ފަލަސްޠީނުގެ ޣައްޒާގެ ގަބުރުސްތާނަކަށް ވަދެ އެތަން ކޮނެ، 250 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑުތައް ޔަހޫދީން ނަގައިފިއެވެ. އެމީހުން ބުނީ، ގެއްލިފައިވާ ޔަހޫދީންގެ ސިފައިންގެ މީހަކު ވަޅުލާފައި އޮތީ އެ ސަހަރާގައި ކަމަށް އެމީހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށާއި، އަދި އެތަން ކޮނެގެން ތިމަންނަނާމެން ވާނީ އެ ސިފައިންގެ މީހާގެ ހަށިގަނޑު ދެނެގަނެފައި ކަމަށް ޔަހޫދީ ސިފައިން ބުންޏެވެ.
އެ މީހުން ބުނާ ގޮތުން އެ ގަބުރުސްތާނުގައި ވަޅުލާފައި ވަނީ އޮކްޓޯބަރު 7، 2023 ގައި ޙަމާސް އިން ރަހީނު ކުރި މީހެއްގެ ހަށިގަނޑެވެ.
މިކަމުގައި ޔަހޫދީން ހަދަނީ ތެދެއް ކަމެއް ކަށަވަރެއް ނުވެއެވެ.
