކާއި ތުހުމަތުތައް ކުރުމަށް ފަހު މުރުސީ ޖަލަށްލިއެވެ. އެއަށް ފަހު ޖަލުގައި ބަހައްޓައި ގެން ހިންގި ޝަރީޢަތެއްގައި ހުންނަވަނިކޮށް އަވަހާރަވެ ވެއްޓިވަޑައިގަތެވެ. މިޞްރުގެ ރައްޔިތުން މިއަދާއި ހަމައަށް ވެސް ޤަބޫލުކުރާނީ ، އެމަނިކުފާނު އަވަހާރަ ކޮށްލީ ކަމަށެވެ. މިޞްރުގެ ކޯޓުތަކުން ޙުކުމްކުރަނީ ، ސަރުކާރުން ބޭނުންވާ ގޮތަށްކަމަށްވުމުން ރައީސް މުރުސީ ޖަލުން މިނިވަން ނުކުރާނެކަމަށް އޭރު ވެސް މިޞްރުގެ ރައްޔިތުން ބުނަމުން އައެވެ.

ސީސީ އާއި ވާދަވެރި ސިޔާސީ ފަރާތްތަކާއި މެދު ކިތަމެ އިހާނެތިކޮށް ކިތަމެ ބޮޑެތި ޖަރީމާތައް ހިންގި ނަމަވެސް އިޒްރޭލްގެ މަޞްލަޙަތު ހިމާޔަތްކޮށްދޭ ވެރިއަކަށްވާތީ ، އެމެރިކާ އަކަށް އަދި ހުޅަގުގެ އެއްވެސް ޤައުމަކަށް ސީސީ ގެ ވެރިކަން ގޯހެއް ނުވެއެވެ.

މިޞްރު ވިޔަސް ސައޫދީ ވިޔަސް އުރުދުން ވިޔަސް ބަހުރައިން ވިޔަސް ސަރުކާރުން ކުރާކަމަކާއި ދެކޮޅަށް ރައްޔިތަކު އެއްޗެއް ބުނެ ޚިޔާލު ފާޅުކުރުމަކީ ، އެމީހެއްގެ މުޅި ޢާއިލާގެ ފުރާނަ ނުރައްކަލަށް ކުރިމަތިލާންޖެހޭ ކަމެކެވެ.

ބުނެވުނު ހުރިހާ ޤައުމަކީ ،ވެސް ރައްޔިތުންގެ މާބޮޑު ބައިވެރިކުރުވުމެއް ނެތި ވެރިކަންކުރާ އެމެރިކާއަށް ބަރޯސާ ވެފައިވާ ޤައުމުތަކެވެ. މިޤައުމުތަކަކީ، ޢާއިލީ ވެރިކަން ދެމެހެއްޓުމަށްޓަކައި އަމިއްލަ ޤައުމުގެ ރައްޔިތުންނާއި މެދު އިންސާނިއްޔަތާއި ޚިލާފު ބޮޑެތި ޖަރީމާތައް ހިންގާ ޤައުމުތައް ކަމަށް ވުމުން އިޒްރޭލުން ފަލަސްޠީނުގެ ބިންތައް ފޭރިގަތުމަށް ހިންގާ ޤަތުލު ޢާއްމު ތައް ކުށްވެރިކޮށްލައި ބަޔާނެއްނެރުން ފިޔަވައި ، ޢަމަލީގޮތުން އިތުރުކަމެއް ކުރަން ނުކެރޭނެ ކަން އިޒްރޭލަށް އެނގެއެވެ. އެމެރިކާ އިރާން ގެ ދުވަސް ދުއްވާލަން އުޅުމުގެ ޙަޤީޤަތަކީ ، ނިޔުކުލިއަރ ހަތިޔާރު އުފެއްދުމެއް ނޫނެވެ. އިޒްރޭލު ހިމާޔަތްކުރުމެވެ.

އެމެރިކާ ވެސް އިޒްރޭލު ވެސް ބޭނުންވަނީ ، އީރާނުގެ އިސްލާމީ އިންޤިލާބު އައުމުގެ ކުރިން އީރާނުގައި ވެރިކަން ކުރި ޝާހުގެ ސެކިއުލަ ވެރިކަން ފަދަ ނުވަތަ މިޞްރާއި ، ސައޫދީ އާއި އުރުދުން އާއި ޔޫ. އޭ. އީ ފަދަ އެމެރިކާއަށް ބަރޯސާވާާ އިޒްރޭލަށް ނުރައްކަލެއް ނެތް ވެރިކަމެއް އީރާނުގައި އޮތުމަށްކަމަށްވެއެވެ.

ހައިވޭގައި 4 ފުރޮޅުލީ އުޅަނދު ނުދުއްވަން ބުނީ އޮޅިގެން

އެތެއް އައިސް މީހުން މަރާއިރު ގެރިކަލާނގެއަށް އެތް ކޮންޓުރޯލް ނުވުމުން އިންޑިއާ މީހުން ރުޅި ގަދަވެއް...

މިއީ އާދަމުގެ ދަރިންނެވެ. އިބިލީހުގެ ދަރިންނެއް ނޫނެވެ!

Continue Reading

Previous: އެމްޑީޕީގެ މައްސަލަ އ.ދ. އަށް
Next: ރިއަލް މެޑްރިޑްގެ ކޯޗު ކަރުތާފެނުގައި

Related Stories

2199C078-CD55-41BB-9760-B2F2D041613B
  • ރިޕޯޓް
  • ކޮލަމް

ގެއްލުނު ކަނޑުގެ މައްސަލައިގައި ރާއްޖެ އާއި އެމެރިކާ އާއި ދެމެދު ކޯޅުން

admin February 6, 2026
DA3A0F42-9566-4741-A951-6F7E8B7BD809
  • ކޮލަމް
  • މީހުން

ދިވެހި ބަސް ދަސް ނުވުމުގެ ޝަކުވާއަށް އުސްތާޒު އިޔާޒު ނަސީމު ޢިލްމީ ޖަވާބެއް ދެއްވައިފި

admin January 28, 2026
AA86DA0E-BC5F-4189-A2F6-1AB413333A54
  • ކޮލަމް
  • މީހުން

މީޑިއާގެ ހުނަރުވެރިޔާއެވެ! އިތުބާރު ކުރެވޭ މޫނާއެވެ!

admin January 27, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.