ވެނެޒުއެލާގެ ރައީސް ވަނީ އޭނާގެ ނަން ތާރީޚުގައި ރަން އަކުރުން ލިޔެފައެވެ. ކުރަހާފައިވާ ފަލަސްޠީން ޕޯސްޓަރެއް އަތްޕުޅުން އުފުއްދެވުމުގެ ސަބަބުން އެވަނީ އެމަނިކުފާނުގެ ވެރިކަން ދޫވެ އަދި ހަށިކޮޅުން އަގު އަދާކުރަން ޖެހިފައެވެ. އެހެންކަމުން މިކަމުން ވެސް އެނގެނީ ، އެބައެއްގެ މަޞްލަޙަތު ހިމާޔަތްކުރާނެގޮތް އެބަޔަކު ދަސްކުރަންޖެހޭ ކަމެވެ.
ހަނގުރާމަ ކުރުން ލާޒިމުވާ ހާލަތުގައި ލަޝްކަރަށް އިންތިޒާރު ކުރިޔަސް ލަޝްކަރު ނުފެނިދާނެކަމެވެ. ފަލަސްޠީނުގެ 70000 މުސްލިމުން ޖަނަވާރުތަކެއް ފަދައިން ޝަހީދު ކޮށް ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ބިންތަކާއި ތަންތަން ސުންނާފަތި ކުރަމުން އަންނައިރު، އެމެރިކާ އާއި އިޒްރޭލު ނޫނީ، ސިފައިންގެ ލަސްކަރެއް ދުނިޔޭގައި އޮތްކަމުގެ އިހުސާސެއް މިއަދު އެއްވެސް މީހަކަށް ނުކުރެވެ އެވެ. ހަނގުރާމާގައި އިންސާނިއްޔަތާއި ހިލާފު ޖަރީމާތައް ހިންގާފައިވާތީ ނަތަންޔާހޫ ހައްޔަރު ކުރުމަށް ދުނިޔޭގެ އިންޞާފާއި ބެހޭ ކޯޓުން އަމުރުކޮށްފައި ވަނިކޮށް ފެނިގެން މިދިޔައީ ވެނެޒުއެލާގެ ރައީސް ހައްޔަރުކުރިތަނެވެ.
އެހެންކަމުން މިކަން ވެސް ކުށްވެރިކޮށްލުން ފިޔަވައި އިތުރު ގޮތެއް އަދި ބާރެއް އިޚްތިޔާރެއް ވެސް ދުނިޔޭގެ އެއްވެސް ޤައުމަކަށް ނެތެވެ.
މިސްޓޭކެއް ހެދުނެއް ކަމަކު އިންސާނުން ޝައިޠާނަކަށް ބަދަލުވާކަށް ނުޖެހެއެވެ. މިއީ އާދަމުގެ ދަރިންނެވެ. އިބިލީހުގެ ދަރިންނެއް ނޫނެވެ.
