Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ބިދޭސީންނާއިމެދު ގޯސްކޮށް ޢަމަލުކުރާ ފަރާތްތައް މިއަދުން ފެށިގެން ޖޫރިމަނާ..!
  • ޚަބަރު

ބިދޭސީންނާއިމެދު ގޯސްކޮށް ޢަމަލުކުރާ ފަރާތްތައް މިއަދުން ފެށިގެން ޖޫރިމަނާ..!

admin September 15, 2025
B8CA7A1C-DA94-4A1E-9480-086D3DB1C44F

ދިވެހިރާއްޖެއަށް ބިދޭސީން އެތެރެކޮށް، އެމީހުންނާމެދު އިހުމާލުވާ ފަރާތްތަކާމެދު މިއަދުން ފެށިގެން ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފިއެވެ. ގަވާއިދާއި ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުންދަނީ މިހާރުވެސް އިސްކަންދެއްވައިގެން މަސައްކަތްޕުޅު ކުރައްވަމުންނެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިންވަނީ މިކަން ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާއި ގުޅިގެން މަސައްކަތް ފަށްޓަވާފައެވެ. ގިނަ ފަހަރު ފެންނަ ގޮތުގައި، އެކި މަސައްކަތްތައް ކުރުމަށްޓަކައި ބިދޭސީން ރާއްޖެއަށް ގެނެސް، އެމީހުންގެ އަތުން ބޮޑެތި ޢަދަދުތަކުން ޑިޕޮސިޓް ނެގުމަށްފަހު، ރާއްޖެއަށް ގެނެސް ދޫކޮށްލާ މައްސަލަވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިގޮތަށް ދޫކޮށްލާއިރު، އެމީހުންނަށް ރަސްމީ ލިޔެކިޔުންތައް ނުދިނުމުގެ ސަބަބުން، ނިޒާމުގައި އެމީހުން ހިމެނިގެންދަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ގޮތުގައެވެ.
މިފަދަ ޢަމަލުތަކުގެ ސަބަބުން އިންސާނީ ވަގުފާރިއަށް ފުރުސަތު ފަހިވާކަމަށް ފާހަގަކުރެވެއެވެ.
ވުޒާރާއިން ވިދާޅުވި ގޮތުގައި، ބިދޭސީން ގެނެސް އިހުމާލުވާ، ވަޒީފާދޭ ފަރާތްތައް ވަޒީފާއާއި ބެހޭ ޤާނޫނުގެ ދަށުން ފަންސާސްހާސް ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. މީގެ ތެރޭގައި މުސާރަ ނުދިނުމާއި، ރާއްޖެ ގެނައުމަށްފަހު އެމީހުން އެކްސްޕްލޮއިޓްކުރެވޭނެފަދަ ޢަމަލެއް ހިންގުން، ބިދޭސީން ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އޭނާ ލައްވާ އަދާކުރުވުން، އަދި ބިދޭސީންނަށް ފޯރުކޮށްދޭން ޤާނޫނާއި ގަވާއިދުތަކުގައި ބަޔާންކުރާ އަސާސީ ކަންކަން ފުރިހަމަކޮށް ނުދިނުން ހިމެނެއެވެ. މިފަދަ ކޮންމެ ޙާލަތެއްގައިވެސް މިއަދުން ފެށިގެން އެފަރާތްތައް ފަންސާސްހާސް ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.
އަދި ވަޒީފާއާއި ބެހޭ ޤާނޫނުގެ 65 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރޭގައި ނުހިމެނޭކަމެއްނަމަ، ވަޒީފާ ދޭ ފަރާތްތައް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރާނެކަމަށްވެސް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިންވަނީ ހާމަކުރައްވާފައެވެ.
ބިދޭސީން ރާއްޖެ ގެނެސް އެމީހުން ނިޒާމުގެ ތެރެއަށް ދޫކޮށްލައި، އެމީހުންނާމެދު އިހުމާލުވާ މައްސަލަ ރާއްޖޭގައިވަނީ ވަރަށް ބޮޑުވެފައެވެ. ގަވާއިދާ ޚިލާފަށް ބިދޭސީން ދިރިއުޅެމުންދާއިރު، އެމީހުން ރާއްޖޭގައި މަސައްކަތް ކުރުމަށްޓަކައި ހޯދަންޖެހޭ ވަރކްޕަރމިޓާއި، ވިސާ ފީތަކާއި، އެނޫންވެސް ދައުލަތަށް ދައްކަންޖެހޭ ފީތައް ނުދައްކާ އުޅެމުން އަންނަ ބިދޭސީންގެ ނިސްބަތްވެސްވަނީ އިތުރުވެފައެވެ.
ގަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން ބޮޑެތި ވިޔަފާރިތަކުގައި ހަރަކާތްތެރިވެ، އިޤްތިޞާދީ މަސައްކަތްތަކުގައި ބައިވެރިވުމާއި، އެމީހުންގެ ސަބަބުން ކުރިމަތިވަމުންދާ އިޖުތިމާޢީ އަދި ސިއްޙީ އެކި މައްސަލަތަކުގެ ކަންބޮޑުވުންވަނީ ބޮޑުވެފައެވެ. މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުންވަނީ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، މީހުން ނިޒާމަށް ފެއްތުމުގެ މަސައްކަތް ފަށްޓަވާފައެވެ. ހަމަމިއާއެކު ނިޒާމުގެ ތެރޭގައި ތިބި ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފީތައް ދެއްކޭނެ އިންތިޒާމު ހަމަޖައްސާ، އެ ފީ ދައްކަމުން ނުދާ ފަރާތްތައް އެކްސްޕެޓް ޕޯޓަލްގެ ތެރެއިންވަނީ ސަސްޕެންޑުކޮށް ޚިދުމަތް ނުލިބޭގޮތަށް ހަދާފައެވެ. މިފީތައް ދެއްކުމަށް އަހަރެއްގެ މުއްދަތުވަނީ ދީފައެވެ.

އިންސާނުންގެ ސިކުނޑީގައި ވެސް ޕްލާސްޓިކް

އެމެރިކާ އާއި ދެކޮޅަށް ނިއުކްލިއާ ދެބާރުން އީރާނާއި އެކު ޑީލެއް ހަދައިފި

ހަރަމްފުޅުގެ އިމާމް އައްދައުސަރީ ރާއްޖެ ގެންނަނީ

Continue Reading

Previous: ހާލަންޑުގެ ދެގޯލާއެކު ސިޓީއަށް މޮޅެއް
Next: އުނަގަނޑުގައި ރިއްސާތަ؟ ހަދާނީ ކިހިނެއް؟

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.