Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އެތެއް އައިސް މީހުން މަރާއިރު ގެރިކަލާނގެއަށް އެތް ކޮންޓުރޯލް ނުވުމުން އިންޑިއާ މީހުން ރުޅި ގަދަވެއްޖެ
  • ކޮލަމް

އެތެއް އައިސް މީހުން މަރާއިރު ގެރިކަލާނގެއަށް އެތް ކޮންޓުރޯލް ނުވުމުން އިންޑިއާ މީހުން ރުޅި ގަދަވެއްޖެ

admin January 21, 2026
A5EC6DAF-0170-46D2-B630-7EF387D82B16

މިފަހަރު މިއޮތީ ކަމަކާވާ ދިމާވެފައެވެ. އިންޑިއާގެ އެކި ސްޓޭޓުތަކަށް އެތުގެ ނުރައްކާ ބޮޑުވީއެވެ. އެތްތައް ޙަމަލާ ދެނީ ޢާންމު ކޮށް ރޭގަނޑުގެ ދަން ގަޑީގައެވެ. މި އަހަރު ފެށުނީއްސުރެ މިހާތަނަށް މަދުވެގެން 22 މީހުންނަށް ޙަމަލާދީ މަރާލާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. އެއި ވެސް އެންމެ 10 ދުވަސްތެރޭގައެވެ.

އިންޑިއާ މީހުންނަށް މި އެތަތއް ޙަމަލާދޭ އަސްލު ސަބަބެއް އަދި ނޭނގެއެވެ. ގެރިއަށް އަޅުކަންކުރާ ގިނަ ބަޔަކު އިންޑިއާގައި އުޅޭ އިރު ބައެއް މީހުން ޖޯކު ޖެހުމުގެ ގޮތުން ކިޔަނީ މިއީ “ގެރިކަލާނގެ” އަށް ވުރެ އެތުގެ ވަރުގަދަކަން ދައްކަން ކުރާ ކަމެއް ކަމަށެވެ.

ތަމިލްނާޑޫގައި ގެރިއަށް އަޅުކަންކުރާ ގެއަކަށް ވެސް މިފަހުން އެތެއް އަްިސް ޙަމަލާ ދިންއިރު ގެރިއަކަށް އެކަމެއް ނުހުއްޓުވުނު ކަމަށް ބުނެ އެ ގޭގައި އުޅޭ ސަކަ މިޒާޖުގެ މީހަކު ވަނީ އެ ޝަކުވާ ވެސް ކޮށްފައެވެ.

އެެތުގެ ނުރައްކަލާއި އެންމެ ބޮޑަށް ކުރިމަތިލާން ޖެހިފައި ވަނީ އިންޑިއާގެ އިރުދެކުނު ސަރަޙައްދުތަކުގައި އުޅޭ މީހުންނަށެވެ. އޭގެތެރޭގައި ކަރްނާޓަކާ، ކެރެލާ އަދި ތަމިލްނާޑޫ ހިމެނޭހެން 9 ސްޓޭޓެއްގެ ރައްޔިތުންނަށް ޙަމަލާ ދީފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މި ނުރައްކާތެރި އެތްތައް އަތުލުމަށްޓަކައި އިންޑިއާ ސަރުކާރުން މިހާރު ވަނީ ލަޝްކަރެއް ފޮނުވާފައެވެ. އެ ލަޝްކަރުގައި 100 އަށް ވުރެ ގިނަ މީހުންނާއި އެތް ޓްރެކް ކުރުމަށް ޑްރޯން އާއި އެނޫންވެސް ތަފާތު އާލާތްތައް ހިމެނެއެވެ.

އިންޑިއާ އަކީ އެތުގެ ނުރައްކާ އިންތިހާ އަށް ބޮޑު ޤައުމެކެވެ. އެ ޤައުމުގެ ޕާލަމެންޓުން ބުނާ ގޮތުގައި 2023 އިން 2024 އާއި ދެމެދު އިންޑިއާގެ އެކި ހިސާބުތަކުން 628 މީހަކަށް އެތުގެ ޙަމަލާ އަމާޒުވެ މަރުވެފައި ވެއެވެ. އަދި 2019 އިން 2020 އާއި ދެމެދު 587 މީހުން މަރާލާފައި ވާއިރު، 2020 އިން 2021 އާއި ދެމެދު 471 މީހުންނަށް އެތުގެ ޙަމަލާ އަމާޒުވެ މަރުވެފައި ވެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވީ ފަސްއަހަރުތެރޭ އިންޑިއާގެ 2،853 މީހުން ވަނީ މިފަދަ ޙަމަލާ ތަކުގައި މަރުވެފަ
އެވެ.

ރައީސްގެ ގްލޯބަލް ގޭމް ޗޭންޖިންގ އައިޑިއާ

ހައިވޭގައި 4 ފުރޮޅުލީ އުޅަނދު ނުދުއްވަން ބުނީ އޮޅިގެން

މިއީ އާދަމުގެ ދަރިންނެވެ. އިބިލީހުގެ ދަރިންނެއް ނޫނެވެ!

Continue Reading

Previous: އެ މީހުން ވަނީ ކޮވިޑުން ނާޖާއިޒް ފައިދާ ނަގާފަ – ދެމީހުންނަށް ދައުވާ ކުރަން ފޮނުވައިފި
Next: ހަނގުރާމަ ހުއްޓުވަން ފެއިލް ވި އދ ގެ ބާރު ކަނޑުވާލަނީ

Related Stories

2199C078-CD55-41BB-9760-B2F2D041613B
  • ރިޕޯޓް
  • ކޮލަމް

ގެއްލުނު ކަނޑުގެ މައްސަލައިގައި ރާއްޖެ އާއި އެމެރިކާ އާއި ދެމެދު ކޯޅުން

admin February 6, 2026
DA3A0F42-9566-4741-A951-6F7E8B7BD809
  • ކޮލަމް
  • މީހުން

ދިވެހި ބަސް ދަސް ނުވުމުގެ ޝަކުވާއަށް އުސްތާޒު އިޔާޒު ނަސީމު ޢިލްމީ ޖަވާބެއް ދެއްވައިފި

admin January 28, 2026
AA86DA0E-BC5F-4189-A2F6-1AB413333A54
  • ކޮލަމް
  • މީހުން

މީޑިއާގެ ހުނަރުވެރިޔާއެވެ! އިތުބާރު ކުރެވޭ މޫނާއެވެ!

admin January 27, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.