ހަނގުރާމައެއް ފަށައިފިނަމަ މިފަހަރު ހިނގާނީ ސަރަހައްދީ ހަނގުރާމައެއް ކަމަށާއި އިސްރާއީލާއި އެމެރިކާ އަށް ވާގި ދީގެން އީރާނާއި ކުރިމަތިލާ ކޮންމެ ބަޔަކާއި ދެކޮޅަށް އީރާން ނުކުންނާނީ ކުރިޔަށް ވުރެ ގަދަފަދަ ބާރާއި އެކުގައި ކަމަށާއި އަދި އިސްރާއީލުގެ ވަސް ވެސް ފޮހެލެވިދާނެ ކަމަށް ބުނެ އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވަރަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.
ޚާމަނާއީ މި އިންޒާރު ދިނީ އެ ޤައުމަށް އެމެރިކާ އިން ޙަމަލާ ދިނަސް އެކަމުގައި ބައިވެރި ނުވާނެ ކަމަށް ޓެލްއަވީވް އިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
ޚަބަރުތައް ބުނާ ގޮތޔުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ އޮފިޝަލުންނާއި އެކު މަޝްވަރާ ކުރުމަށް ނިންމާފައެވެ.
އަނެއްކޮޅުން އީރާނުން ވަނީ ޔޫރަޕިއަން ޔޫނިއަންގެ އަސްކަރިއްޔާ އަކީ ޓެރަރިސްޓުން ކަމަށް ލޭބަލް ވެސް ކޮށްފައެވެ. ސަބަބަކީ، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އަކީ ޓެރަރިސްޓުން ކަމަށް އީޔޫ އިން ކަނޑައެޅުމާއި ގުޅިގެންނެވެ.
