Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އައިންތު މިސްގެ ޢާއިލާއަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި
  • ޚަބަރު

އައިންތު މިސްގެ ޢާއިލާއަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

admin January 22, 2026
F25ACBB5-C98A-493F-A3F9-03D4431BE2FE

ދިވެހިބަސް އުނގަންނައި ދެއްވުމާއި ބަސް ކުރިއެރުވުމުގައި ދިގު މުއްދަތަކު ޚިދުމަތް ކޮށްދެއްވި އާމިނަތު ޙަސަން (އައިންތު މިސް) އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. 

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިބަސް އުނގަންނައި ދެއްވުމާއި ބަސް ކުރިއެރުވުމުގައި ދިގު މުއްދަތަކު ޚިދުމަތް ކޮށްދެއްވި އާމިނަތު ޙަސަން އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް، އަދި ތަޢުލީމާއި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ތަޢުޒިޔާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމާ އާމިނަތު ޙަސަނަށް މާތްﷲގެ ތަނަވަސް ރަޙްމަތް މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރައްވާފައެވެ.

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

ދިވެހިބަސް އުނގަންނައި ދެއްވުމާއި ބަސް ކުރިއެރުވުމުގައި ދިގު މުއްދަތަކު ޚިދުމަތް ކޮށްދެއްވި އާމިނަތު ޙަސަން (އައިންތު މިސް) އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް، އަދި ތަޢުލީމާއި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްކުރައްވާ… pic.twitter.com/6KY20Bcbap

— Dr Mohamed Muizzu (@MMuizzu) January 22, 2026

އައިންތު މިސް ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު އައިޖީއެމްއެޗްގައެވެ. ނިޔާވީއިރު އުމުރުފުޅަކީ 58 އަހަރެވެ.

އައިންތު މިސް ވަނީ ދިވެހި ބަސް އުނގަންނައިދިނުމުގައި 34 އަހަރު ހޭދަކުރައްވާފައިފައެވެ. އައިންތު މިސް ވަނީ މީޑިއާ ކައުންސިލްގެ މެމްބަރުކަމާއި، އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުކަންވެސް ކުރައްވާފައެވެ.

އައިންތު މިސްއަކީ އެންމެންނާވެސް ގުޅޭ ވަރަށް ހިތްހެޔޮ މީހެއްގެ ގޮތުގައި ދަންނަ ފަރާތްތަކުން ސިފަކުރައްވައެވެ. އަދި މިއީ ދިވެހި ބަހަށް ވަރަށް ބޮޑަށް ލޯބި ކުރެއްވި ކަނބަލެއްގެ ގޮތުގައި ދިވެހި ބަހުގެ މާހިރުން ސިފަކުރައްވައެވެ.

އައިންތު މިސްގެ ކަށު ނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

މައްސަލައަކީ ބަހުގެ މައްސަލައެއް ނޫނެވެ. ޢަޤީދާގެ މައްސަލައެކެވެ.

3 ކިލޯ މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

ރައީސްގެ “ޖެނެރޭޝަނަލް ބޭން” - މިއަދު އޮތީ ވަޒީރުންގެ މަޝްވަރާ

Continue Reading

Previous: މައްސަލައަކީ ބަހުގެ މައްސަލައެއް ނޫނެވެ. ޢަޤީދާގެ މައްސަލައެކެވެ.
Next: ޣައްޒާގެ ހުރިހާ ބާރެއް އަތުލުމުގެ މަސައްކަތް ފަށަން ސޮއި ކޮށްފި

Related Stories

Screenshot_20260215-112302
  • ލައިފްސްޓައިލް
  • ޚަބަރު

ދަރިފުޅަށް ދެއަހަރު ވަންދެން އޮފީހަށް ނުދިޔަޔަސް މުސާރަ ލިބޭގޮތް ހަދަނީ

admin February 15, 2026
Screenshot_20260215-112800
  • ޚަބަރު

ރޯދަމަހު އޮފީސް ގަޑިއަށް އިތުރު ބަދަލެއް ނާންނަ ކަމަށް ރައީސް އޮފީހުން ބުނެފި

admin February 15, 2026
04DDA77C-1405-49D6-A7BF-46D71A87A96C
  • ވިޔަފާރި
  • ޚަބަރު

ޤަބޫލު ކުރިޔަސްނުކުރިޔަސް، ކްރޫޒް ޝިޕްތަކަށް ޓޫރިޒަމް އާއި ގުޅުން ހުރި މުއައްސަސާތަކުގެ އިހުމާލު ބޮޑު

admin February 14, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.