އިނގިރޭސިވިލާތާއި، ޖަރުމަނުވިލާތާއި، ފްރާންސް ގެ ސިފައިން ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުގައި ހިމަނާނެކަމަށް އީރާނުން އިޢުލާން ކޮށްފިއެވެ. މިތިން ޤައުމުގެ ސިފައިން ހިމަނާނީ ، ކުރިން ވެސް އީރާނުން ޓެރަރިސްޓު ޖަމާއަތުގެ ގޮތުގައި ބަލަމުންއަންނަ ލިސްޓްގައިކަމަށް ބުނެފައިވެއެވެ.
އީރާނާއި އަފްޣާނިސްތާނާއި ޔަމަން ފިޔަވައި ދުނިޔޭގެ ހުރިހާ މުސްލިމު ޤައުމަކުން އެމެރިކާ އާއި އިޒްރޭލު ދެކެ ބިރު ގަންނަ ކަމަށް އީރާނުން ދެކެވެ.
ބުނެވުނު ޤައުމުތަކުގެ ސިފައިން ޓެރަރިސްޓް ލިސްޓުގައި ހިމަނާނެކަމަށް އީރާނުން ބުނެފައި މިވަނީ އީރާނުގެ ޕާސްދާރު އިންޤިލާބު ގެ ލަސްކަރު ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުގައި ހިމެނުމަށް އެ ޤައުމުތަކުން ނިންމާފައިވާތީކަމަށް ބުނެފައިވެއެވެ.
