Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ރައީސްގެ ގްލޯބަލް ގޭމް ޗޭންޖިންގ އައިޑިއާ
  • ކޮލަމް
  • ޚަބަރު

ރައީސްގެ ގްލޯބަލް ގޭމް ޗޭންޖިންގ އައިޑިއާ

admin April 10, 2025
IMG_4752

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިޑްސްގެ ކޯޗެއާކަން ކުރައްވަނީ. ކުދި ޤައުމުތަކުގެ ދުލުން އެމަނިކުފާނު ދެއްވީ ވަރަށް ފައްކާ އައިޑިއާއެއް.

ތިމާވެށީގެ ނާޒުކު މައްސަލަތަކާއި ކުރިމަތިލަމުންދާ ކުދި  ޖަޒީރާ ގައުމުތަކަށް ދުނިޔެ ތާއީދުކުރާ ގޮތް އަލުން ބައްޓަން ކުރެވިދާނެ ޕްރޮޕޯސަލެއް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ތަޢާރަފް ކުރައްވައިފިއެވެ. 

ރާއްޖެއިން ފާއިތުވި ތަނުގައި ލޯނު ނެގިނެގީނުން ރައްޔިތުން މިތިބީ ކަރުތާފެނުގައެވެ. ނުދަރާ ރައްޔިތަކު ނެތެވެ. ކޮންމެ ރައީސަކުވެސް މަސައްކަތް ކުރައްވަނީ ލޯނުތައް ހޯދުމަށެވެ. ނަމަވެސް، މި ރައީސް ތަފާތެވެ.

ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (އެސްއައިޑީއެސް)އިން އިއްޔެ ބޭއްވި ސްޓްރެޓެޖިކް އެކްޝަން ގްރޫޕް (އެސްއޭޖީ) ބައްދަލުވުމުގައި ކޯޗެއާ ކުރައްވަމުން ރައީސް ގޮވާލެއްވީ ކުދި ޤައުމުތަކުގެ ތަރައްގީގެ ގިއަރު މަތިކޮށްލުމަށްޓަކައި،  ދަރަނިތަކަށް ލުއި ދިނުމާއި ދެމެހެއްޓެނިވި ތަރައްގީއާ ގުޅުވައިދޭ އާ ޚިޔާލެއް ކަމަށްވާ ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސް (ޑީއެސްއެސްއެސް) ވަގުތުން ލޯންޗުކުރުމަށެވެ. ރައީސް ވިދާޅުވީ ބޭނުމީ ފައިސާ އެއް ނޫން ކަމަށެވެ. ޢަދަދުތަކުން ފައިސާ ބޭނުން ނުވާ ކަމަށެވެ. ބޭނުންވަނީ މިހާރު ހުރި ބޮޑެތި ދަރަނިތަކަށް ހައްލެއް ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު ގެ ތަސައްވުރުގައި ހިމެނެނީ މޫސުމަށް އަންނަ ބަދަލުތަކަށް އިންވެސްޓްކުރާ ގައުމުތަކަށް ދަރަނީގެ ބުރަ ލުއިކޮށްދީ އިނާމު ދިނުމުގެ މަގުސަދުގައި ތަފާތު “ޑިޓްރިމެންޓް ފޯ ރެސިލިއެންސް ބިލްޑިން މެކޭނިޒަމެކެވެ. މި ޚިޔާލަށް މިހާރުވެސް ބައެއް ޤައުމުތަކުގެ ސަމާލުކަމާއި ތާއީދު ލިބިފައިވާއިރު، މިއީ ގްލޯބަލް މޮޑެލްއެއްގެ ގޮތުގައި ގިނަ ޤައުމުތަކުން ދަނީ ބަލައިގަންނަމުންނެވެ.

މިއީ މާލީ އެހީތެރިކަމަށްވުރެ މާ ބޮޑު ކަމެއް، މިއީ ފުރާނަ ހިމާޔަތްކުރުމާއި މުސްތަގުބަލު ކަށަވަރުކުރުން

ރާއްޖެ ފަދަ ކުދި ޖަޒީރާ ދައުލަތްތަކަށް މާލީ އަދި ތިމާވެށީގެ ޕްރެޝަރުތައް ބޮޑުވަމުންދާކަން ފާހަގަކުރައްވައި ރައީސް ޑރ. މުޢިއްޒު ވިދާޅުވި އެވެ.

ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް އޮން ފައިނޭންސިންގ ފޯރ ޑިވެލޮޕްމަންޓް (އެފްއެފްޑީ4) އަށް ދުނިޔެ ތައްޔާރުވަމުންދާއިރު، ރައީސްގެ ހުށަހެޅުން ފާހަގަކޮށްލެވެނީ ކުރިއަށް ވިސްނާ ހައްލެއްގެ ގޮތުގައެވެ. 

އިޤްތިޞާދުގައި މުޅި ދުނިޔެ ތަޅުލެވި ކުރިޔަށް ކަނޑަން އުދަގޫވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ މި ރިޔާސީ ދައުރުގައި އަދި މިވީ ގާތްގަނޑަކަށް އެންމެ ދެއަހަރެވެ.  ބާކީ ތިން އަހަރު އެބައޮތެވެ. ރައީސްގެ މި އިސްނެންގެވުމަކީ ބޮޑެތި މައްސަލަތަކަށް ސްމާޓް ހައްލުތައް ހޯދުމަށް އެހެން ކުދި ގައުމުތަކަށް ވެސް ދައްކައިދިން މަގެކެވެ.

ޔުކްރެއިންގެ ސޫމީ ސަރަޙައްދުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

އައިންތު މިސްގެ ޢާއިލާއަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

އެމެރިކާ، ޔޫކޭ، ކެނެޑާ އަދި އޮސްޓްރޭލިޔާއިން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާން އޮތީ އަންގާފަ! ސ...

Continue Reading

Previous: ރައީސްގެ “ޖެނެރޭޝަން ބޭން އައިޑިއާ” އާއިގުޅިގެން މަޝްވަރާތައް ފަށައިފި
Next: ކުރީގެ ވެރިކަންތަކުގައި މުލިއާގޭގައި ރާ ޕާޓީ! ފައިސާ ދެއްކީ މުލީއާގޭ ބަޖެޓުން!

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.