ސެނެގަލްގެ މަޝްހޫރު ފުޓުބޯޅަ ތަރި ސާޑިއޯ މާނޭގެ ގައިގައި ބައްދާލަން އުޅުމުން އެ ފުރުސަތު ނުލިބުނު ސަޕޯޓަރު ސޯފިއާ އަމެލިއާ އަށް މާނޭގެ ގައިގައި ބައްދާލުމުގެ ފުރުސަތު ލިބިއްޖެއެވެ.
މި ފުރުސަތު އޭނާ އަށް ހޯދައި ދިނީ މާނޭގެ އަންހެނުންނެވެ.
ކުރިން ސޯފިއާ އަށް ޗާންސު ނުލިބުނީ އޭނާ ލައިގެން ހުރި ހެދުން މާ ބޮޑަށް ކުރު ވުމުގެ ސަބަބުން ކަމަށް ވެއެވެ.
މިފަހަރު ސާޑިއޯ މާނޭ އާއި އޭނާގެ އަންހެނުން، ސޯފިއާ އަށް ދައުވަތު ދިނީ އަލްނަސްރުގެ މައި އޮފީހަށް އައުމަށެވެ. އެއާއި އެކު ދުންޖަހާފައި ސޯފިއާ އައިސް މާނޭގެ ގައިގައި ބައްދާލަމުން، “ހުވަފެން ހަގީގަތަކަށް ވެއްޖެ” ކަމަށް ބުންޏެވެ.
