
ރައީސް ޑރ. މުޢިއްޒު އަދި ތުރުކީގެ ރައީސް އެރްދޮޣާން
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގަތުމާއެކު ތުރުކީ ވިލާތުން ދިވެހިރާއްޖެއަށް އެންމެ ޒަމާނީ ހަނގުރާމަމަތީ މަނަވަރެއް ދީފިއެވެ.
މި މަނަވަރު ކުރިޔަށް އޮތް ދެތިންމަސްތެރޭ ރާއްޖެއަށް އަންނާނެއެވެ.

ބިތުފަންގިއަށް އެނގިފައިވާ ގޮތުގައި މި މަނަވަރުގައި މުޅި އިންޑިއާ ކަނޑާއި އެކަނޑާއި ގުޅިފައިވާ ރާއްޖޭގެ އެންމެހާ ސަރަޙައްދުތައް ވަރަށް ބަރާބަރަށް މޮނިޓާ ކުރުމުގެ ޤާބިލްކަން ލިބިގެން ވެއެވެ. އަދި އަރަބިއަން ސީ އިން ރާއްޖޭގެ ސަރަޙައްދަށް ކައިރިކުރަން އުޅޭ އުޅަނދުތައް ވެސް ބަރާބަރަށް މޮނިޓާ ކުރެވޭނެއެވެ. މީގެ އިތުރުން ޒީރޯ ޑިގްރީ ޗެނަލް ސަރަހައްދު ވެސް ބަރާބަރަށް މޮނިޓަ ކުރުމުގެ ގާބިލްކަން މި މަނަވަރަށް ލިބިގެން ވެއެވެ.

ޓީސީޖީ ވޮލްކަން (ޕީ-343) މަރުކާގެ މި މަނަވަރަކީ 58.1 މީޓަރު ދިގުމިނުގައި ހުންނަ 12،000 ހޯސްޕަވަރުގެ މަނަވަރެކެވެ.