ފޮޓޯ ކްރެޑިޓް: ހުލާސާ.ކޮމް
ކުރީގެ ރައީސުންގެ ދުވަސްވަރު މުލީއާގޭގެ ހަރަދުތައް ވަރަށް ބޮޑެވެ. އެކަން އެންމެ ބޮޑަށް ފާހަގަވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައެވެ.
އެމްޑިޕީގެ ފުރަތަމަ ވެރިކަމުގައި މުލީއާގޭގައި ކޮންމެ ރެޔަކު ހާއްސަ ފަރިއްކޮޅެއް އޮންނާނެއެވެ. އަދި ކޮންމެ ތަރޒްޑޭ ނައިޓެއްގައި އޮންނަނީ ޕާޓީކުރުމެވެ. މިވާހަކަ ބިތުފަންގިއަށް ކިޔައިދިނީ އެ ޕާޓީކުރުންތަކަށް ވަޑައިގެންނެވި އޭރު ރައީސް އޮފީހުގެ ސެކްޓްރީއެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މުލީއާގެ އަށް ގަންޖާ ބިޑި ވެސް ވެއްދިއެވެ. އޭގެތެރޭގައި ދައުލަތުގެ ނިޝާން ޖަހާފައިވާ ބިޑި ވެސް ހުއްޓެވެ. މި ބިޑިތައް ތައްޔާރުކޮށްފައި ވަނީ ސޯސަންމަގުގައި ހުންނަ އެމްޑީޕީގެ އޮފީސް ކުތިމަތީގައި ހުރި އެޕާޓްމެންޓެއްގެ ގްރައުންޑް ފުލޯގައި ކަމަށް އެމްޑީޕީގެ ވެރިކަމުގައި ރައީސް އޮފީހުގައި މަސައްކަތް ކުރެއްވި ބޭފުޅަކު ބިތުފަންގި އަށް ކިޔައިދެއްވިއެވެ. އޭނާ ވިދާޅުވީ އެ ހުރިހާ ތަކެއްޗަކަށް ވެސް ފައިސާ ދައްކަނީ މުލީއާގޭގެ ބަޖެޓުންނެވެ. އޭރު ކޮންމެ އިރެއްގެ ކޮއްތަށް ވެސް މަދުވެގެން ތިރީހަކަށް ހާސް ރުފިޔާ ހޭދަވެއެވެ. ތަރޒްޑޭ ނައިޓް ޕާޓީތަކަށް މަސްތުވާ ތަކެއްޗަށް އެކަނި ބައިލައްކައެއްހާ ރުފިޔާ ހަރަދުވި ފަހަރުވެސް ގޮސްފައިވާ ކަމަށް އޭނާ ކިޔައިދެއްވިއެވެ.

“އޭރުގައި ރާ ފުޅިއެއް މިލިބެނީ 2000 ރުފިޔާއަށް. މިތަކެތި ގަންނަން މިޖެހެނީ ވަގަށް ވިއްކާ ޑީލަރުންގެ އަތުން. ދެން ހިފައިގެން އަންނަ މީހާއަށް ވެސް އެބަޖެހޭ 1000 ރުފިޔާ ދޭން. ޖުމްލަ 3000 ރުފިޔާ އަށް ފުޅިއެއް (ރާފުޅިއެއް) މިލިބެނީ. 3 ފުޅި ގެންދާނަމަ އެއީ 9 ހާސް ރުފިޔާ. ދެން ކޮންމެ 3 ދުވަހުން އެއްދުވަހު ގަންނާނެ ތެޔޮ ދަޅެއް. (ކެނަބިސް ކިޔާ މަސްތުވާ އެއްޗެއް) އޭގެ ދަޅެއް މިގަންނަނީ 10 ހާސް ރުފިޔާއަށް. މިހުރިހާ އެއްޗެއްގެ އިތުރަށް މުލިއާގެއަށް ވައްދާނެ ހާއްސަ ކެއުންތައްވެސް. ޔަގީނުންވެސް ތަރޒްޑޭ ނައިޓުގެ ހަރަދަށް އެކަނި އަރާނެ ބައިލައްކައަށްވުރެ ގިނައިން’ އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ރައީސް އޮފީހުގައި މަސައްކަތްކުރެއްވި ބޭފުޅަކު ވިދާޅުވެފައި ވެއެވެ.
މިސަރުކާރު އައިފަހުން މުލީއާގޭ ޚަރަދުތައް މިހާރު ބޮޑުތަނުން ވަނީ ކުޑަކޮށްފައެވެ. މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް ވިދާޅުވީ ކުރީގެ ހުރިހާ ވެރިކަންތަކުގައި ހަރަދުކުރިވަރަށްވުރެ ، ވަރަށް ބޮޑުތަނުން މިސަރުކާރުން ވަނީ މުލީއާގޭގެ ހަރަދުތައް ކުޑަކޮށްފައެވެ.
“ކުރީގެ އެކިއެކި ރައީސުން ރަސްމީ ބަޖެޓުން ފަރީއްކޮޅާއި އެޒާތުގެ ކަންކަމަށް ކުރައްވާ ޚަރަދުތަކާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވި ހިސާބުން ފެށިގެން ކުރައްވާ ޚަރަދުތައް އެތައް ގުނައެއް ކުޑަވާނެ,” ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން އިޤްބާލް އާދަމް ވިދާޅުވިއެވެ.
އިޤްބާލް އާދަމް އިތުރަށް ވިދާޅުވީ ރައީސް މުޢިއްޒު އަބަދުވެސް ލަފާފުޅުދެއްވަނީ ހުރިހާ ޚަރަދެއްވެސް ކުޑަކުރުމަށް ކަމަށާއި، މުލީއާގޭ ޚަރަދުތައް ބަލަހައްޓަމުންދަނީވެސް އެ އުޞޫލުން ކަމަށެވެ.
“ކިރިޔާވެސް ކުރަންޖެހޭ ޚަރަދެއްނޫނިއްޔާ އަޅުގަނޑުމެން ނުކުރާނެ. އަމްދުން މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާ ހިސާބުގައި އޮތް ދަނޑިވަޅެއްގައި ޚަރަދުތައް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވަނިކޮށް މިކަހަލަ ބުހުތާނު ދޮގު ޚަބަރު ފެތުރުމަކީ ރައްޔިތުންނަށް އެކަންކަމުގެ ހަޤީޤަތް ވަރަށް ބޮޑަށް އޮޅި ރައްޔިތުންގެ މެދުގައި ފަސާދަ އުފެދޭނެ ކަންކަން,” އިޤްބާލް އާދަމް ވިދާޅުވިއެވެ.