Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ޖައްވު ނުސާފުވެ، ކަސްރަތަށް ނުނިކުތުމަށް އަންގައިފި
  • ޚަބަރު

ޖައްވު ނުސާފުވެ، ކަސްރަތަށް ނުނިކުތުމަށް އަންގައިފި

admin January 7, 2026
IMG_9115

މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ވައި ނުސާފުވެ، އާންމު ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައިގެ ކޮލިޓީ ދަށްވުމާ ގުޅިގެން، ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ހަރަކާތްތައް މަޑުޖައްސާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.


މެޓު އޮފީހުން ބުނި ގޮތުގައި، ރާއްޖޭގެ ސަރަހައްދުގައި ދުރުފެންނަ މިންވަރު ނުވަތަ ވިޒިބިލިޓީ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން ބުދަ ދުވަހު ދުރުފެންނަ މިންވަރު 1.5 ކިލޯމިޓަރަށްވުރެ ދަށްވެފައިވާއިރު، މެދުރާއްޖެއާއި އުތުރުގެ ސަރަޙައްދުތަކުގެ ވައިގެ ކޮލިޓީ މިހާރު ވަނީ “ރެޑް އެލާޓް” މިންގަނޑަށް އަރާފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ ވައި ނުރައްކާ މިންވަރަކަށް ނުސާފުކޮށް ހުންނާނެ އެވެ.


މިކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ، ވައި ނުސާފުވުމުގެ ސަބަބުން ނޭދެވޭ ސިއްހީ އަސަރުތައް ކުރުމާއި، ފުއްޕާމެއާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ބަލި ބޮޑުވުމުގެ ނުރައްކާ އެބައޮތް ކަމަށެވެ. އެހެންކަމުން މި ދުވަސްވަރު ބޭރުގައި އުޅޭއިރު ރައްކާތެރި މާސްކެއް ބޭނުންކުރުމަށާއި، ގޭތެރެއަށް ނުސާފު ވައި ނުވަންނާނެހެން ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދެއްވާފަ އެވެ. މީގެ އިތުރުން އެއަރ ޕިއުރިފަޔާ ބޭނުންކުރުމަކީވެސް ރަނގަޅު ކަމެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.


ހާއްސަކޮށް ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، ނޭވާލާ ނިޒާމުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތައް ހުންނަ ފަރާތްތަކުގެ އިތުރުން ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކުން މިދުވަސްވަރު ބޭރަށް ނުނިކުތުމަށް ސިއްހީ މާހިރުން ބާރުއަޅުއްވަ އެވެ.


އެގޮތުން ރާއްޖޭގެ އެއާ ކޮލިޓީ މޮނިޓަރ ކުރާ ސިސްޓަމްތަކުން ދައްކާ ގޮތުގައި، ބުދަ ދުވަހުގެ މެންދުރު މާލެ ސަރަހައްދުގެ ވައިގެ ނުސާފުކަން ހުރީ 193 ގައެވެ. އަދި ދ. ކުޑަހުވަދޫގައި ހުންނަ ސިސްޓަމުން ދައްކާ ގޮތުގައި އެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 162 ގައެވެ.


މިދުވަސްވަރު ރާއްޖޭގެ ވައި މިހާ ބޮޑަށް ނުސާފުވަނީ އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާއާއި ހިމާލިޔާ ސަރަހައްދުން އަންނަ ފުސްދުމުގެ ސަބަބުންނެވެ. މިއީ ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމުގައި ރާއްޖެއަށް ކުރިމަތިވާ މައްސަލައެއްކަން ފާހަގަކުރެވެ އެވެ.

ފުލުހުންގެ މުއައްސަސާ ވަގުތީގޮތުން ހިންގުން ނަވީނަށް

ދިވެހިންގެ މައިބަދައަކީ ދިވެހިބަސް: ރައީސް

ހުޅުމާލޭ އޯސީސީ ފިހާރައިގެ މުވައްޒަފަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Continue Reading

Previous: އިނގިރޭސި ސަފީރު އިސްލާމް ވެއްޖެ
Next: 294937 މީހުންނާއެކު، ވޯޓުލުން ހައްގުވާ މީހުންގެ ލިސްޓު އާންމުކޮށްފި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.