Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އެމެރިކާ، ޔޫކޭ، ކެނެޑާ އަދި އޮސްޓްރޭލިޔާއިން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާން އޮތީ އަންގާފަ! ސިންގަޕޫރުން ނާންގާ!
  • ވިޔަފާރި
  • ޚަބަރު

އެމެރިކާ، ޔޫކޭ، ކެނެޑާ އަދި އޮސްޓްރޭލިޔާއިން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާން އޮތީ އަންގާފަ! ސިންގަޕޫރުން ނާންގާ!

admin May 12, 2025
images (30)

ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް

މި އިންޒާރުތަކުގައި ޓެރަރިޒަމްގެ ނުރައްކާ، ރާއްޖޭގައި ކުރަމުންދާ މުޒާހަރާ އަދި ކުށްކުރުން ފަދަ ކަންކަމާ ގުޅިގެން ރާއްޖެއަށް ދަތުރުކުރާއިރު ސަމާލުވުމަށް އެ ޤައުމުތަކުގެ ރައްޔިތުންނަށް އިރުޝާދު ދީފައިވެއެވެ. ރާއްޖޭގެ ފަރާތުން މިފަދަ އިންޒާރުތަކެއް ނެތްކަމަށް ބުނެފައިވީ ނަމަވެސް، މި އިންޒާރުތައް އަދިވެސް ދެމިހުރިކަން ފާހަގަކުރެވެއެވެ. ސިންގަޕޫރުން ރާއްޖެއަށް ދަތުރު ނުކުރުމަށް އަންގާފައިވާ ކަމަށް ބުނެ ފަތުރައިގެން އުޅެނީ ސީދާ ކަނޑައެޅިގެން ދޮގެކެވެ.

މިއީ ސީދާ ދޮގެއް. ފޮރިން މިނިސްޓްރީން ވަނީ މިކަން ދޮގުކޮށްފަ.

އެމެރިކާ، އޮސްޓްރޭލިއާ، އިނގިރޭސިވިލާތް އަދި ކެނެޑާއިން ވަނީ ރާއްޖެއަށް ދަތުރުކުރުމާ ގުޅޭ ގޮތުން އިންޒާރުތަކެއް މިވަގުތު ދީފައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ރާއްޖެއަށް ދަތުރުކުރާއިރު އިތުރު ސަމާލުކަމެއް ދިނުމަށް އެދި ލެވެލް 2 ގެ އިންޒާރެއް ދީފައެވެ.

މީގެ އިތުރުން އޮސްޓްރޭލިއާ ސަރުކާރުން ވަނީ އާންމު ހަމަނުޖެހުންތަކާއި ޓެރަރިޒަމްގެ ނުރައްކަލާ ގުޅިގެން ރާއްޖެއަށް ދަތުރުކުރާއިރު ވަރަށް ބޮޑަށް ސަމާލުވުމަށް އިރުޝާދު ދީފައެވެ.

އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އޮފީހުން (އެފްސީޑީއޯ) ވެސް ވަނީ ރާއްޖެއަށް ދަތުރުކުރާއިރު ސަމާލުވުމަށް އިރުޝާދު ދީފައެވެ.

ހަމައެހެންމެ ކެނެޑާ ސަރުކާރުން ވަނީ ޓެރަރިޒަމްގެ ނުރައްކަލާ ގުޅިގެން ރާއްޖެއަށް ދަތުރުކުރާއިރު ވަރަށް ބޮޑަށް ސަމާލުވުމަށް އިރުޝާދު ދީފައެވެ.

މި އިންޒާރުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި ޓެރަރިސްޓް ޖަމާޢަތްތަކުން ފަތުރުވެރިންގެ މަންޒިލުތަކާއި، ދަތުރުފަތުރުގެ މަރުކަޒުތަކާއި، މާރުކޭޓުތަކާއި، ޝޮޕިންގ ސެންޓަރު އަދި ސަރުކާރުގެ އިދާރާތައް އަމާޒުކޮށްފާނެ ކަމަށް ފާހަގަކޮށްފައި ވެއެވެ. އަދި މިފަދަ ހަމަލާތައް ދުރު ރަށްރަށުގައި ހިނގައިފިނަމަ އެކަމަށް އިޖާބަދިނުމަށް ގިނަ ވަގުތު ނަގާފާނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ފަރާތުން ބައެއް އޭޖެންސީން މިފަދަ އިންޒާރުތަކެއް ނެތްކަމަށް ބުނެފައިވީ ނަމަވެސް، މަތީގައި ބަޔާންކުރެވުނު ޤައުމުތަކުން އަދިވެސް އޮތީ ޓްރެވެލް އެޑްވައިޒަރީ ނެރެފަ އެވެ.

އެރްދޮޣާންގެ އިންޒާރާއި އެކު، އެމެރިކާއިން އިރާނާއި މަޝްވަރާ ކުރުމަށް ތުރްކިޔޭއަށް ދަނީ

އެޗްއާރުސީއެމްގެ ރައީސްގެ މަޤާމަށް ކުރީގެ ހީވާގި ވަޒީރު ޑރ. ޢާއިޝަތު ރަމީލާ

ސަރުކާރުން އަތޮޅުތައް އުވާލާ ކަމަށް ދައްކާ ވާހަކަތަކަކީދޮގެއް

Continue Reading

Previous: ދައުރު ހަމަވާން ދޮޅު އަހަރަށްވުމުން، ގޮނޑި ހުސްވެއްޖެނަމަ ބައި-އިލެކްޝަން ނުބާއްވަން ހުށައަޅައިފި
Next: ހެސްކިޔާފަ ނަރުހުންގެ އަގު ވަޒަންކުރާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

Related Stories

35E44987-6A40-462D-A332-85931DE677BA
  • ޚަބަރު

އެ އެންމެން ބަރާބަރަށް ފަތިސްނަމާދަށް އާދޭ. ރެޔަކު ނާދޭ. ނައިސްގެން ބެލިއިރު އެންމެން ތިބީ މަރާލާފަ!

admin February 10, 2026
E4B42E06-719E-4946-9537-80AB688D57A7
  • މީހުން
  • ޚަބަރު

ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ވައްކަންކުރާ މައްސަލައިގައި ބޭޒާރުވެއްޖެ

admin February 7, 2026
FA8388C0-E3CF-42B1-8A30-D68AB76B335A
  • ރިޕޯޓް
  • ޚަބަރު

އިންސާނުންގެ ސިކުނޑީގައި ވެސް ޕްލާސްޓިކް

admin February 6, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.