ސްޓާލިންކު ސެޓްލައިޓުގެ ޖީޕީއެސް ޖޭމްކޮށްލުމަކީ ދުނިޔޭގެ ކޮންމެ ސެޓެލްއިޓެއް ޖޭމް ކޮށްލުމުގެ ފުރިހަމަ ބާރު އީރާނަށް ލިބިގެންވާ ކަމުގެ ހެއްކެއް
އީރާނުގެ އަސްކަރިއްޔާގައި ކުރިން ބަޔަކަށް އެނގިފައި ނުވާހާ މޮޅު ޓެކްނޮލޮޖީ އެބަހުއްޓެވެ. އެ މީހުން ވަނީ ބިލިއަނަރު އެލޮން މަސްކުގެ ސްޓާލިންކް އިންޓަނެޓުގެ ޚިދުމަތަށް ބުރޫ އަރުވާލާފައެވެ. މިވަރުގެ ކަމެއް މިހާތަނަށް ދުނިޔޭގެ އެއްވެސް ބަޔަކަށް ކުރެވިފައެއް ނެތެވެ.
ތެހެރާނު ސަރުކާރާއި ދެކޮޅަށް ކުރިއަށްދާ މުޒާހަރާތަކުގެ ތެރޭގައި އީރާނުން ވަނީ އެ ޤައުމުގެ އިންޓަނެޓްގެ ޚިދުމަތް ކަނޑާލާފައެވެ. ޚާއްޞަކޮށް އެލޮން މަސްކްގެ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ޚިދުމަތަށް ވެސް އީރާނުގެ މިލިޓަރީ ޓެކްނޮލޮޖީގެ ކުރިމަތީގައި ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ނުކުޅެދިފައެވެ.
އީރާނުގެ އަސްކަރިއްޔާގެ އިލެކްޓްރޯނިކް ޖޭމިންގ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން މަސްކުގެ ސެޓްލައިޓުގެ ޚިދުމަތް ފޫއަޅުވައިލިއިރު، އީރާނުން ވަނީ ސްޓާލިންކުގެ ޖީޕީއެސް ސިގްނަލްތައް ޖޭމްކޮށްފައި ކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ އިޢުތިރާފު ވެފައެވެ.
އިސްރާއީލުން ޣައްޒާ ހަނގުރާމައިގައި އިންޓަނެޓް ކަނޑައިލި އިރުވެސް ސްޓާލިންކްގެ ޚިދުމަތް ނޫސްވެރިންނަށް ބޭނުން ކުރެވުނެވެ. އެހެންކަމުން އީރާނުގެ ކޮންޓްރޯލުން ބޭރުގައި ހުންނަ ސެޓްލައިޓްތައް ވެސް ޖޭމް ކޮށްލުމުގެ ފުރިހަމަ ބާރު އީރާނަށް ލިބިގެންވާ ކަމަށް މިއަދު މުޅި ދުނިޔެ ޤަބޫލު ކުރެއެވެ.
