ޗާގޯސް އަކީ ރާއްޖޭގެ ބައެއް ކަމަށް ވަކާލާތުކޮށް، ކުރީ ސަރުކާރުން އިނގިރޭސީވިލާތަށް ފޮނުވާފައިވާ ސިޓި ވެސް އަނބުރާ ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއި އެކު ދިވެހި އަސްކަރިއްޔާގެ ކޯސްޓުގާޑުން ރާއްޖޭގެ ގެއްލުނު ކަނޑުގެ ސަރަޙައްދުގެ ކޮންޓްރޯލް ނަގާފައި ވަނިކޮށް، އެއީ ސީޝެލްސްގެ ޙައްޤެއް ކަމަށް ބުނެ އެމެރިކާގެ ހައްދުފަހަނަ އެޅި ރައީސް ޑޮނަލްޑް ޓްރަމްޕް ސީޝެލްސްގެ ކޮޅަށް އަރައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުން ބުނެފައިވަނީ ކުރީ ސަރުކާރުން ސީޝެލްސްއަށް “ވިއްކައިލި” ނުވަތަ ދޫކޮށްފައިވާ ކަމަށް ބުނާ ކަނޑުގެ ސަރަޙައްދުގެ ކޮންޓްރޯލް ނަގާފައިވާ ކަމަށެވެ. އެމްއެންޑީއެފުން ހާމަކުރެއްވި ގޮތުގައި މިގޮތަށް ޢަމަލު ކޮށްފައި ވަނީ ޤައުމީ އިސްތިޤްލާލު ޙިމާޔަތް ކުރުމާއި، ކަނޑުގެ ޙައްޤުތައް ރައްކާތެރިކުރުމަށެވެ.
ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، މައްސަލަ ޖެހިފައިވާ މި ސަރަޙައްދާއި ރަށްތައްވެސް ރައްޖެ އަށް ނުލިބޭނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާފައެވެ.
