Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • މިއީ ތޯތޯ ކަމެއް ނޫން! ބޭހުގެ އަގު ހެޔޮވެފަ ކޮލިޓީ!
  • ޚަބަރު

މިއީ ތޯތޯ ކަމެއް ނޫން! ބޭހުގެ އަގު ހެޔޮވެފަ ކޮލިޓީ!

admin April 12, 2025
IMG_4788

ފޮޓޯ ޑިޒައިން: ހަސަން މާހިރު (ބިތުފަންގި)

ބޭސް ކައިކައި ބަލިން ރަނގަޅެއް ނުވިއެވެ. އާސަންދަ އެހީގައި އިންޑިއާއަށް ބޭސްފަރުވާ އަށް ގޮސްގޮސް އިންޑިއާ ހިތުދަސްވުއިރު ވެސް ބަލި ފަސޭހަވާ ގޮތެއް ނުވިއެވެ. މިއީ ދިވެހިން މިއަދު ގަބޫލުކުރާ ހަގީގަތެވެ.

މިހެން ވާން ޖެހުނީ މީގެ ކުރިން ދިވެހި ދައުލަތުގެ ތެރޭގައި ބަލިމީހުންނާއި ދޭތެރޭ ކަންކަން ކޮށްފައި ވަނީ ވިޔާނުދާކޮށް ކަމަށް ވާތީއެވެ. މީހަކު ބަލިވުމަކީ ބޭސްވިއްކާ ބައެއް ޕްރައިވެޓް ކްލިނިކް ތަކާއި ބައެއް ފާމަސީ ތަކަށް ބޮޑު ލާރިގަނޑެއް ލިބޭ ކަމެއް ކަމަށްވެސް ވެފައި އެބަހުއްޓެވެ.

ދައުލަތުގެ ތެރޭގައި އޮތް މި ކުޅިވަރު ހުއްޓުވީ ރައީސް މުޢިއްޒު ދައުލަތުގެ ހިންގެވުމާއި ޙަވާލުވެވަޑައިގަތުމަށްފަހުއެވެ.

ކުރީގެ ވެރިކަމުގައި ވެސް ރައްޔިތުންނަށް ފެނުނީ 20 ރުފިޔާއަށް ލިބޭ އެއްޗެއް 40 ރުފިޔާއަށް ވިއްކި މަންޒަރެވެ. 500 ރުފިޔާއަށް އިންޑިއާއިން ލިބޭ އިންޖެކްޝަން ރާއްޖެއިން 5000 ރުފިޔާއަށް ވިއްކި މަންޒަރެވެ. މި ގެއްލުން ދައުލަތަށް ލިބުނީ އާސަންދައިގެ ތެރެއިން ނެވެ. އާސަންދައާއި ބޭސް އެތެރެކުރާ ބައެއް ފަރާތްތަކާއި ވަނީ ސިއްރު ޑީލް ހެދިފައެވެ. ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވެވި ކަމަކީ އާސަންދަ އޯވަހޯލް ކޮށް، އިތުބާރުހިފޭ ފަރާތްތައް އާސަންދަ ހިންގުމާއި ޙަވާލުކުރީއެވެ. އަދި އެސްޓިއޯ ހިންގުމަށް އިތުބާރު ހިފޭ ބޭފުޅުން ހޯއްދެވީއެވެ. ހެލްތު މިނިސްޓްރީ އިޞްލާހް ކުރެއްވީއެވެ. އެތަނަށް ޤާބިލް ބޭފުޅުން ވައްދައި، ޚަރާބު ވެފައި އޮތް ނިޒާމު ހަމަމަގަށް އެޅުވީއެވެ. ނަތީޖާއަކީ ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ މައްސަލަ ހެލްތު މިނިސްޓްރީއާއި އެސްޓީއޯ އާއި އާސަންދަ ގުޅިގެން ހައްލުކުރުމެވެ. މިއީ ތޯތޯ ކަމެއް ނޫނެވެ. ކުރިން ލިބުނު އަގުބޮޑު ފޭކު ބޭސްތަކުގެ ބަދަލުގައި މިހާރު ރާއްޖެއަށް ލިބެނީ ކޮލިޓި ބޭހެވެ. އެހެންކަމުން، ޑޮކްޓަރީ ބޭހުގެ އަގާއި ފެންވަރާ ގުޅޭގޮތުން ދިމާވެފައިވާ މައްސަލަތައް މިހާރު މިދަނީ ހައްލު ވަމުންނެވެ.

ސަރުކާރުގެ މި މަސައްކަތުގެ ތެރޭގައި ހިމެނެނީ:

  1. ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް އެތެރެކުރުން
  2. އެސްޓީއޯގެ ބޭހުގެ ސަޕްލައި އިތުރުކުރުން
  3. ބޭހުގެ މަސައްކަތް ބަލަހައްޓާ މުވައްޒަފުން އިތުރުކޮށް ތަމްރީނުކުރުން
  4. އާސަންދަ ޕޯޯޓަލް އިސްލާހުކުރުން
  5. އެމްއެފްޑީއޭގެ ޭގެ ނިޒާމު ހަރުދަނާކުރުން

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ މޭ މަހުގެ ނިޔަލަށް ޒަރޫރީ ހުރިހާ ބޭހެއް ފާމަސީތަކުން ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުމެވެ.

ރައްޔިތުންގެ ޝަކުވާތައް ވަރަށް ގާތުން ބަލަމުން ގެންދަން. އެކަން ހައްލުކުރުމުގައި އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަނެ އެކަމުގައިވެސް މަސައްކަތްތަކެއް ކުރެވެމުންދޭ. މިހާރު ކުރެވޭ މަސައްކަތްތަކަށް ކުރިއެރުން ލިބެމުންދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ

ސިއްހީ ވަޒީރު ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ މި ސީދާ އިރުޝާދާއި ބެލުމުގެ ދަށުން ކުރިއަށްދާ މި މަސައްކަތުން، ރާއްޖޭގެ ބޭހުގެ ދާއިރާއަށް އައު ހަޔާތެއް ލިބި، ރައްޔިތުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ބޭސް ލިބިގެންދާނެ ކަމަށް ޔަގީންކުރެވެއެވެ. މިއީ ރައްޔިތުންގެ ދުޅަހެޔޮކަމަށް ރައީސް މުޢިއްޒު ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެކެވެ.

އެ މީހުން ވަނީ ކޮވިޑުން ނާޖާއިޒް ފައިދާ ނަގާފަ - ދެމީހުންނަށް ދައުވާ ކުރަން ފޮނުވައިފި

ސީޝެލްސްއަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު އަރުވައިފި

ޔުމްނުގެ ކޭސް: ރައީސްގެ ޤަރާރަކުން ރިޔާސީ ކޮމިޝަނެއް، ލީޑް ކުރައްވާނީ ޑރ. މުނައްވަރު

Continue Reading

Previous: ކުރީގެ ވެރިކަންތަކުގައި މުލިއާގޭގައި ރާ ޕާޓީ! ފައިސާ ދެއްކީ މުލީއާގޭ ބަޖެޓުން!
Next: ރައީސްގެ އެދިވަޑައިގަތުމަށް ތުރުކީން ރާއްޖެއަށް ޒަމާނީ މިލިޓަރީ މަނަވަރެއް

Related Stories

26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
9E983EBC-9DA9-49DF-9821-2BB64A9A15A9
  • ޚަބަރު

ވެމްކޯ މުވައްޒަފު ވެއްޓުން: ކަންކަން ސިއްރުކުރަން ވެމްކޯއިން އުޅުނު ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް – ވެމްކޯ

admin February 24, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.