Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • މީޑިއާ ބިލު ޤާނޫނުއަސާސީއާއި ތަޢާރުޒުނުވާ ކަމަށް ކައުންސެލަރ ޖެނެރަލް ވިދާޅުވެއްޖެ
  • ޚަބަރު

މީޑިއާ ބިލު ޤާނޫނުއަސާސީއާއި ތަޢާރުޒުނުވާ ކަމަށް ކައުންސެލަރ ޖެނެރަލް ވިދާޅުވެއްޖެ

admin September 16, 2025
IMG_7252

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ދިރާސާކޮށް ނިންމުން (ފޮޓޯ: މަޖިލިސް)

ޤާނޫނުއަސާސީން ލިބިދީފައިވާ އެއްވެސް ހައްޤަކަށް އަސަރުކުރާނެ ކަމެއް “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން”ގެ ބިލުގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ލަފާ ދެއްވުމާ އެކު، މި ބިލުގެ ކޮމިޓީ ރިޕޯޓް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ. މި ހުށަހެޅުން ފާސްކުރީ، އެކަމާއި ދެކޮޅަށް ކެނޑިނޭޅި ނޫސްވެރިންގެ ތެރެއިން ބަޔަކު ގޮވަގޮވައި ތިއްބައި، އަދި އިދިކޮޅުންވެސް ތިހެން ތިކަން ނުކުރަން ބުނެފައި ވަނިކޮށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.


ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ކޮމިޓީ މަރުޙަލާއަށް ހުށަހެޅޭ ބިލުތައް ދިރާސާކުރުމަށްފަހު، ކޮމިޓީގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ބިލު ފާސްކުރަން ޖެހެއެވެ. އޭގެ ފަހުގައި ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ކައުންސެލް ޖެނެރަލަށް ހުށަހަޅައި، އެ ބިލެއްގައި ޤާނޫނުއަސާސީއާ ނުވަތަ އެހެންވެސް ޤާނޫނަކާއި ތަޢާރުޒުވާ އެއްވެސް ކަމެއް އެބައޮތްތޯ ޔަޤީންކޮށް، ކައުންސެލް ޖެނެރަލްގެ ލަފަޔާއި އެކު ކޮމިޓީ ރިޕޯޓް ފާސްކުރަން ޖެހެއެވެ. މި ބިލުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ މި މަގުންނެވެ.


މަޖިލީހަށް މިހާރު ހުށަހަޅުއްވާފައިވާ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން”ގެ ބިލު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ މިދިޔަ ހޯމަ ދުވަހުއެވެ. ބިލުގެ ކޮމިޓީ ރިޕޯޓް ކައުންސެލް ޖެނެރަލަށް ހުށަހެޅުއްވުމުން، ބިލުގައި ޤާނޫނުއަސާސީއާއި ނުވަތަ އެއްވެސް ޤާނޫނަކާއި ތަޢާރުޒުވާ ކަމެއް ނެތްކަމަށް އޭނާ ލަފާ ދެއްވާފައިވާކަމަށް ކޮމިޓީން ހާމަކުރެއެވެ. އަދި، ކައުންސެލް ޖެނެރަލް ދެއްވި ބައެއް ލަފާތަކާއި އެއްގޮތަށް ބިލަށް ބަދަލުތައް ގެނެސް، ކޮމިޓީ ރިޕޯޓް ފާސްކުރިކަން ފާހަގަ ކުރެވެއެވެ.


މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ. މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ބިލު ދިރާސާކުރި އިރު، ބިލަށް ބޮޑެތި އިސްލާހުތަކެއް ވަނީ ގެނެސްފައެވެ. މިގޮތުން ބިލުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ.


މެންބަރު ޝަރީފް ހުށަހެޅުއްވި މުހިންމު އިސްލާހުތަކުގެ ތެރޭގައި، މީޑިއާ ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް ޢައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17، 19، އަދި 20 ވަނަ މާއްދާތަކަށް ބަދަލު ގެނައުން ހިމެނެއެވެ. މިއީ ނޫސްވެރިން އިހުތިޖާޖުކޮށް ޑިމާންޑް ކުރުމުން ގެނައި ބަދަލެކެވެ. މީގެ އިތުރުން، ބިލުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެންބަރުންގެ ސިފަތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމެނުމަށް ވެސް ވަނީ އިސްލާހު ގެނެސްފައެވެ.


އަދި ބިލުގެ 41 ވަނަ މާއްދާގައިވާ މީހުންގެ އަމިއްލަ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެކި ފަރާތްތަކުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާގެ ތެރެއަށް ނުޙައްޤުން ވަދެގެން ނުވާނެކަމަށް އޮތް ބައި ބަދަލުކޮށް، އެފަދަ މަޢުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިޙްތިރާމްކުރުމަކީ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުމަށްވެސް ވަނީ އިސްލާހު ގެނެސްފައެވެ.


ބިލުގެ 67 ވަނަ މާއްދާގެ ދަށުން، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ ވަނީ އުނިކޮށްފައެވެ.

ހަމަ އެހެންމެ، ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލްކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ ބިލުގެ 66 ވަނަ މާއްދާގެ (ޅ) ވެސް ވަނީ އުނިކުރުމަށް އިސްލާހު ގެނެސްފައެވެ. މި އިސްލާހުތަކުގެ އިތުރުންވެސް ބިލުގައި ހުރި ކަންބޮޑުވުންތައް ހުއްޓުވުމަށް ގިނަ މާއްދާތަކަށް ކޮމިޓީ މަރުހަލާގައި ވަނީ ބަދަލު ގެނެސްފައެވެ.


މި ބިލުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްގީކުރުމާއި ދެމެހެއްޓުން ހިމެނެއެވެ. އަދި ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި، ޤާނޫނުއަސާސީން ލިބިދީފައިވާ ހައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ ގޮތުން މީޑިއާތަކާއި ނޫސްވެރިން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން ވެސް މި ބިލުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެ މީހުން ވަނީ ކޮވިޑުން ނާޖާއިޒް ފައިދާ ނަގާފަ - ދެމީހުންނަށް ދައުވާ ކުރަން ފޮނުވައިފި

ޝައިޚް އަޒީބެ އަށް ސްޓްރޯކެއް ޖެހިއްޖެ، ހެދި ދުޢާ ކޮށްދީ!

ފަނޑިޔާރުން ވަކިކުރުމުގައި ގޯހެއް ނޫޅޭ: ހުސްނީ މުބާރިކް

Continue Reading

Previous: ޔުކްރެއިންގެ ސޫމީ ސަރަޙައްދުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
Next: ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ރައީސް މުޢިއްޒު ބައްލަވާލައްވައިފި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.