އެމެރިކާގެ އެންމެ ބޮޑު ހަނގުރާމަމަތީ އެއް މަނަވަރު ކަމަށްވާ އަބްރަހަމް ލިންކެން ފައްތާލާ ނުރައްކާތެރި އަބޫ މަހްދީ ސަބްމެރިން މިސައިލް އަޕްގްރޭޑް ކުރުމަށްފަހު އީރާނުން ކާމިޔާބު ކަމާއި އެކު ޓެސްޓް ކޮށްފިއެވެ.
އަބޫ މަހްދީ ސަބްމެރިން މިސައިލަކީ ކަނޑު އަޑިން ދަތުރުކުރާ ބާރުގަދަ މިސައިލެކެވެ. މި މިސައިލް ޖެހިއްޖެ ކޮންމެ ތަނެއް އެއީ ފުލް ބުލޮކް 100 ފޫޓުގެ ދަގަނޑުން ހުއްޓަސް އެވެސް ތިރުފާލައި ފުނޑާލާ ވަރުގެ ބާރު ގަދަ މިސައިލެކެވެ. މި މިސައިލުގެ ކުޅަދާނަ ކަމަކީ ބޯޓު ފަހަތުން މީތި ދުވާނެއެވެ.
މި މިސައިލަކީ 2600 ކިލޯމީޓަރަށް ދަތުރުކުރާ މިސައިލެކެވެ. އެމެރިކާގެ ބިޔަ މަނަވަރު އަބްރަހަމް ލިންކެން އޮތީ މި ރޭންޖުގައެވެ.
