Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އާއަހަރު ފެށީ ހެސްކިޔާފަ ގިނަ ފަތުރުވެރިން ރާއްޖެ އައިސް!
  • ވިޔަފާރި
  • ޚަބަރު

އާއަހަރު ފެށީ ހެސްކިޔާފަ ގިނަ ފަތުރުވެރިން ރާއްޖެ އައިސް!

admin January 1, 2026
IMG_8973

އާއަހަރު ފެށިއިރު ރާއްޖެއަށް ރެކޯޑު ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެންބަރުމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 218،650 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިހާތަނަށް އެއް މަހެއްގެތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި މަސްކަން ފާހަގަކޮށްލެވެއެވެ.

މީގެކުރިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ 2024ވަނަ އަހަރުގެ ފެބުރުވަރީ މަހެވެ. އެ މަހު ރާއްޖެއަށް ވަނީ 217,392 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. 

2025ގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޖަނަވަރީ، ފެބުރުވަރީ، މާރިޗު އަދި ޑިސެންބަރުމަހުއެވެ. މި ހުރިހައި މަހެއްގައިވެސް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 ލައްކައަށްވުރެ އިތުރެވެ.

ފަތުރުވެރިންގެ އަދަދުތައް

ޖަނަވަރީ: 214,863
ފެބުރުވަރީ: 214,091
މާރިޗު: 203,468 
ޑިސެންބަރު 30ގެ ނިޔަލަށް: 218,650

ޑިސެންބަރުމަހުގެ 31ވަނަ ދުވަހުވެސް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވުމުން ޖުމްލަ އަދަދު އަދި މިއަށްވުރެ އިތުރުވާނެއެވެ. 

2025ގައި ރާއްޖެއަށް ވަނީ 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ 2024ވަނަ އަހަރާ އަޅާ ބަލާއިރު، %9.8 އިތުރު އަދަދެކެވެ. 

ޗައިނާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކަށް 2025ވަނަ އަހަރު ވަނީ ބޮޑުކުރިއެރުމެއް ލިބިފައެވެ. އެގޮތުން އެޤައުމުން ރާއްޖެއަށް 3 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރަޝިއާ އަދި އިނގިރޭސިވިލާތުން ރާއްޖެއަށް ވަނީ 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

294937 މީހުންނާއެކު، ވޯޓުލުން ހައްގުވާ މީހުންގެ ލިސްޓު އާންމުކޮށްފި

48 ގަޑިއިރުތެރޭ ރޯދަ ހަދިޔާ ބަހަން ފަށާނެ

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ރައީސް މުޢިއްޒު ބައްލަވާލައްވައިފި

Continue Reading

Previous: އާއަހަރާއި ގުޅިގެން ރައީސް ތަހުނިޔާ ފޮނުއްވައިފި
Next: “ރުޤްޔާ” ގެ ނަމުގައި އެ ނަގާލަނީ އިއްފަތްތެރިކަން – ދެނެގަންނާނީ ކިހިނެއް؟

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.