Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ބޯހިޔާވަހިކަން އެންމެނަށް: ފޯމުތަކުގެ ވެރިފިކޭޝަން އަންނަ ހަފްތާގައި
  • ޚަބަރު

ބޯހިޔާވަހިކަން އެންމެނަށް: ފޯމުތަކުގެ ވެރިފިކޭޝަން އަންނަ ހަފްތާގައި

admin January 21, 2026
005F84B0-B268-4024-9A08-2A233640B3B3

ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން މިހާތަނަށް 877 ފޯމު ހުށަހަޅާފައިވާކަމަށާއި ހުށަހަޅާފައިވާ ފޯމުތަކުގެ ސައްހަކަން ދެނެގަތުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށްޓަވާނެކަަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. 

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުުށަހެޅުމަށް ހުޅުވާލީ މިމަހުގެ 18 ވަނަ ދުވަހުއެވެ. 

“ބޯހިޔާވަހިކަން އެންމެނަށް” މި ސިޔާސަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ބޯހިޔާވަހިކަން އެންމެނަށް، ސިޔާސަތުގެ ދަށުން މިހާތަނަށް ޖުމްލަ 877 އެޕްލިކޭޝަން ފޯމު ސަބްމިޓުކޮށްފައި ވާކަމަށެވެ. އޭގެތެރޭގައި ގޯއްޗަށް އެދި 221 ފަރާތަކުން ހުށަހަޅާފައިވާއިރު ފްލެޓަށް އެދި 416 ފަރާތަކުން ހުށަހަޅާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޑްރާފްޓު ސްޓޭޖުގައި 5599 ފަރާތެއްގެ ފޯމް އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ވަޒީރު ވިދާޅުވީ، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގައި އަވަހަށް އެޕްލައިކުރުމަކީ މުހިންމުކަމެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި ހުރިހާ ލިޔެކިޔުންތަކާއެކު، ރަނގަޅަށް ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް އިސްކަންދެއްވުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ. 

“އަވަހަށް އެޕްލައި ކޮށްގެން ލިބޭނެ އިތުރު ފައިދާއެއް ނޯންނާނެ. އިތުރު މާކްސްއެއް ނޯންނާނެ. އަދި މިއީ ފުރަތަމަ އެޕްލައި ކުރާ މީހުންނަށް ޚާއްސަކޮށްގެން ދޭ އުސޫލުން ހިނގާ ކަމެއްވެސް ނޫން. އެހެންވީމަ ވަރަށް މުހިންމު ކަމެއް ހަގީގަތުގަ ރަނގަޅަށް އެލްލިކޭޝަން ފުރިހަމަކޮށްފަ ސަބްމިޓްކުރުމަކީ” ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވަނީ، ނުބައި މަޢުލޫމާތާއެކު ފޯމު ފުރުމާއި، ޝަރުޠު ހަމަނުވާ ފަރާތްތަކުން ފޯމު ހުށަހެޅުންފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. 

” އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސްކުރަން ޝަރުޠު ހަމަނުވާ ފަރާތްތަކުން ނުބައި މަޢުލޫމާތުދީގެން ފޯމު ފުރުމަކީ ހަގީގަތުގަ ދައުލަތުގެ ރިސޯސަސް ވޭސްޓްކުރަން ކުރާކަމެކޭ. އެކަން ނުކުރައްވާށޭ. ޝަރުޠު ހަމަވާ ފަރާތްތަކުން ވީހާވެސް ރަނަގޅަށް އެކަށީގެންވާ ޑޮކިއުމަންޓްސްތަކާއެއްޗެހި ލައިގެން ސަބްމިޓްކުރާށޭ. ވަގުތު އެބައޮތޭ. ބިމަށް 45 ދުވަސް، ފްލެޓަށް 3މަސްދުވަސް”. ވަޒީރު ވިދާޅުވިއެވެ. 

ބޯހިޔާވަހިކަން އެންމެނަށް، މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެއިތުރުން، ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

ގޯތި ދޫކުރުމުގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު މިސްކީމުގެ ދަށުން ލިބިގެންދާނެއެވެ.

ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިޢުލާނު ކުރީ، މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުއެވެ. މި ސްކީމުގައި ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް ވަނީ ޢާންމުކޮށްފައެވެ.

މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ އަންނަ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ.

އެސްޓީއޯގެ ބަންކަރިން ޚިދުމަތުން 7.4 މިލިއަން ޑޮލަރުގެ އާމްދަނީ ލިބިއްޖެ

ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

ސީއެސްސީއަށް ކުރީގެ އެމްޕީ މުޖްތާޒް

Continue Reading

Previous: ޗާގޯސް ލިބުން އެންމެ ހައްގު ބޮޑީ ރާއްޖެއަށް ކަމަށް ރައީސް އަނެއްކާވެސް ވިދާޅުވެއްޖެ
Next: ކަރަންޓު ވަގު 8 މަހަށް ޖަލަށް!

Related Stories

35E44987-6A40-462D-A332-85931DE677BA
  • ޚަބަރު

އެ އެންމެން ބަރާބަރަށް ފަތިސްނަމާދަށް އާދޭ. ރެޔަކު ނާދޭ. ނައިސްގެން ބެލިއިރު އެންމެން ތިބީ މަރާލާފަ!

admin February 10, 2026
E4B42E06-719E-4946-9537-80AB688D57A7
  • މީހުން
  • ޚަބަރު

ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ވައްކަންކުރާ މައްސަލައިގައި ބޭޒާރުވެއްޖެ

admin February 7, 2026
FA8388C0-E3CF-42B1-8A30-D68AB76B335A
  • ރިޕޯޓް
  • ޚަބަރު

އިންސާނުންގެ ސިކުނޑީގައި ވެސް ޕްލާސްޓިކް

admin February 6, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.