އެމެރިކާ އާއި އިސްރާއީލުގެ އިތުރުން އިނގިރޭސިވިލާތުން މެދުއިރުމަތީގައި ޖަހާހާ ސަކަރާތްތައް ބަލައި މޮނިޓަރ ކުރުމަށް އީރާނުގެ ގިނަ އަދަދެއްގެ ޑްރޯންތަކެއް އެބަ ހަރަކާތްތެރި ވެއެވެ.
ތެހެރާނަށް ހަމަލާ ދިނުމަށް އެތައް ފަހަރަކު ނަތަންޔާހޫ ދަނީ ޓްރަމްޕަށް ޕްރެޝަރު ކުރަމުންނެވެ. އެހެން ނަމަވެސް، އެމެރިކާގެ ޖާސޫސުންނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެމީހުންގެ ހަރަކާތްތަައް އީރާނުން ގެންދަނީ ވަރަށް މަތިން ބަލަމުންނެވެ. އަދި ކަނޑުގެ އަށިންވެސް ބަލަމުން އެބަ ދެއެވެ.
މިކަމާއި ގުޅިގެން ސިއްރިޔާތުގައި ވެސް ހަމަލާއެއް ދީފިނަމަ އީރާނަށް ވަގުތުން އެނގޭނެއެވެ. އަދި އެމެރިކާގެ މަނަވަރުތަކާއި ޖެޓުތަކާއި އަދި ކިއެއްތަ އެމެރިކާގެ މުޅި ފައުޖު ނައްތާލަފާނެތީވެ ޖެހިލުން ވެއެވެ.
އަރަބި ކަނޑުގައި މިއަދު އެމެރިކާ އިން ވަނީ 1 ޑްރޯން ވައްޓާލާފައެވެ. މިއީ އެތައް ސަތެކަ ޑްރޯންގެ ތެރެއިން އެންމެ ޑްރޯނެކެވެ. މިވެސް ވައްޓައިލެވުނީ އެހެން ޑްރޯންތަކާއި ހިލާފަށް ވަރަށް ތިެިއަށް ޖެހިލިތަނާއެވެ.
