މަނަވަރުތައް ފެތި ބޮޑު ލަދަކާއި ކުރިމަތިލާން ޖެހިދާނެތީ އެމެރިކާ އިން އީރާނާއި އެކު މަޝްވަރާގެ މޭޒަށް ދާން ބޭނުންވާ ކަމުގެ އިޝާރާތެއް ދީފިއެވެ.
އެމެރިކާގެ އޮފިޝަލުންނާއި ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތަކުން ވެސް ދައްކާ ގޮތުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ ބޮޑު ފައުޖެއް އޮތީ އީރާނު ސަރަޙައްދުގައެވެ.
އެމެރިކާ އިން އީރާނުގެ ވެރިކަން ބަދަލުކޮށް އީރާނުގައި އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް ޤާއިމް ކުރުމަށްޓަކައި، އީރާނުގެ ސުޕްރީމް ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލަން މަސައްކަތް ކުރާ ކަމަށާއި، އެކަމުގެ ރައްދުގައި އީރާނުން އެލާތް ލެވެލް އެންމެ މައްޗަށް ޖައްސާލައި، އެމެރިކާއިން އީރާނަށް ޙަމަލާ ދީފި ނަމަ އެމެރިކާގެ މަނަވަރުތައް ކަނޑު އަޑިއަށް ފައްތާލާނެ ކަމަށް އީރާނުން ބުނުމާއި، އަދި ވަށައިގެންވާ ޤައުމުތަކުން އީރާނުގެ ނުރައްކަލުން ސަލާމަތްވާނޭ ގޮތެއް ހޯދުމަށް އެމެރިކާ އަށް ޕްރެޝަރު ކުރަމުން ގެންދާތީވެ، މިހާރު އެމެެރިކާ އިން މަސައްކަތް ކުރަމުން ދަނީ ސިއްރިޔާތުގައި ރަޝިޔާ މެދުވެރިކޮށްގެން އީރާނާއި އެކު ޕީސް ޓޯކަކަށް އެރުމަށް ކަމަށް ބިތުފަންގި ގަބޫލުކުރާ މަސްދަރަކުން ބުނެފިއެވެ. ނަމަވެސް މި ކަމެއް ބައިނަލް އަޤްވާމީ އެއްވެސް މަސްދަރަކުން އަދި ކަށަވަރެއް ނުކުރެއެވއ.
ހޫޘީންނާއި ލުބުނާނުގައިވާ އީރާނުގެ މިލިޝިއާތަކުން ވެސް ބުނީ އެމެރިކާ އިން އީރާނަށް ޙަމަލާ ދީފި ނަމ އެމީހުންގެ އަމާޒަކަށް ވާނީ އިސްރާއީލާއި އެމެރިކާގެ އުޅަނދުތަކެވެ.
އަނެއްކޮޅުން އެމެރިކާގެ ޖާސޫސުންނަށް ވެސް މިހާރު ވަނީ އީރާނުގައި އެމެރިކާގެ ބޯޓުތަކަށް ނުރައްކާ ކުރެވޭނެ ވަރުގެ ހަތިޔާރު ހުރި ކަމަށް ޔަޤީން ވެފައެވެ.

އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ފައްތާލާނެ ކަމަށް ބުނެ އީރާނުން އުފައްދާފައިވާ 4 ވައްތަރުގެ އާދަޔާއި ޚިލާފު މިސައިލްތައް؛
1. ޚާލިޖް ފާރިސީ، 2. ހުރްމުޒް-2، 3. ޤާދިރު، 4. އަބޫ މަހުދީ
1. “ޚާލިޖް ފާރސް” މިސައިލް
ވައްތަރު: އެންޓި ޝިޕް ބެލިސްޓިކް މިސައިލް
ރޭންޖް: ~300 ކިލޯމީޓަރު
ސްޕީޑް: ހައިޕަރސޮނިކް (މެކް 3+)
ގައިޑްލައިން: ރާޑަރ / އިލެކްޓްރޯ-އޮޕްޓިކަލް
އިންޒާރުގެ މިންވަރު: 🟥🟥🟥🟥🟥
2. “ހުރްމުޒް-2” މިސައިލް
ވައްތަރު: އެންޓި ރާޑަރ ބެލިސްޓިކް މިސައިލް
ރޭންޖް: ~300 ކިލޯމީޓަރު
ދައުރު: ރާޑަރާއި ވައިގެ ދިފާޢީ ނިޒާމުތައް ނައްތާލުން
މަޤްޞަދު: ދެން އަންނަ ޙަމަލާތަކަށް މަގު ސާފުކުރުން
އިންޒާރުގެ މިންވަރު: 🟥🟥🟥🟥🟥
3. “ޤާދިރު” މިސައިލް
ވައްތަރު: ދުރު ރާސްތާ ކްރޫޒް މިސައިލް
ރޭންޖް: ~300 ކިލޯމީޓަރު
ޞައްޙަކަން: ވަރަށް ހަބޭސް ވެފަ ނުރައްކާ
އިންޒާރުގެ މިންވަރު: 🟥🟥🟥🟥⬛️
4. “އަބޫ މަހުދީ” މިސައިލް
ވައްތަރު: އެޑްވާންސްޑް ނޭވަލް ކްރޫޒް މިސައިލް
ރޭންޖް: 1000+ ކިލޯމީޓަރު (އީރާނުން ބުނާ ގޮތުގައި)
ފްލައިޓް މަގު: ސްމާޓް އަދި މެނިއުވަރބަލް
އިންޒާރުގެ މިންވަރު: 🟥🟥🟥🟥⬛️
ބިތުފަންގި ޤަބޫލުކުރާ މަސްދަރުން ބުނީ އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވީ އީރާނުން ގުޅުން ބަދަހިކުރަން ބޭނުންނަމަ ވޮޝިންޓަން “ވިޔަފާރިއަށް ހުޅުވާލެވިފައިވާ” ކަމަށެވެ. މާނަ އަކީ، މިއީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ސަރަޙައްދީ ޙރަކާތްތަކާއި ގުޅިގެން ހިނގަމުންދާ މައްސަލަތަކެއް ހުރި ނަމަވެސް ގަންނާކުރެއްވި ލަދުން އެމެރިކާ އިން ސައިޒުވާ ކަމެވެ.
