
GENEVA, SWITZERLAND - OCTOBER 2, 2023: The United Nations Office at Geneva with the flags of the member countries.
އެމްޑީޕީން މިސަރުކާރުގެ މައްސަލައެއް އދ. އަށް ހުށަހަޅަނީއެވެ. ފައިސާ ޗާޕްކުރަނީ ކަމަށް ބުނެއެވެ. އެކަމަކު އެމްޑީޕީން އަސްލު އެދައްކަނީ ފުލޯކު ވާހަކަ ތަކެވެ.
އެމް.ޑީ.ޕީ. ގެ ސެކިއުލަ ވެރިކަމުގައި އެމް.ޑީ.ޕީ ގެ ސިޔާސީ އަދި ސެކިއުލަރ އެކްޓިވިސްޓުންގެ މެޖޯރިޓީ ޖޭ.އެސް.ސީ ގައި އޮވެގެން ، ފަނޑިޔާރުންގެ މަށްޗަށް ތަފާތު ތުހުމަތުތައްކޮށް ޢަބުރުކަތިލުމަށް ފަހު ސުލޫކީ ފިޔަވަޅު އެޅި ފަނޑިޔާރުންގެ މައްސަލަތަކާއި ވަޒީފާއިން ވަކިކުރި ފަނޑިޔާރުންގެ މައްސަލަތައް ބަލައި ދިނުމަށް އެދި ޕީ.އެން.ސީ ސަރުކާރުން ނުވަތަ މިހާރު އޮތް ޖޭ.އެސް.ސީ އިން އދ.އަށް ހުށަހަޅައިފިނަމަ ދެން އެމްޑީޕީން ހަދާނީީ ކިހިނެއްތޯއެވެ ؟
އެމްށީޕީގެ މައްސަލަތައް އދ. އަށް ހުށަނާޅަންވީ އެއްވެސް ސަބަބެއް ނެތެވެ. އެމްޑީޕީން ބޭނުންވެގެން ވަކިކޮށްލި ބައެއް ފަނޑިޔާރުންގެ މައްސަލަ އދ. އާއި އީ.ޔޫ އިން އިން ބަލައިފިނަމަ އޭރު ޖޭ.އެސް.ސީ. އިން އެބޭފުޅުން ވަކިކުރަން ނިންމި ނިންމުމާއި އެބޭފުޅުންގެ މައްޗަށް ހުށަހެޅި ސުލޫކީ މައްސަލަތައް ގޯސްކަމަށް ނިންމާނެއެވެ. ޔޫރަޕިޔަން ކޮމިޝަން( އީ.ޔޫ ) ގެ އަސާސީ ޤަވާއިދުގައި ވަނީ ، ފަނޑިޔާރެއްގެ މައްޗަށް ޖިނާޢީ ދަޢްވާ އެއް ސާބިތު ނުވާނަމަ އަޅާނީ ތައުދީބީ ފިޔަވަޅެކެވެ. އެއީ ނަސޭހަތް ދިނުން ، ނުވަތަ ހުރި ކޯޓު ނޫން ކޯޓަކަށް ބަދަލުކުރުން ނުވަތަ މަޤާމު ދައްކުރުމެވެ. ދެރަކަމަކީ ، ހުޅަގުގެ ޑިމޮކްރަސީ ތަންފީޛު ކުރަން އުޅުނު އެމް.ޑީ.ޕީ އަށް މިކަން ނޭނގުމެވެ. ނުވަތަ އަމިއްލަ ޒާތީ އެޖެންޑާއެއް އިސްކުރުމެވެ. އިންސާނިއްޔަތުކަމެއް ، އިޙްސާންތެރިކަމެއް ނެތުމެވެ، އީމާންތެރިކަމުގެ ކުޑަވެސް މިންވަރެއް ނެތުމެވެ .