Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ވަޒީފާގެ ވާޖިބު އަދާކުރައްވަނިކޮށް ނިޔާވި އެމްޕީއެލް މުވައްފުގެ ޢާއިލާ އަށް ރައީސްގެ ތަޢުޒިޔާ
  • ޚަބަރު

ވަޒީފާގެ ވާޖިބު އަދާކުރައްވަނިކޮށް ނިޔާވި އެމްޕީއެލް މުވައްފުގެ ޢާއިލާ އަށް ރައީސްގެ ތަޢުޒިޔާ

admin January 22, 2026
939FBC43-0D8F-4979-9DB9-4D854AB61F8F

މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހުއްޓާ ފިޓުޖެހިގެން ނިޔާވި އެމްޕީއެލް މުވައްޒަފުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. 

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްޕީއެލްގެ ޒުވާން މުވައްޒަފަކު ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވި ހިތާމަވެރި ޙާދިސާއާ ގުޅިގެން، މަރްޙޫމްގެ ޢާއިލާއަށާއި އެމްޕީއެލްގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވާފައެވެ. 

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

އެމްޕީއެލްގެ ޒުވާން މުވައްޒަފަކު ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވި ހިތާމަވެރި ޙާދިސާއާ ގުޅިގެން، މަރްޙޫމްގެ ޢާއިލާއަށާއި އެމްޕީއެލްގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވަން.

މަރްޙޫމް އަމީން ޢަބްދުލްޙަމީދަށް ސުވަރުގޭގެ ދާއިމީ… pic.twitter.com/UWV96yGoRi

— Dr Mohamed Muizzu (@MMuizzu) January 22, 2026


ނިޔާވެފައިވަނީ އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އަމީން ޢަބްދުލްޙަމީދެވެ. އޭނާ ޑިއުޓީގައި ހުއްޓާ ފިޓު ޖެހި، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

ޑިއުޓީގައި ހުއްޓާ ފިޓުޖެހި، އަމީން ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު ޖެޓީ ސަރަހައްދު މޫދަށް ކަމަށް އެމްޕީއެލުން ވިދާޅުވިއެވެ. އަދި މި ހާދިސާ ހިނގުމާއެކު، އެ ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އިމަޖެންސީ ރެސްޕޮންސް ޓީމުން ވަގުތުން އެ ސަރަހައްދަށް އެޓެންޑްވެ، އެމްބިއުލަންސްގައި އަމީން އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމަށްވެސް ވިދާޅުވިއެވެ.

އުމުރުން 30 އަހަރުގައި އަމީން ނިޔާވިއިރު މަސައްކަތްކުރަމުންދިޔައީ އެމްޕީއެލްގެ ފްލީޓް ސަރވިސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއަރ ޑެކް ހޭންޑެއްގެ މަޤާމުގައެވެ. އެ ކުންފުންޏާ އަމީން ގުޅުނީ 2020 ވަނަ އަހަރު ކަމަށް އެމްޕީއެލުން ވިދާޅުވިއެވެ.

ކުއްލި ޚަބަރު: އެމްޕީއެލްގައި ޒުވާނަކު ނިޔާވެއްޖެ

ޓްރަމްޕް މަރާލާނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފި

ކުއްލި ޚަބަރު: މާދަމާއިން ފެށިގެން ޣައްޒާއަށް އެތެރެވާ ކޮންމެ ބޮލަކަށް 3 މީހުން ބޭރުކުރަނީ

ބެންކޮކް ދަތުރާ ގުޅިގެން ނެރުނީ ޒިންމާއިން ބޭރު، ހަގީގަތާ ހިލާފު ރިޕޯޓެއް: ހދ. އަތޮޅު ކައުންސިލް

Continue Reading

Previous: މައުމޫން ކުށުން ބަރީޢަ ވެއްޖެ
Next: މައްސަލައަކީ ބަހުގެ މައްސަލައެއް ނޫނެވެ. ޢަޤީދާގެ މައްސަލައެކެވެ.

Related Stories

35E44987-6A40-462D-A332-85931DE677BA
  • ޚަބަރު

އެ އެންމެން ބަރާބަރަށް ފަތިސްނަމާދަށް އާދޭ. ރެޔަކު ނާދޭ. ނައިސްގެން ބެލިއިރު އެންމެން ތިބީ މަރާލާފަ!

admin February 10, 2026
E4B42E06-719E-4946-9537-80AB688D57A7
  • މީހުން
  • ޚަބަރު

ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ވައްކަންކުރާ މައްސަލައިގައި ބޭޒާރުވެއްޖެ

admin February 7, 2026
FA8388C0-E3CF-42B1-8A30-D68AB76B335A
  • ރިޕޯޓް
  • ޚަބަރު

އިންސާނުންގެ ސިކުނޑީގައި ވެސް ޕްލާސްޓިކް

admin February 6, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.