ޗައިނާ އާއި އެކު ވިޔަފާރީގެ އާ ޑީލެއް ހަދައިގެން ނުވާނެ ކަމަށާއި، އެފަދަ ކަމެއް ކޮށްފި ނަމަ ކެނެޑާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ޓްރަމްޕް ބުނީ ކެނެޑާއިން އަމަލު ކުރަން ޖެހޭނީ އެމެރިކާ ވެސް އެދޭ ގޮތަށް ކަމަށާއި އަދި ވިޔަފާރި ވެސް ކުރަން ޖެހޭނީ އެމެރިކާގެ އެކުވެރި ގައުމުތަކާއި އެކުގައި ކަމަށެވެ. އެހެން ނޫން ނަމަ ކެނެޑާގެ ކޮންމެ މުދަލަކުން 100 ޕަސަންޓް ޓެރިފް ނަގާނެ ކަމަށެވެ.
ޓްރަމްޕް މިހެން އިންޒާރު ދިނީ ސްވިޒަލޭންޑުގެ ޑާވޯސް ގައި ކެނެޑާގެ ބޮޑުވަޒީރު ކާނީ މި ފަހުން ދިން ތަގުރީރަކާއި ގުޅިގެންނެވެ. ކާނީ ބުނީ ދުމިޔެ މިހާރު އޮތީ ބަދަލުވުމެއްގެ ތެރެއަކު ނޫން ކަމަށާއި، ދުނިޔެ ރޫޅެނީ ކަމަށެވެ. އެއީ ސީދާ ޓްރަމްޕާއި ގުޅުވައި ކާނީ ދެއްކި ވާހަކައެކެވެ. މި ކަމާއި ގުޅިގެން ޓްރަމްޕް ވަނީ ބޯޑް އޮފް ޕީސް އަށް ކާނީ އަށް އޭނާ ދީފައިވާ ދައުވަތު ވެސް އަނބުރާ ގެނެސްފައެވެ.
ކެނެޑާގެ މުދަލުން ޓެރިފް ނަގާނެ ވާހަކަ، ވެރިކަމަށް އައުމުގެ ކުރިން ވެސް ޓްރަމްޕް ބުންޏެވެ.
މިދިޔަ ހަފްތާގައި ކެނެޑާ އާއި ޗައިނާ އާއި ދެމެދު ވަނީ އިތުރު ޕާޓްނާޝިޕެއް ހަދައި ޗައިނާގެ އިލެކްޓްރިކް 49000 އުޅަންދު ގެންދިޔުމަށް ޑީލެއް ހަދާފައެވެ.
