Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ދިވެހި ބަސް ދަސް ނުވުމުގެ ޝަކުވާއަށް އުސްތާޒު އިޔާޒު ނަސީމު ޢިލްމީ ޖަވާބެއް ދެއްވައިފި
  • ކޮލަމް
  • މީހުން

ދިވެހި ބަސް ދަސް ނުވުމުގެ ޝަކުވާއަށް އުސްތާޒު އިޔާޒު ނަސީމު ޢިލްމީ ޖަވާބެއް ދެއްވައިފި

admin January 28, 2026
DA3A0F42-9566-4741-A951-6F7E8B7BD809

ދިވެހި ބަސް ދަސް ނުވުމުގެ ޝަކުވާއަށް އުސްތާޒު އިޔާޒު ނަސީމު ޢިލްމީ ޖަވާބެއް ދެއްވައިފިއެވެ.

އިޔާޒު ވިދާޅުވީ ބަހެއް ދަސްވާނީ އެ ބަސް އަޑުއަހައިގެންނާއި ކިޔައިގެންނެވެ.

ދިވެހިރާއްޖޭގައި ނޫޅޭ އަދި ދިވެހި ބިމަށް އުފަން ނުވާ އެތައް ބަޔަކު ދިވެހި ބަސް ދަސްކޮށް އަދި ދިވެހި ބަހުން ފޮތްތައް ވެސް ވަނީ ލިޔެފައި ކަމަށާއި، ހަމަ އެގޮތަށް ދިވެހިރާއްޖޭގެ ސްކޫލްތަކުން ކިޔަވައި ނުދިނަސް، ރާއްޖޭގައި ތިބެގެން އެތައް ދިވެހީންނެއް ބޭރުގެ ބަސްތައް ދަސްކޮށްފައިވާ ކަން އިޔާޒު ފާހަގަ ކުރެއްވިއެވެ.

ފޭސްބުކް ގައި ވެސް އިޔާޒު ވަނީ ޢިލްމީ ގޮތުން މިކަމަށް އަލިއަޅުވާލައްވާފައެވެ. އިޔާޒް ލިޔުއްވާފައިވާ ގޮތުގައި؛ ބިދޭސީ އެތައް ބަޔަކު ދިވެހި ބަސް ދަސްކޮށް އަސި މި ބަހުން ލިޔުންތައް ވެސް ލިޔެއެވެ. ހަމައެހެންމެ، ދިވެހިރާއްޖޭގެ އިސްކޫލުތަކުގައި ކިޔަވައި ނުދިނަސް، ދިވެހިރާއްޖެއިން ބޭރަށް ނުގޮސް މި ރާއްޖޭގައި ތިބެގެން ވެސް އެތައް ދިވެހީންނެއް ޖަރުމަނު ބަހާއި ފަރަންސޭސި ބަހާއި އިޓަލީ ބަހާއި ރޫސީ ބަހާއި ޗައިނާ ބަހާއި ޖަޕާނު ބަހާއި ހިންދީ ބަހާއި އުރުދޫ ބަހާއި ތުރުކީ ބަހާއި ކޮރެޔާ ބަސް ފަދަ އެތައް ބޭރު ބަހެއް ދަސްކޮށްފި ކަމަށް އުސްތާޒު އޭނާގެ ފޭސްބުކް ގައި ލިޔުއްވިއެވެ.

އިޔާޒު ވިދާޅުވީ ބައެއް މީހުން ބަސް ދަސް ކުރީ ފަތުރުވެރީން ވާހަކަ ދައްކާ އަޑު އަހައިގެން ކަމަށާއި، އަނެއް ބަޔަކު ބަސް ދަސް ކުރީ ޒަމާނީ ވަސީލަތްތަކާއި ފިލްމާއި ސިލްސިލާތައް ބަލައި އަޑު އަހައިގެންނެވެ. ނަމަވެސް ދިވެހި ސްކޫލް ތަކަށް ހަފްތާ އަކު ފަސްދުވަހު ކިޔަވަން ގޮސް އުޅޭ ހަތަރުކަށިމަތި ދިވެހި ކުދީންނަށް ދިވެހި ބަސް ދަސް ނުވެގެން ބެލެނިވެރީން ޝަކުވާ ކުރާކަން ފާހަގަ ކުރެއްވިއެވެ.


“އާނއެކެވެ. ބަސް ދަސްކުރަނީ އަޑު އަހައިގެންނާއި ކިޔައިގެންނެވެ. ބަހަށް މޮޅު ވަނީ ވާހަކަ ދައްކައިގެންނާއި ލިޔެގެންނެވެ. ވާހަކަ ދައްކާން ދަސް ވާނީ އެހެން މީހުން ވާހަކަ ދައްކާ އަޑު އިވިގެންނެވެ. ދިވެހި ލިޔުންތެރިކަމުގެ އުސްލޫބު ދަސް ވާނީ އެހެން މީހުން ދިވެހި ބަހުން ލިޔެފައި ހުންނަ ލިޔުންތައް ކިޔައިގެންނެވެ. ދިވެހީންގެ ތެރެއިން ގިނަ ބަޔަކު ހިންދުސްތާނީ ފިލްމީ ބަހުރުވަ ވެސް ދަސްކުރީ ފިލްމާއި ސިލްސިލާތައް ބަލައި އަޑު އަހައިގެންނެވެ. އާނއެކެވެ. ގޭތެރެއިން ދިވެހި ބަހުގެ އަޑު ނީވިއެއް ދަރީންނަކަށް ދިވެހި ބަހެއް ދަހެއް ނުވާނެއެވެ. ޢާއިލާގެ ކޮންމެވެސް އެއް ބަޔަކު އެ ކުދީންނާ ދިވެހި ބަހުން ވާހަކަ ނުދައްކައެއް އެ ކުދީންނަކަށް ދިވެހި ބަހެއް ދަހެއް ނުވާނެއެވެ. ދިވެހި ބަހުން ފޮތް ނުކިޔައެއް އެ ކުދީންނަކަށް ދިވެހި ބަހުގެ ލިޔުންތެރިކަން ދަހެއް ނުވާނެއެވެ. ދިވެހި ބަހުން ވާހަކަ ދައްކާ އަޑުގެ ބަދަލުގައި، އެ ކުދީންނަށް އިވެނީ އެ ކުދީން ބަލާ ކާޓޫނުތަކުގައި ވާހަކަ ދައްކާ ބަހާއި ބަހުރުވަ ކަމަށް ވަންޏާ، އެ ކުދީންނަށް ދަސް ވާނީ ކާޓޫނުން އަޑު އިވޭ ބަހާއި ބަހުރުވައެވެ. މައްސަލަ ޙައްލު ކުރެވޭނީ މައްސަލަ އުފެދުމުގެ ސަބަބު ނައްތައިލައިގެންނެވެ. ފެން އިސްކުރު ބަންދު ނުކޮށް، ކިތައްމެ ވަރަކަށް ފެން ހިއްކިޔަކަސް، ފެން ބޮޑުވުމެއް ނުހުއްޓޭނެއެވެ”. އުސްތާޒު ލިޔުއްވާފައި ވެއެވެ.

މިހާރަކަށް އައިސް ރާއްޖޭގެ ސްކޫލްތަކުން މަދުރަސީ ޙަޔާތް ނިންމީ ބައެއް ދަރިވަރުންނަށް ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކާކަށް ވެސް ނޭނގެއެވެ.
މިކަމަށް އިޝާރާތްކުރައްވައި އުސްތާޒު އިޔާޒު ވިދާޅުވީ، ދަރިވަރުން ދިވެހި ބަހަށް އަހުލުވެރި ކުރުވުމުގައި ސްކޫލްތަކުގެ މެނޭޖްމަންޓުން މަސައްކަތް ކުރަންވީ ވަރަށް ނުކުރާ ކަމަށާއި، އެހެން ނޫން ނަމަ މި މައްސަލަ މިދަރަޖައިގައި ނޯންނާނެއެވެ.

މުރްސީ ވައްޓައިލި އަސްކަރީ ސީސީ

ޝަޒީމްގެ ހޫނު ރައްދެއް އައްބާހަށް: ރަށުތެރެއިން އެހެން ކަމަކާއިގެން އުޅޭ!

ޣައްޒާ ރައްޔިތެއްގެ އާދޭސް:

Continue Reading

Previous: ކުއްލި ޚަބަރު: ޝަޤްބާ އަށް އިސްރާއީލު ސިފައިންގެ ފައުޖެއް ވަދެއްޖެ
Next: އިސްރާއީލާއި އެމެރިކާނުން މިވަރުގެ ދޮގެއް ފަތުރަން ހެޔޮ ނުވާނެ އެއްނު!

Related Stories

C87CAEA1-7913-446C-BA9D-01FE7A6B07C8
  • ރިޕޯޓް
  • މީހުން

ޚާމަނާއީ މަރުވީ ހެދުނު ޅައެއްޗަކުން

admin March 1, 2026
EA64B403-8B89-4F88-B8DA-8C15867B0D0A
  • މީހުން
  • ޚަބަރު

މުރުތައްދުވިކަމަށް ބުނާ އާމިރަށް ފިޔަވަޅު އަޅަން ނިންމައިފި

admin February 24, 2026
E4B42E06-719E-4946-9537-80AB688D57A7
  • މީހުން
  • ޚަބަރު

ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ވައްކަންކުރާ މައްސަލައިގައި ބޭޒާރުވެއްޖެ

admin February 7, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.